މުޒާހަރާ ހުއްޓުވުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކުރާތީ އިދިކޮޅުން އެކަން ކުށްވެރިކޮށްފި

މުޒާހަރާގެ ތެރެއިން ފުލުހުން މީހަކު ހައްޔަރުކުރަނީ؛ އިދިކޮޅުން ބުނީ ފުލުހުން ދެނީ އިންސާނިއްޔަތާ ހިލާފް އަނިޔާތަކެއް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މުޒާހަރާގެ ތެރެއިން ފުލުހުން މީހަކު ހައްޔަރުކުރަނީ؛ އިދިކޮޅުން ބުނީ ފުލުހުން ދެނީ އިންސާނިއްޔަތާ ހިލާފް އަނިޔާތަކެއް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލާ ބާއްވަމުން އަންނަ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ބޭނުން ކުރަނީ އެކަށީގެންނުވާ މިންވަރުގެ ބާރު ކަމަށާއި އެއީ "ލާއިންސާނީ އަނިޔާ" ގެ ގޮތުގައި ދެކޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި ޕީޕީއެމުން ބުނީ އިހުތިޖާތުތަކުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

"ރައްޔިތުން މަގުތަކަށް އެއްވެ އަޑު އުފުލަނީ ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ ހައްގާާއި އެއްވެ އުޅުމުގެ ހައްގުގެ އިންތަކުގެ ތެރޭގަ. ނަމަވެސް އެއްވެ ތިބޭ މީހުންނާ ދިމާލަށް ފުލުހުންގެ ވެހިކަލް ބާރަށް ދުއްވާފަ ވަނުމާއި ފަހަތުން ދުވެ ގޮސް ސުލްހަވެރިކަމާއެކު މަޑުން ތިބޭ މީހުންގެ ގަޔަށް އަރައިގަނެ، އެއްވެސް ބެލުމެއް ނެތި އަނިޔާވެރިކަމާއެކު ހިފައިގަނެ އަނިޔާ ދެމުންދާކަން ފާހަގަ ކުރަން،" ޕީޕީއެމުން ބުންޏެވެ.

މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާ ދެމުން ދާއިރު އެކަމާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ވެސް ޕީޕީއެމުން ވަނީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

އޭގެ އިތުރުން، މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކޮށް ބަންދު މުއްދަތު ޖަހާފައިވާ އެކޯލިޝަނުގެ މައްޗަންގޯޅި މެދު ދާއިރާގެ ރައީސް އިބްރާހީމް ޒަމީލް އާއި ހެންވޭރު ސްޓިއަރިން ކޮމިޓީގެ މެންބަރު އަބްދުﷲ އަދުލީ ދޫކޮށްލުމަށް ވެސް އިދިކޮޅުން ނެރުނު ބަޔާނުގައި ގޮވާލާފައިވެ އެވެ. އެ ދެމީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ.

އިދިކޮޅުން ސިލްސިލާކޮށް މުޒާހަރާ ކުރަން ފެށީ ޑިސެމްބަރު 25، ގައި ޔާމީން 11 އަހަރަށް ޖަލަށްލުމުންނެވެ. އެމަނިކުފާނުގެ މައްޗަށް މިފަހަރު ސާބިތުވީ ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުވެ. މީގެ ކުރިން ވެސް މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވި އެވެ. ނަމަވެސް އެންމެ މަތީ ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox