އުމުރުން އެންމެ 19 އަހަރުގައި ދިވެހި ފިރިހެނަކު 40 ވަނަ ފަހަރަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ކޮފީ ޕެކެޓެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ޒުވާނާއަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފަ އެވެ.
ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ކޮފީ ޕެކެޓު ނެގި ކަމަށް އެއްބަސްވެފަ އެވެ. އެހެންނަމަވެސް އެއީ ވައްކަމުގެ ނިޔަތުގައި ކުރި ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ކޯޓުން އާންމުކޮށްފައިވާ ބަންދު އަމުރުގައިވާ ގޮތުން މިއީ އޭނާ ހައްޔަރުކުރި 40 ވަނަ ފަހަރެވެ. އޭނާ އަކީ ކުށުގެ ވެށީގައި އުޅޭ މީހެއް ކަމަށް އޭނާގެ ކުށުގެ ލޮގްތަކުގެ ލިޔުމުން އެނގޭ ކަން ފާހަގަކޮށްފައިވެ އެވެ.












