ޕީޕީއެމްގެ ސިލްސިލާ މުޒާހަރާ: ރޭ 15 މީހުން ހައްޔަރުކޮށް ދޫކޮށްލައިފި

ރޭގެ މުޒާހަރާގެ ތެރެއިން، ބައެއް މީހުން ހައްޔަރުކޮށްގެން ގެންދަނީ. ޕީޕީއެމުން ވަނީ ސިލްސިލާކޮށް މުޒާހަރާ ކުރަން ނިންމާފައި

ރޭގެ މުޒާހަރާގެ ތެރެއިން، ބައެއް މީހުން ހައްޔަރުކޮށްގެން ގެންދަނީ. ޕީޕީއެމުން ވަނީ ސިލްސިލާކޮށް މުޒާހަރާ ކުރަން ނިންމާފައި

ޕީޕީއެމުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި 15 މީހަކު ދޫކޮށްލައިފި އެވެ.

އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީ ހިމެނޭހެން ސިލްސިލާ މުޒާހަރާތަކެއް ކުރުމަށް ނިންމާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމްކޮށް، ޖަލަށް ލުމާ ގުޅިގެން، އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލަ އެވެ.

ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 15 މީހަކު ހައްޔަރުކުރިއިރު، އެ މީހުން ވަނީ ރޭގެ ވަގުތެއްގައި ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނިލް ކޯޓުން ހުކުމް ކުރީ އާދިއްތަ ދުވަހުގެ އިރުއޮއްސުމަށް ގާތްވެފައި އޮއްވަ އެވެ. އެއާއެކު ގިނަ އިރުތަކެއް ނުވެ، ކަރެކްޝަންސްގެ ބެލުމުގެ ދަށުން ޔާމީން މާފުށީ ޖަލަށް ގެންދިޔަ އެވެ.

ޔާމީން ދޫކޮށްލުމަށް ގޮވާލާ އާދިއްތަ ދުވަހުގެ ރޭ ވެސް މާލޭގެ މަގުތަކުގައި އިދިކޮޅު ލީޑަޝިޕާއި ސަޕޯޓަރުން މުޒާހަރާ ކުރި އެވެ. މަޖީދީ މަގާއި ޗާންދަނީ މަގު ހުރަސްވާ ކަންމަތިން ފެށި މި މުޒާހަރާ ފުލުހުން ރުޅާލާފައިވަނީ ބާރުގެ ބޭނުންކޮށް 16 މީހަކު ހައްޔަރު ކޮށްގެންނެވެ. ނަމަވެސް އެމީހުން ވެސް ވަނީ ދޫކޮށްލާފަ އެވެ.

ސިލްސިލާކޮށް މުޒާހަރާތައް ކުރިއަށް ގެންދިއުމުގެ އިތުރަށް އަންނަ ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ކުރުމަށް ޕީޕީއެމުން ވަނީ ނިންމާފަ އެވެ. ހުކުރު ދުވަހުގެ ހަރަކާތް ހުރިހާ ރަށެއްގައި ވެސް ހަވީރު 4:00 ގައި ފަށަން ހަމަޖެހިފައިވާއިރު، މާލޭގައި މުޒާހަރާ ފަށާ ސަރަހައްދެއް ފަހުން އިއުލާން ކުރާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރީ 'ހަރާމް' ހުކުމެއް ކަމަށް ބުނާ ބުނުން ތަކުރާރުކުރައްވާފަ އެވެ. އަދި ހުކުރު ދުވަހުގެ ހަރަކާތަކީ ޔާމީނުގެ ސަޕޯޓަރުންނާއި އިދިކޮޅު ކޯލިޝަނުގެ މެންބަރުންނާއި ގައުމަށް ހެޔޮއެދޭ ފަރާތްތަކުން ބައިވެރިވާނެ ހަރަކާތެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން، އެންމެ ތަންފުކެއްވެސް ދޫނުކުރައްވާށޭ.. ކެރިގެން ރައްޔިތުން ނިކުމެވަޑައިގެން މި ގައުމު ސަލާމަތްކުރުމަށް ރައީސް ޔާމީން ފައްޓަވާދެއްވި މަސައްކަތުގައި ސާބިތުވެ ތިއްބަވާށޭ," އިދިކޮޅު ސަޕޯޓަރުންނާ އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox