ހުލާސާކޮށް އިއްޔެ: މާލެ ސާފުކުރުމުގެ ޒިންމާއާ ސިޓީ ކައުންސިލުން ހަވާލުވުން

ހުލާސާކޮށް އިއްޔެ: މާލެ ސާފުކުރުމުގެ ޒިންމާއާ ސިޓީ ކައުންސިލުން ހަވާލުވުން

މާލޭގެ އާންމު ތަންތަނުން ކުނި ނެގުމާއި ސާފްކުރުމަށް މާލެ ސިޓީ ކައުންސިލުން ވޭސްޓު މެނޭޖްމެމެންޓް ކޯޕަރޭޝަން (ވެމްކޯ)އާއެކު ވެފައިވާ އެއްބަސްވުން އާ ނުކުރުމުން ގުޅިގެން އެ ހިދުމަތް ހުއްޓާލުމުން ސިޓީ ކައުންސިލުން އެ ޒިންމާތަކާ ހަވާލުވީ އިއްޔެ އެވެ.

ކައުންސިލުން ވެމްކޯއާ އެކު ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިއްޔެއަށް ހަމަވިއިރު، ދެން މާލެ ސާފުކޮށް، ކުނި ނަގަމުންދާނީ މާލޭ ސިޓީ ކައުންސިލުން ކަމަށް އެ އިދާރާއިން ބުނެ އެވެ.

ވެމްކޯއިން އެ ހިދުމަތް ހުއްޓާލިކަން އާންމުކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނީ ކައުންސިލުން އެއްބަސްވުން ނިމުމަކަށް ގެނައުމާއެކު އެ ކޯޕަރޭޝަނުން ދެމުން ގެންދިޔަ މާލެ/ވިލިމާލޭގެ މަގުތަކާއި ގޯޅިތައް އަދި ޕާކުތަކާއި މައިޒާންތަކާއި ގުޅިފައިވާ މަގުތަކާއި ގޯޅިތަކާއި ހިމެނޭ ގޮތަށް ކުނި ކަހައި ސާފްކުރުން ހުއްޓާލާފައިވާ ކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު ސާފްކުރުމާއި ކުނި ނެގުންވެސް ވެމްކޯއިން ހުއްޓާލާފައިވެ އެވެ. އަދި މާލެ ސިޓީގެ އެކި ތަންތަނަށް ގަވައިދާ ހިލާފަށް އަޅާފައި ހުންނަ ކުނި ނެގުން ވެސް އެ ކޯޕަރޭޝަނުން ވަނީ ހުއްޓާލާފަ އެވެ. ވެމްކޯއިން ބުނީ މި ހިދުމަތްތައް ހުއްޓާލި ނަމަވެސް އެކުންފުނީގައި ރަޖިސްޓްރީވެފައިވާ ގޭބިސީތަކުން ކުނި ނެގުމުުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މާލެ ސިޓި ކައުންސިލުން ވަނީ ކުނި ނެގުމުގެ ހިދުމަތް ފަށާ އެކަމަށް މުވައްޒަފުންނާއި އެއްގަމު އުޅަނދު ހޯދުމަށް ނިންމާފަ އެވެ. ސިޓީ ކައުންސިލުން "އަދަދު" އަށް ބުނީ ވެމްކޯއާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން އެ ކައުންސިލުން މާލޭގެ އާންމު ތަންތަނުގެ ކުނި ނެގުމުގެ ހިދުމަތް ފަށާނެ ކަމަށެވެ.

ސިޓީ ކައުންސިލުން ވަނީ ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތަށް ބޭނުންކުރަނީ ކުއްޔަށް ދީފައިވާ އުޅަނދުތަކެއް ކަމަށް ބުނެފަ އެވެ. އެ ކައުންސިލުން ބުނީ މި ހިދުމަތުގައި ކައުންސިލުން ބޭނުންކުރާނީ ބޭރުގެ ހިލޭ އެހީގައި ހޯދާ އުޅަނދުތަކެއް ކަމަށެވެ.

ބައެއް މުހިންމު ހަބަރުތައް

  • ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރު ދިނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ތެރެއިން ކަމަށް ބުނެ ޝަރީއަތަށް ދިން ހެކިބަހާ ގުޅޭ ގޮތުން މި ވަގުތަށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ އިއްޔެ އެވެ.
  • އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ޖެނުއަރީ މަހު ބާއްވާ ޕްރައިމަރީއަށް ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކެންޑިޑޭޓު ނަމްބަރު އެކެއް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ކެންޑިޑޭޓު ނަމްބަރު ދޭއް ލިބިވަޑައިގަތީ އިއްޔެ އެވެ.
  • ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހު، މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ދަނީ ތަޖުރިބާ ކުރަމުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައީސް ޔާމީންގެ މައްޗަށް ކުރިއަށްގެންދިޔަ ޝަރީއަތުގައި ހެކިބަސް ދެމުން ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ދޮގު ހެކިބަސް ދީފައިވާ މައްސަލައާ ގުޅިގެން ފުލުހުން ހާމަކުރީ

ހުކުމް ދިރާސާކުރަމުން ދަނީ، އޭގައި ޖިނާއީ މައްސަލައެއްގެ ތަހުގީގު ފުލުހުން ކުރަން ޖެހޭ ކަމަށް އޮތް ކަމަށް ބެލެވިއްޖެ ނަމަ، އެ މައްސަލައެއް ފުލުހުން ބަލަމުންދާނެ،

ދުވަހުގެ ފޮޓޯ

ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރުކޮށްގެން ކުރިއަށްގެންދަނީ. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރުކޮށްގެން ކުރިއަށްގެންދަނީ. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރުކޮށްގެން ކުރިއަށްގެންދަނީ. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox