އިދިކޮޅު ލަޝްކަރު މަގުމަތީގައި؛ "ޔާމީން ނެތި އިންތިހާބު ބާއްވަން ފުރުސަތު ނުދޭނަން"

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި މިއަދު މާލޭގައި މުޒާހަރާކުރަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި މިއަދު މާލޭގައި މުޒާހަރާކުރަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވިޔަސް، އެމަނިކުފާނަށް ވާދަނުކުރެވޭ ގޮތަށް ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދީ، ދޫދިނުމެއް ނެތި ދެމިތިބޭނެ ކަމުގެ ޔަގީންކަން ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ދެއްވައިފި އެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނެންގެވި ކަމަށް ބުނާ މައްސަލާގަ އެވެ.

ޔާމީންގެ ސަޕޯޓަރުން ގަބޫލުކުރަނީ އެއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރުމަށް ހުރަސް އެޅުމުގެ ގޮތުން، ސަރުކާރުން އުފުލާފައިވާ "ސިޔާސީ" ދައުވާތަކެކެވެ. އެމަނިކުފާނުގެ މައްޗަށް އިއްވީ "ހަރާމް ހުކުމެއް" ކަމަށް ބުނެ އެތައް ސަތޭކަ މީހުން މިއަދު މަގުމައްޗަށް ވަނީ ނުކުމެފަ އެވެ.

"ދިވެހި ރައްޔިތުން ބޭނުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުން ބާލާފައި، ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ވެރިކަމަށް ގެންނަން،" މާލޭގައި އޮތް ހިނގާލުމުގައި ބައިވެރިވި ސަޕޯޓަރުންނާ މުހާތަބުކޮށް، ކޯލިޝަން ހިންގެވުމުގައި އިސްކޮށް މިހާރު ހުންނެވި އަބްދުލްރަހީމް ވިދާޅުވި އެވެ.

އަބްދުލްރަހީމް ވިދާޅުވީ މިނިވަން ދައުލަތެއްގެ ގޮތުގައި، ވަކި އެއްވެސް ބޭރުގެ ނުފޫޒެއްގައި ނުޖެހި މި ރާއްޖޭގެ ވެރިކަން ކުރެވޭނެ ހަމައެކަނި ލީޑަރަކީ ޔާމީން ކަމަށެވެ. ޔާމީން ނޫނީ ސިޔާސީ ލީޑަރަކު ނެތް ކަމަށް ދިވެހިންގެ ގިނަ ބަޔަކު މިއަދު ގަބޫލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި މިއަދު މާލޭގައި ކުރި މުޒާހަރާގެ ތެރެއިން އަބްދުއްރަހީމް ވާހަކަ ދައްކަވަނީ -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި މިއަދު މާލޭގައި ކުރި މުޒާހަރާގެ ތެރެއިން އަބްދުއްރަހީމް ވާހަކަ ދައްކަވަނީ -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި މިއަދު މާލޭގައި ކުރި މުޒާހަރާގެ ތެރެއިން އަބްދުއްރަހީމް ވާހަކަ ދައްކަވަނީ -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

"ރައީސް ޔާމީންގެ ނަން ނެތި މި ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވުމުގެ ފުރުސަތެއް ދެން ނުދޭނަމޭ، އެއީ ދިވެހި ރައްޔިތުންގެ ވިންދު ހުރި ގޮތް،" މިފެށޭ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޔާމީންގެ ނަން ކޮންމެހެން އޮންނަން ޖެހޭ ކަމަށް ގޮވާލައްވަމުން އަބްދުލްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީން ގަބޫލުކުރާ ގޮތުގައި، މިހާރު އޮތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މައްޗަށް އަވައްޓެރި އިންޑިއާގެ ނުފޫޒު ގަދަ އެވެ. އިންޑިއާގެ ހުއްދަ ނެތި، ދިވެހި ސަރުކާރުގެ އެއްވެސް ސިޔާސަތެއް ބައްޓަން ނުކުރެވޭ ކަމަށް މިއަދު ވެސް އަބްދުލްރަހީމް ތުހުމަތު ކުރެއްވި އެވެ.

"އިންޑިއާއަށް މި ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކާއި ގިރިތަކާއި ރަށްތައް ވިއްކާ ނުލާ ވެރިކަން ކުރެވޭނެ ބޭފުޅަކު ދިވެހިންނަށް ފެނިއްޖޭ، އެއީ ރައީސް ޔާމީނޭ،" އޭނާ ވިދާޅުވި އެވެ.

އަބްދުލްރަހީމް ދެން އިޝާރާތް ކުރެއްވީ އެމްޑީޕީގެ ޕްރައިމަރީއަށް ތާއީދު ހޯއްދަވަން ރައީސް ސޯލިހްގެ ބޭފުޅުން ރޭ ބޭއްވި ޖަލްސާއަށެވެ. އެ ތަނުގައި މާ ގިނަ ބަޔަކު ނެތް އިރު، އެމްޑީޕީގެ ގިނަ ސަޕޯޓަރުން ވެސް ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ކަމަށް ވިދާޅުވި އެވެ.

"ރައީސް ސޯލިހުގެ ނިމުން ގާތްވެއްޖެ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މަސައްކަތް ނިންމާލާނީ ރައީސް ޔާމީން އަލުން މި ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ފަހު،" އޭނާ ވިދާޅުވި އެވެ.

މާލޭގެ އިތުރަށް މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި، ޔާމީންގެ ސަޕޯޓަރުން މިއަދު ހަވީރު މަގުމައްޗަށް ނުކުމެ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ހިނގާލުން އެބަ ބާއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox