ހުލާސާކޮށް އިއްޔެ: ޖީއެސްޓީ ބޮޑުކުރުމުން މުދަލުގެ އަގު މައްޗަށް

ހުލާސާކޮށް އިއްޔެ: ޖީއެސްޓީ ބޮޑުކުރުމުން މުދަލުގެ އަގު މައްޗަށް

އާންމު މުދަލާއި ހިދުމަތުން ކުރިން ނަގަމުން އައި ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ) މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން، ހަ ޕަސެންޓުން އަށް ޕަސެންޓަށް ސަރުކާރުން ބޮޑުކުރުމާ އެކު މުދަލުގެ އަގުތައް ވަނީ ބޮޑުވެފަ އެވެ.

އެއާއެކު، ކުރިން 100ރ. އަށް ގަތް އެއްޗަކަށް ދެެއްކި ހަ ރުފިޔާގެ ޖީއެސްޓީ އަށްވުރެ މިހާރު އިތުރު ވާނީ ދެ ރުފިޔާ އެވެ. ކުރިން 106ރ. އަށް ގަންނަން ލިބުނު އެތީގެ އަގު 108ރ. އަށް ބޮޑު ވާނެ އެވެ.

ނަމަވެސް ޖީއެސްޓީ ބޮޑުވި ނިސްބަތަށްވުރެ މުދަލުގެ އަގު އުފުލުނުކަން އިއްޔެ ވަނީ ހާމަވެފަ އެވެ.

ބައެއް ވިޔަފާރިތަކުން ޖީއެސްޓީގެ ކުރިން މުދަލުގެ އަގު ބޮޑުކޮށްފައިވާތީ އަލުން ބޮޑެއް ނުކުރެ އެވެ. ބައެއް ފިހާރަތަކުން ބޮޑު ކުރީ ޖީއެސްޓީއަށް އިތުރުވި ދެ ޕަސެންޓު އެކަންޏެވެ. އާ އަހަރާ ދިމާކޮށް މުދަލުގެ އަގު ބޮޑުވެފައިވާ ކަމަށް ބައެއް އިމްޕޯޓް ކުރާ ފަރާތްތަކުން ބުނެ އެވެ.

ޖީއެސްޓީގެ ހަރުގަނޑު މަސައްކަތް ކުރާ ގޮތް

ރާއްޖެ އަށް މުދާ އެތެރެ ކުރާ މީހާ އެ މުދާ އެހެން ފަރާތަކަށް ވިއްކަން ޖެހެނީ ޖީއެސްޓީ އަށްވާ އަށް ޕަސެންޓް އަގުގެ ތެރޭގައި ހިމަނައިގެންނެވެ. ހޯލްސޭލް ކުރާ ފަރާތުގެ އަތުން މުދާ ގަންނަނީ ރީޓޭލް ކުރާ ފިހާރައަކުން ކަމަށްވާ ނަމަ، ޖީއެސްޓީއަށްވާ އަށް ޕަސެންޓް ދައްކާނީ ރީޓެއިލް ކުރާ ފިހާރައިން ނެވެ. ރީޓޭލް ކުރާ ފަރާތުން އެ މުދާ އާންމު މީހާ އަށް ވިއްކާއިރު، ރީޓޭލް ކުރާ ފަރާތުން ލާ ފައިދާގެ އިތުރަށް އަށް ޕަސެންޓް ނަގާނެ އެވެ.

އެހެންކަމުން، ކޮންމެ މަރުހަލާ އެއްގައި ފައިދާ އިތުރުކޮށްގެން ނެގޭ، ޖީއެސްޓީގެ އަދަދަކީ ރީޓެއިލް ކުރާ ފަރާތާއި ހޯލްސޭލް ކުރާ ފާރާތާ ހަމައަށް، އާންމު މީހާގެ އަތުން ނެގިގެން އަންނަ އެއްޗެކެވެ.

މިސާލަކަށް ބަލާ ނަމަ، 100ރ. އަށް ހޯލްސޭލް ކުރާ ފަރާތުން ވިއްކާ މުދަލަށް 8ރ. ޖީއެސްޓީގެ ގޮތުގައި ރީޓޭލް ކުރާ ފަރާތުން ދަައްކާނެ އެވެ. ރީޓެއިލް ކުރާ ފަރާތުން ފައިދާ އަށް ފަސް ރުފިޔާ ލުމަށްފަހު، 105ރ. އަށް ވިއްކާ މުދަލަށް އާންމު މިހާ 8.40ރ. ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ.

ފިހާރަތަކާއި ކެފޭތަކުން ވެސް އަގަށް ބަދަލު ގެނެސްފި

ޖީއެސްޓީ އަށް އައި ބަދަލާއެކު އެކި ފިހާރަތަކާއި ކެފޭ، ރެސްޓޯރަންޓް ތަކުން އަގަށް ބަދަލު ގެނައީ އެކި ނިސްބަތުން ނެވެ. ބައެއް ފިހާރަތަކުން ވަނީ، ޖީއެސްޓީ ބޮޑުވުމުގެ ނާޖާއިޒު ފައިދާ ނަގާ، ހުރިހާ މުދަލެއްގެ އަގު ދެ ޕަސެންޓަށްވުރެ ބޮޑުތަނުން ބޮޑުކޮށްފަ އެވެ. ބައެއް ފިހާރަތަކުން ބޮޑު ކުރީ ހަމައެކަނި ޖީއެސްޓީ އަށް އިތުރުވި މިންވަރެވެ. އަދި ބައެއް ކެފޭ ރެސްޓޯރަންޓް ތަކުން ވަނީ އަގަށް އެއްވެސް ބަދަލެއް ނުގެނެސް، ދެ ޕަސެންޓުގެ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ދީފަ އެވެ.

ރާއްޖެ އަށް ގިނަ އަދަދަކަށް އާންމު މުދާ އެތެރެކޮށް ވިއްކާ ލިލީ ސްޓޯރުން ބުނީ ޖީއެސްޓީ އަށް އައި ބަދަލާއި ގުޅިގެން، ދެ ޕަސެންޓުގެ އިތުރުވުން ފިޔަވާ އެެއްވެސް ބަދަލެއް މުދަލުގެ އަގަށް ގެންނަށް ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް، އާ އަހަރާ ދިމާކޮށް ދުނިޔޭގެ ބާޒާރުގައި ފްރައިޓާއި ބައެއް މުދަލުގެ އަގު ބޮޑުވެފައިވާއިރު، އެ ބަދަލު މުދަލުގެ އަގަށް އަންނާނެ ކަމަށެވެ.

"ޖީއެސްޓީ ބޮޑުވުމާއި ގުޅިގެން މުދަލުގެ އަގަށް ބަދަލު ގެންނާކަށް ނުޖެހޭ، އެ ދެ ޕަސެންޓަކީ ޖީއެސްޓީ އަށް އިތުރުވި އެއްޗެއް، އެކަމަކު އާ އަހަރާ ދިމާކޮށް ބައެއް ބާވަތްތަކުގެ މުދާ ބޭރުން ލިބޭ އަގު ވަނީ ބޮޑުވެފައި، އެ ބަދަލު އަގަށް އަންނާނެ،" ލީލީ ޝިޕިންގް އެންޑް ޓެރޭޑިންގެ ވެރިޔާ އަހުމަދު "މައްލާ" ނާސިރު ވިދާޅުވި އެވެ.

މާލޭ އެއްގަމު ތެރޭގައި ހުންނަ އާން މާޓް ފިހާރަ އިން ބުނީ ޖީއެސްޓީ އާ ގުޅިގެން އެ ފިހާރައިން މުދަލުގެ އަގު ބޮޑުކުރަން ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް ބާޒާރުން ހޯލްސޭލްކޮށް މުދާ ލިބޭ އަގު ބޮޑުވެއްޖެ ނަމަ މުދަލުގެ އަގަށް އެ ބަދަލު އަންނާނެ ކަމަށް ފިހާރައިން ބުންޏެވެ.

"މިއަދު ބާޒާރުން އެއްޗެހި ގަތީމަ އެނގޭނީ، ކިހާވަރެއްކަން ބޮޑުވަނީ، [ޕީއޯއެސް] ސިސްޓަމުން ޖީއެސްޓީ އަށް ޕަސެންޓަށް އެޖެސްޓް ކޮށްފައި، އެވަރަށް މި ވިއްކަނީ،" އެ ފިހާރައިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ހދ. ކުޅުދުއްފުށީގައި ހޯލްސޭލްކޮށް އާންމު މުދާ ވިއްކާ ފިޔަވަތް ފިހާރާގެ ވެރިޔާ މުހައްމަދު ސިނާނު ބުނީ، ޖީއެސްޓީ އާ ގުޅިގެން ބައެއް މުދަލުގެ އަގު ކުޑަ ތަންކޮޅެއް އިތުރުކުރި އިރު ބައެއް މުދަލުގެ އަގު ހެޔޮވެސް ކޮށްފައި ވާނެ ކަމަށެވެ.

"މިސާލަކަށް ޖީއެސްޓީ ލީމަ، 23ރ. އަށް ލިބޭ އެއްޗެއް 25ރ. އަށް އެޖެސްޓް މިކުރަނީ، ހަމަ އެގޮތަށް 56ރ. އަށް ޖެހޭ އެތީގެ އަގު 55ރ. އަށް ދަށް ވެސް އެބަ ކުރަން، ރަނގަޅު މާޖިން އެއް އިންނަ އެއްޗަކުން ބޮޑެއް ނުކުރަން،" ސިނާނު ބުންޏެވެ.

މާލޭގެ އެއްގަމު ތޭރަގައި ހިންގާ ކުޑަ ފިހާރަ އަކުން ވާހަކަ ދެެއްކި ބަންގްލަދޭޝް ސޭޓަކު ބުނީ، ލިސްޓެއް ހެދުމަށްފަހު ހުރިހާ މުދަލެއްގެ އަގު ބޮޑު ކުރަން ފިހާރައިގެ ބޮޑު މީހާ ނިންމާފައިވާ ކަމަށެެވެ. އެ ފިހާރައިން މިހާރު ވެސް ވަނީ ބައެއް މުދަލުގެ އަގު ބޮޑުކޮށްފަ އެވެ.

ޖީއެސްޓީ ބޮޑު ކުރި ނަމަވެސް މެނިއުގެ އަގުތަށް ބޮޑު ނުކުރާ ކަމަށް، ޓްވީޓް ކޮށްފައިވާ ރެސްޓޯރަންޓަކަށް ގުޅުމުން އެތަނުން ވާހަކަ ދެއްކި މުއްޒަފަކު ބުނީ އެތަނުން ވިއްކާ ހުރިހާ އެއްޗެއްގެ އަގުތައް ވެސް މީގެ ދެ މަސް ކުރިން ބޮޑުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން، ޖީއެސްޓީ އަށް އިތުރުވި ދެ ޕަސެންޓް ޓެކްސް ދައްކާނީ، އެމީހުންނަށް ލިބޭ ފައިދާގެ ތެރެއިން ކަމަށް އޭނާ ބުންޏެވެ.

މުދަލުގެ އަގު ބޮޑުވާންޖެހޭނީ ދެ ޕަސެންޓު

އިގްތިސާދީ ދާއިރާގެ ތަޖުރިބާ ކާރެއް ކަމަށް ވާ އަޒްމީން ރަޝީދު ވިދާޅުވި ގޮތުގައި ޖީއެސްޓީ އަކީ ވެލިޔު އެޑެޑް ޓެކްސް އަގަށް ވުމުން، ސަޕްލައި ޗެއިންގެ ކޮންމެ މަރުހަލާއަކުން ވެސް އަގު ބޮޑުވާ ނިސްބަތުން ޖީއެސްޓީ ބޮޑުވާނެ ކަމަށެވެ.

"އިމްޕުޓް ޓެކްސް އާ އައުޓް ޕުޓް ޓެކްސް އިން އަޅާ ކެނޑިގެން، އާހިރުގައި ޓެކްސް އަށް މި ނެގެނީ ހަމަ އަށް ޕަސެންޓް،" އޭނާ ވިދާޅުވި އެވެ.

އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑު ކުރުމާ ގުޅިގެން، މުދަލުގެ އަގުން ދެ ޕަސެންޓަށްވުރެ ބޮޑު މިންވަރެއް ބޮޑުވެގެން ނުވާނެ އެވެ.

ނަމަވެސް ހަގީގަތަކީ މުދަލުގެ އަގު ބޮޑުވެއްޖެ ކަމެވެ. ރާއްޖޭގައި އޮންނަނީ ފްރީ މާކެޓަކަށްވުމުން ޒަރޫރީ ބައެއް ތަކެތި ފިޔަވައި މުދަލުގެ އަގު ކޮންޓްރޯލް ކުރެވޭނެ އެއްވެސް ގާނޫނެއް ނިޒާމުގެ ތެރެއަކު ނެތެވެ. އެހެންކަމުން މުދަލުގެ އަގު ބޮޑު ނުކުރަން ސަރުކާރަކަށް ނުބުނެވޭނެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މަހު ބާއްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓަށް ހުށަހެޅި ހުރިހާ ޝަކުވާތަކެއް ބަލައި، ފުރިހަމަ ވޯޓާސް ލިސްޓެއް އާންމުކުރާނެކަމުގެ ޔަގީންކަން އިންތިހާބާ ބެހޭ ކޮމިޓީއިން ދިނީ އިއްޔެ އެވެ.
  • އެހެން ޕާޓީގެ ދަފުތަރުގައި އޮތް ކަމަށް ނުވަތަ ފިންގަޕްރިންޓް އޮތް ފޯމެއް ނެތް ކަމަށް ބުނެ މިދިޔަ އަހަރުގެ މެއި މަހު އެމްޑީޕީއިން ވަކިކުރި 39،000 މެންބަރުންގެ ސަބަބުން ސަރުކާރަށް 70،000 ވޯޓު ގެެއްލޭނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެވެ.
  • ކުރީގެ ރައީސް އަބްދުﷲ ޔާމީނު ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް މާލޭގައި ބާއްވަމުންދާ މުޒާހަރާގެ ތެރެއިން ހަ މީހުން ހައްޔަރުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީ ވޯޓާސް ލިސްޓުން އުނިކުރި މެމްބަރުންގެ ސަބަބުން ސަރުކާރަށް ވޯޓު ގެއްލޭނެކަން ދެކެވަޑައިގަންނަވާކަން ހާމަކުރައްވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ:

އަދި، އެ މީހުންގެ ބަސް އަޑުއަހާ އެތައް ބަޔެއް އެބައުޅޭ، އަޅުގަނޑު އަންދާޒާކުރާ ގޮތުގައި 70،000 ވޯޓު ސަރުކާރަށް އެބަ ގެއްލޭ މި އަމަލުގެ ސަބަބުން، މި މުޑުދާރު އަމަލުގެ ސަބަބުން

ދުވަހުގެ ފޮޓޯ

ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ޕްރައިމަރީ ކެމްޕޭނުގައި ބޭއްވި އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވަނީ. މިހާރު އޮތް އެމްޑީޕީގެ ވޯޓާސް ލިސްޓުން ވެސް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ރޭ ވިދާޅުވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ޕްރައިމަރީ ކެމްޕޭނުގައި ބޭއްވި އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވަނީ. މިހާރު އޮތް އެމްޑީޕީގެ ވޯޓާސް ލިސްޓުން ވެސް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ރޭ ވިދާޅުވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ޕްރައިމަރީ ކެމްޕޭނުގައި ބޭއްވި އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވަނީ. މިހާރު އޮތް އެމްޑީޕީގެ ވޯޓާސް ލިސްޓުން ވެސް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ރޭ ވިދާޅުވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox