މަޑިއަށް ކާން ނުދިނުމަށާއި އުޅަނދު ދުއްވާއިރު އެސޮރުމެންނަށް ބެލުމަށް ސަރުކާރުން އިލްތިމާސްކޮށްފި

އީޕީއޭއިން ވަނީ މަޑީގެ ދިރުންތަކަށް ކާންދިނުމާއި އެތަކެއްޗަށް ގެއްލުންވާނެފަދަ އެއްވެސް އަމަލެއް ނުކުރުމަށް އެދިފައި -- ފޮޓޯ: މުހައްމަދު އަފްޒަލް

އީޕީއޭއިން ވަނީ މަޑީގެ ދިރުންތަކަށް ކާންދިނުމާއި އެތަކެއްޗަށް ގެއްލުންވާނެފަދަ އެއްވެސް އަމަލެއް ނުކުރުމަށް އެދިފައި -- ފޮޓޯ: މުހައްމަދު އަފްޒަލް

މޫދުގައި ދިރިއުޅޭ މަޑީގެ އެއްވެސް ބާވަތަކަށް ކާން ނުދިނުމަށާއި ދޯންޏާއި އެހެނިހެން އުޅަނދު ދުއްވާއިރު އެ ސޮރުމެންނަށް ބަލައިގެން ދުއްވުމަށް ތިމާވެށި ރައްކާތެރި ކުރާ އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.

އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީން ނެރުނު ބަޔާނެއްގައި މިއަދު ބުނީ، މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން އެންމަޑި، ވައިފިޔަ މަޑި އަދި މަޑީގެ އެހެނިހެން ބާވަތްތައް ބެލުމަށް ބޮޑު ޑިމާންޑެއް ލިބޭ ކަމަށާއި ނަމަވެސް އެ ސޮރުމެންނަށް ގެއްލުން ލިބިދާނެ ފަދަ އަމަލުތައް ބައެއް މީހުންގެ ފަރާތުން ފާހަގެވަފައިވާ ކަމަށެވެ.

"ދަތުރުފަތުރުކުރުމުގަ އާއި ސްނޯކްލިންގް، ޑައިވިން، ކްރޫޒިން އަދި މޫދަށްއެރިއުޅުމުގައި ހިމާޔަތްކުރެވިފައިވާ މަޑީގެ ބާވަތްތަކަށް ނޭދެވޭ އަސަރު ފޯރާގޮތަށް ބައެއް ފަރާތްތަކުގެ އަމަލުތައް ހުރުމަކީ މިއެޖެންސީން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާކަމެއް،" އީޕީއޭއިން ބުނެފައިވެ އެވެ.

ދިރޭ ތަކެއްޗާބެހޭ ގަވާއިދު ގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުފަޅުގައި އުޅޭ ހުރިހާ ބާވަތެއްގެ މަޑި ވަނީ ހިމާޔަތްކޮށްފަ އެވެ. އެ ގަވާއިދުގެ ދަށުން، ހިމާޔަތްކޮށްފައިވާ ދިރޭ ތަކެތީގެ ތަބީއީ ނުވަތަ ގުދުރަތީ ނިޒާމަށް ބުރޫ އަރާނެ ފަދަ އަމަލެއް ކުރުމަކީ ވެސް މަނާ ކަމެކެވެ.

"ކަނޑުފަޅުގެ ދިރުންތަކަކީ އޮޅު ޖަނަވާރުކަމުގައި ނުވެފައި، އެތަކެތީގައި އަތްލާ، ކާންދީހެދުމަކީ އޭގެ ތަބީއީ ގޮތްތަކަށް އަދި ގުދުރަތީ ނިޒާމަށް ބުރޫ އަރާ، އަދި އެކި ކަހަލަ ބަލިތަކަށް މިދިރުންތައް ހުށަހެޅިގެންދާނެ ފަދަ އަމަލެއްކަން މި ފުރުސަތުގައި ހަނދާންކޮށްދެން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އީޕީއޭއިން ބުނީ މަޑި ބަލައި ހަދަންވާނީ އެ ސޮރުމެންނާ މަދުވެގެން ތިން މީޓަރު (10ފޫޓު) ދުރުގައި ތިބެގެން ކަމަށެވެ.

"ކަނޑުފަޅުގައި އުޅަނދުފަހަރު ދުއްވާއިރުގައާއި ފަތުރުވެރިކަމާއި ގުޅޭ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި އެއްވެސް ބާވަތެއްގެ މަޑީގެ ގުދުރަތީ ދިރިއުޅުމަށް ބޫރޫ ނާރާނެ ގޮތަށް މަދުވެގެން ތިން މީޓަރު ދުރުން މަޑީގެ ހިތްގައިމު މަންޒަރު ބަލާލުން އެއީ އެންމެ އެކަށީގެންވާގޮތް،" އީޕީއޭއިން ބުންޏެވެ.

އަދި ބައެއް މަޑީގެ ދިރުންތަކަކީ ކާނާހޯދުމަށް ލޮނުގަނޑު ކައިރިން ހަރަކާތްތެރިވެ އުޅޭ ދިރުންތަކަށްވާތީ މިހާލަތްތަކުގައި އެސޮރުމެންނަށް ގޯނާނުވާގޮތަށް އުޅަނދުފަހަރުގެ ދުވެލި މަޑުކުރުމަށާއި މޫދަށްއެރިއުޅޭ ފަރާތްތަކުން ވެސް މަޑިއަށް އުނދަގޫނުވާނެ ފަދައިން ހަރަކާތްތައް ގެންގުޅުމަށް ވަނީ އެދިފައެވެ.

ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ބައެއް ރިސޯޓުތަކުގައި ގަވައިދުން މަޑި، މިޔަރު އަދި އެހެންވެސް ކަނޑުގެ ދިރުންތަކަށް ކާންދިނުމަކީ ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް އީޕީއޭއިން ވަނީ މިކަމުގެ ސަބަބުން އެތަކެތީގެ ސިއްހަތަށް އޭގެ ނުރަނގަޅު އަސަރުކޮށް އެފަދަ ދިރުންތައް ނެތިގެން ދިއުން އެކަށީގެންވާ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox