ހާލަންޑަށް 800 ލަނޑު ޖެހިދާނެ ޑި ބްރޭނާ ގަބޫލްކުރޭ

Dec 27, 2022, 4:57 AM
ހާލަންޑަށް 800 ލަނޑު ޖެހިދާނެ ޑި ބްރޭނާ ގަބޫލްކުރޭ

މެންޗެސްޓާ (ޑިސެމްބަރު 27) - މެންޗެސްޓާ ސިޓީ އަށް ކުޅެމުންދާ ނޯވޭގެ ފޯވަޑް އާލިން ބްރައުޓް ހާލަންޑަށް އޭނާގެ ކެރިއަރު ނިމުމުގެ ކުރިން 800 ލަނޑު ޖެހިދާނެ ކަމަށް ގަބޫލުކުރާ ކަމަށް ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ބުނެފި އެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޓް އިން މި ސީޒަންގައި ސިޓީ އަށް ބަދަލުވި ފަހުން ހާލަންޑް 22، ވަނީ ސިޓީ އަށް ކުޅުނު 19 މެޗުގައި 24 ލަނޑު ޖަހައިފަ އެވެ.

ޑި ބްރޭނާ ބުނީ ހާލާންޑް ފިޓުކޮށް ހުރެއްޖެނަމަ، އޭނާ އަށް ކެރިއަރުގައި 800 ލަނޑު ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"މިހާރު ވެސް ހާލަންޑް (ކެރިއަރުގައި) 200 ލަނޑު ހަމަކޮށްފި. އެހެންވީމަ ހާލަންޑް ފިޓުކޮށް ހުރެ، އޭނާ މިހާރު ކުޅޭ ގޮތަށް ކުޅެވެންޏާ އޭނާ އަށްް 600، 700 ނުވަތަ 800 ލަނޑު ވެސް ހަމަކުރެވޭނެ،" ސިޓީގެ ވައިސް ކެޕްޓަން ޑި ބްރޭނާ ބުންޏެވެ.

ޑި ބްރޭނާ ބުނީ އޭނާގެ ކެރިއަރުގައި ވަރަށް މޮޅެތި ފޯވަޑުންނާ އެކު ކުޅެވިއްޖެ ކަމަށެވެ. އެކަމަކު، އެ ހުރިހާ ކުޅުންތެރިންނާ އަޅާބަލާއިރު، ހާލަންޑްގެ އެންމެ ބޮޑު ތަފާތީ ލަނޑު ޖެހުމަށް އޭނާ ބޭނުންވާ މިންވަރު ކަމަށެވެ.

"ވަކިވަކި ކުޅުންތެރިން އަޅާ ކިއުމަކީ ފަސޭހަކަމެއް ނޫން. އެއީ ކޮންމެ ކުޅުންތެރިއެއްގެ ވެސް ތަފާތު ކަންތައްތަކެއް ހުރޭ،" ޑި ބްރޭނާ ބުންޏެވެ.

"އަހަންނާ އެކު ކުޅުނު ގިނަ ފޯވަޑުން ވަނީ ކެރިއަރުގައި 300 ނުވަތަ 400 ލަނޑު ހަމަކޮށްފަ. އެކަމަކު އަހަރެން ގަބޫލުކުރަނީ ހާލަންޑަށް އެ އަަށް ވުރެ އިތުރު ކުރެވޭނެ ކަމަށް. އެއީ އެހެން ފޯވަޑުންނާ އަޅާބަލާއިރު، ލަނޑު ޖެހުމަށް ހާލަންޑް އެކުރާ މަސައްކަތާއި އަޒުމް ވަރަށް ތަފާތު،" ޑިބްރޭނާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ ލީޑްސް ޔުނައިޓަޑާ ދެކޮޅަށް ސިޓީ ނުކުންނާނެއެވެ. ލީޑްސް އަކީ ހާލަންޑް އުފަންވި ސިޓީއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox