ހުލާސާކޮށް އިއްޔެ: ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުގެ ބޮޑު މުޒާހަރާއެއް

ހުލާސާކޮށް އިއްޔެ: ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުގެ ބޮޑު މުޒާހަރާއެއް

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވިޔަސް، އެމަނިކުފާނަށް ވާދަނުކުރެވޭ ގޮތަށް ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދީ، ދޫދިނުމެއް ނެތި ދެމިތިބޭނެ ކަމުގެ ޔަގީންކަން ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ދެއްވީ އިއްޔެ އެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނެންގެވި ކަމަށް ބުނާ މައްސަލާގަ އެވެ.

ޔާމީންގެ ސަޕޯޓަރުން ގަބޫލުކުރަނީ އެއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރުމަށް ހުރަސް އެޅުމުގެ ގޮތުން، ސަރުކާރުން އުފުލާފައިވާ "ސިޔާސީ" ދައުވާތަކެކެވެ. އެމަނިކުފާނުގެ މައްޗަށް އިއްވީ "ހަރާމް ހުކުމެއް" ކަމަށް ބުނެ އެތައް ސަތޭކަ މީހުން އިއްޔެ މަގުމައްޗަށް ވަނީ ނުކުމެފަ އެވެ.

"ދިވެހި ރައްޔިތުން ބޭނުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުން ބާލާފައި، ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ވެރިކަމަށް ގެންނަން،" މާލޭގައި އޮތް ހިނގާލުމުގައި ބައިވެރިވި ސަޕޯޓަރުންނާ މުހާތަބުކޮށް، ކޯލިޝަން ހިންގެވުމުގައި އިސްކޮށް މިހާރު ހުންނެވި އަބްދުލްރަހީމް ވިދާޅުވި އެވެ.

އަބްދުލްރަހީމް ވިދާޅުވީ މިނިވަން ދައުލަތެއްގެ ގޮތުގައި، ވަކި އެއްވެސް ބޭރުގެ ނުފޫޒެއްގައި ނުޖެހި މި ރާއްޖޭގެ ވެރިކަން ކުރެވޭނެ ހަމައެކަނި ލީޑަރަކީ ޔާމީން ކަމަށެވެ. ޔާމީން ނޫނީ ސިޔާސީ ލީޑަރަކު ނެތް ކަމަށް ދިވެހިންގެ ގިނަ ބަޔަކު މިއަދު ގަބޫލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ނަން ނެތި މި ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވުމުގެ ފުރުސަތެއް ދެން ނުދޭނަމޭ، އެއީ ދިވެހި ރައްޔިތުންގެ ވިންދު ހުރި ގޮތް،" މިފެށޭ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޔާމީންގެ ނަން ކޮންމެހެން އޮންނަން ޖެހޭ ކަމަށް ގޮވާލައްވަމުން އަބްދުލްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީން ގަބޫލުކުރާ ގޮތުގައި، މިހާރު އޮތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މައްޗަށް އަވައްޓެރި އިންޑިއާގެ ނުފޫޒު ގަދަ އެވެ. އިންޑިއާގެ ހުއްދަ ނެތި، ދިވެހި ސަރުކާރުގެ އެއްވެސް ސިޔާސަތެއް ބައްޓަން ނުކުރެވޭ ކަމަށް މިއަދު ވެސް އަބްދުލްރަހީމް ތުހުމަތު ކުރެއްވި އެވެ.

"އިންޑިއާއަށް މި ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކާއި ގިރިތަކާއި ރަށްތައް ވިއްކާ ނުލާ ވެރިކަން ކުރެވޭނެ ބޭފުޅަކު ދިވެހިންނަށް ފެނިއްޖޭ، އެއީ ރައީސް ޔާމީނޭ،" އޭނާ ވިދާޅުވި އެވެ.

އަބްދުލްރަހީމް ދެން އިޝާރާތް ކުރެއްވީ އެމްޑީޕީގެ ޕްރައިމަރީއަށް ތާއީދު ހޯއްދަވަން ރައީސް ސޯލިހްގެ ބޭފުޅުން ރޭ ބޭއްވި ޖަލްސާއަށެވެ. އެ ތަނުގައި މާ ގިނަ ބަޔަކު ނެތް އިރު، އެމްޑީޕީގެ ގިނަ ސަޕޯޓަރުން ވެސް ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ކަމަށް ވިދާޅުވި އެވެ.

"ރައީސް ސޯލިހުގެ ނިމުން ގާތްވެއްޖެ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މަސައްކަތް ނިންމާލާނީ ރައީސް ޔާމީން އަލުން މި ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ފަހު،" އޭނާ ވިދާޅުވި އެވެ.

މާލޭގެ އިތުރަށް މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި، ޔާމީންގެ ސަޕޯޓަރުން މިއަދު ހަވީރު މަގުމައްޗަށް ނުކުމެ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ހިނގާލުން އެބަ ބާއްވަ އެވެ.

ބައެއް މުހިންމު ހަބަރުތައް

މާލޭގެ މަގުތަކާއި އާންމު ތަންތަން ސާފުކުރުމުގެ ޒިންމާ އާމެދު މާލެ ސިޓީ ކައުންސިލާއި ވެމްކޯ އާ ދެމެދު އުފެދިފައިވާ ކޯޅުމުގެ ސަބަބުން މުޅި ރަށު ތެރެ ގޮނޑުވެފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރަންފެށުމާއެކު، އެންވަޔަރަމަންޓު މިނިސްޓަރުގެ އެދިވަޑައިގަތުމުގެ މަތިން، މާލެ ސާފުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ވެމްކޯއިން ފެށީ އިއްޔެ އެވެ.

ގޭގައި ބަހައްޓާފައި ހުރި ކުޑަކުއްޖަކަށް ޖިންސީ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި ދައުލަތުން އުފުލި ދައުވާއެއް ޝަރީއަތަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރެއްގެ މަގާމުގައި ހުރެގެން، އެ މިނިސްޓްރީގެ ނަމުގައި މަސައްކަތު އެއްބަސްވުމެއް ސައްހަ ނޫން ގޮތެއްގައި އުފައްދާފައިވާތީ އުފުލި ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ދޮޅު އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގެ ތެރެއިން ބޭއްވި ޖަލްސާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ރައީސް ނަޝީދަށް ރައްދު ދެއްވަމުން ވިދާޅުވީ:

އަޅުގަނޑުމެން އަބަދުވެސް ދައްކަނީ ހަކުޅި ކުރިއަށް ކުޅޭ ވާހަކަ. ތިބޭފުޅުން އަބަދުވެސް ހަނދާން ހުންނާނެ އަޅުގަނޑުމެންނަކީ ބައެއްގެ ފަހަތުން ބަޔަކު ކުރާ ކަންތަކަށް ބަލަމުންދާ ބައެއްނޫން. ހަކުޅި ކުރިއަށް ކުޅޭ ވާހަކަ ދައްކަމުން މިހިސާބަށް އައިސްފަ ކުއްލިއަކަށް ރިއެކްޓުގެ ވާހަކަ ދެއްކުނީމަ އަޅުގަނޑު ވަރަށް ދެރަވޭ

ދުވަހުގެ ފޮޓޯ

އިދިކޮޅު ފަރާތްތަކުން އިއްޔެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ބޭއްވި އެއްވުމުގެ ތެރެއިން. ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނެންގެވި ކަމަށް ބުނާ މައްސަލާގައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އިދިކޮޅު ފަރާތްތަކުން އިއްޔެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ބޭއްވި އެއްވުމުގެ ތެރެއިން. ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނެންގެވި ކަމަށް ބުނާ މައްސަލާގައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިދިކޮޅު ފަރާތްތަކުން އިއްޔެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ބޭއްވި އެއްވުމުގެ ތެރެއިން. ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނެންގެވި ކަމަށް ބުނާ މައްސަލާގައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox