ހުލާސާކޮށް އިއްޔެ: ރިޔާސީ ޕްރައިމަރީގެ އިންތިހާބީ ކޮމިޓީ ނެގުމުގައި ވެސް ދެ ފެކްޝަންގެ ކޯޅުން

ހުލާސާކޮށް އިއްޔެ: ރިޔާސީ ޕްރައިމަރީގެ އިންތިހާބީ ކޮމިޓީ ނެގުމުގައި ވެސް ދެ ފެކްޝަންގެ ކޯޅުން

ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބީ ކޮމިޓީ، އެ އިންތިހާބުގައި ވާދަކުރައްވާ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ގައުމީ މަޖިލީހުގެ މެމްބަރުންގެ ވޯޓާ ނުލައި އިންތިހާބުކުރީ އިއްޔެ އެވެ.

އެކަމަށްޓަކައި ރޭ ބޭއްވި ގައުމީ މަޖިލިސް ޖަލްސާ ވަރަށް ބޮޑަށް ހޫނުވެގެން ދިޔައިރު، ނަޝީދު ފެކްޝަނުން ބޭނުންވީ ފަސް މެމްބަރުންގެ ކޮމިޓީ ހޮވުމުގައި ކޮންމެ ކެންޑިޑޭޓަކު ދެ ނަން އަދި ދެ ކެންޑިޑޭޓުން އެއްބަސްވާ އެއް ބޭފުޅަކު ހޮވުމަށެވެ.

އެހެން ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން އަދި ޕާޓީގެ ލީޑާޝިޕުން ވެސް ވަނީ އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

އިންތިހާބަށް ހުށަހެޅި ނަންތަކަށް ވަކިވަކިން ވޯޓަށް އެހުމަށް އިސްލާހެއް ހުށަހެޅި ނަމަވެސް، އެ އިސްލާހު ފާހެއް ނުވެ އެވެ. އެއާއެކު ނަޝީދު ފަޅީގެ މެންބަރުން ވަނީ ޖަލްސާ ދޫކުރައްވައި ވަޑައިގެންފަ އެވެ.

އިންތިހާބު ކޮމިޓީއަށް ފާސްވެފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހަޅުއްވައި އިބްރާހިމް ޝަރީފް ތާއީދުކުރެއްވި ކޮމިޓީ އެވެ.

އިންތިހާބީ ކޮމިޓީއަށް ހޮވި މެންބަރުން:

  • އިބްރާހިމް ވަހީދު
  • އަކްރަމް ކަމާލުއްދީން
  • އަހުމަދު އަބްދުﷲ އަފީފް
  • އަނަސް އަބްދުއްސައްތާރު
  • މުހައްމަދު އީމާން

ނަޝީދުގެ މެންބަރުން ބޭނުންވި ގޮތަށް ކޮމިޓީއަށް މެންބަރުން ހުށަހެޅުމުގެ ފުރުސަތު ނުދިނުމުން އެ ބޭފުޅުން އެއްވެސް ނަމެއް ހުށަހަޅާފައިނުވެ އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައި އޮންނަނީ އިންތިހާބީ ކޮމިޓީއަށް ފަސް ނަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ނަޝީދު ފެކްޝަނުން ބޭނުންވީ އެ ފަސް ބޭފުޅުން ހޮވުމުގައި ކޮންމެ ކެންޑިޑޭޓަކު ދެ ނަން އަދި ދެ ކެންޑިޑޭޓުން އެއްބަސްވާ އެއް ބޭފުޅަކު ހޮވުމަށެވެ.

"ކޮބައިތޯ [އެގޮތަށް ނަން ހުށަހެޅުމުގައި] މައްސަލައަކީ، އެއިރުންނެއް ނޫންތޯ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު މިކަން ނިންމޭނީ، އެހެންނޫނީ މި ޕާޓީގެ ކަންކަމެއް ނުހިނގާނެ، މި ޕާޓީގެ ކަންކަން މަޝްވަރާ ކޮށްގެން ނޫނިއްޔާ ނުކުރެވޭނެ،" އެކަމާ މެދު ހިތްހަމަނުޖެހިވަޑައިގެން މެދުހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވަމުން ރިޔާސަތުގައި އިންނެވި ފައްޔާޒް ވިދާޅުވީ އިލެކްޝަން ކޮމިޝަނަކީ ވެސް ޕާޓީތަކުން ބޭނުންވާ މެންބަރުން ލައިގެން ހިންގާ ތަނެއް ނޫން ކަމަށެވެ.

"އެހެންވީމާ އެ އިތުބާރު ތި ބޭފުޅުން ބާއްވަން ވާނެ، އިތުބާރު ނެތް ކަމަށް ވަންޏާ ދެން ވަރަށް ދެރަ،" ފަސް ނަމާއެކު ހުށަހެޅުމަށް އެދި ފައްޔާޒް ވިދާޅުވި އެވެ.

ނަޝީދު ފެކްޝަންގެ މެންބަރުންނަށް ނަމަކާ މެދު މަޝްވަރާ ކުރުމަށް 10 މިނެޓުގެ ފުރުސަތެއް ދިން ނަމަވެސް އޭގެ ފަހުން ވެސް ޖަލްސާ ފެނިގެން ދިޔައީ ވަރަށް ހޫނުކޮށެވެ. އަދި އެ މެންބަރުން ތިއްބެވީ ގޮތް ދޫކުރައްވާ ގޮތަކަށް ވެސް ނޫނެވެ.

އެހެންނަމަވެސް ރިޔާސަތުގައި އިންނެވި ފައްޔާޒް ވިދާޅުވީ މެންބަރުންނަަށް ފުރުސަތު ލިބޭނީ ނަން ހުށަހެޅުމަށް އެކަނި ކަމަށެވެ. އަދި އެ ފުރުސަތު ނުދެއްވުމުން ނަޝީދު ފެކްޝަނުން ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި އެވެ.

"ޕާޓީގެ ޗެއާގެ ހައްދަވަން ތިއުޅުއްވަނީ ޒުވާބަކަށްތޯ ޗެއާ، އެހެން ނަހައްދަވާ، މަގާމުގެ ގަދަރާއި ހައިސިއްޔަތު ހިފަހައްޓައިދެއްވާ،" ވަރަށް ބޮޑަށް ހިތްހަމަނުޖެހިވަޑައިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިތާ 20 ގަޑިއިރު ފަހުން އެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް އެމަނިކުފާނުގެ ދިފާއީ ވަކީލުންނަށް ދިނީ އިއްޔެ އެވެ.
  • ކުނި މެނޭޖުކުރުމުގެ ގާނޫނު އޮތީ ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ ގޮތަށް ނޫން ކަމަށާއި އެއީ އެކަން މަނާ ކުރާ މާއްދާއެއް ކަމަށް ބުނެ އެންވައިރަމެންޓް މިނިސްޓްރީން އެ މާއްދާ ދިފާއުކުރީ އިއްޔެ އެވެ.
  • ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރު ދިނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ތެރެއިން ކަމަށް ސާބިތު ކޮށްދިނުމަށް ހުށަހަޅާފައި ވަނީ އުފައްދާފައިވާ ހެކި ކަމަށާއި، އަދި އެކަމާ ގުޅިގެން ޝަރީއަތުގައި ދޮގު ހެކިބަސް ދީފައިވާކަން ހާމަވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައީސް އަބްދުﷲ ޔާމީނަށް އިއްވި ޖަލު ހުކުމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ:

މި މައްސަލާގައި ހުށަހަޅާފައިވާ ލިޔުމަކީ ސައްހަ ލިޔުމެއްކަން ސާބިތުކޮށްދެވިފައި ނުވާކަން އެނގެން އޮތުމުން، މި މުއާމަލާތަކީ ދައުވާ ލިބޭ ފަރާތުން ބުނެފައިވާ ފަދައިން ހިނގާފައިވާ މުއާމަލާތެއް ކަމާ މެދު އިންތިހާއަށް ޝައްކު އުފެދެ،

ދުވަހުގެ ފޮޓޯ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ޗެއާޕާސަން ފައްޔާޒު އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ބަހުގެ ހަމަލާތައް ބަދަލުކުރައްވަނީ. ހޫނުވެގެންދިޔަ މި ބައްދަލުވުމުގައި އިންތިހާބީ ކޮމިޓީ ނެގުމަށް ރައީސް ނަޝީދުގެ ކޭމްޕުން ހުށަހެޅި ގޮތަށް ފާސް ނުވުމުން ވަނީ ޖަލްސާ ދޫކޮށް ނުކުމެވަޑައިގެންފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ޗެއާޕާސަން ފައްޔާޒު އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ބަހުގެ ހަމަލާތައް ބަދަލުކުރައްވަނީ. ހޫނުވެގެންދިޔަ މި ބައްދަލުވުމުގައި އިންތިހާބީ ކޮމިޓީ ނެގުމަށް ރައީސް ނަޝީދުގެ ކޭމްޕުން ހުށަހެޅި ގޮތަށް ފާސް ނުވުމުން ވަނީ ޖަލްސާ ދޫކޮށް ނުކުމެވަޑައިގެންފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ޗެއާޕާސަން ފައްޔާޒު އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ބަހުގެ ހަމަލާތައް ބަދަލުކުރައްވަނީ. ހޫނުވެގެންދިޔަ މި ބައްދަލުވުމުގައި އިންތިހާބީ ކޮމިޓީ ނެގުމަށް ރައީސް ނަޝީދުގެ ކޭމްޕުން ހުށަހެޅި ގޮތަށް ފާސް ނުވުމުން ވަނީ ޖަލްސާ ދޫކޮށް ނުކުމެވަޑައިގެންފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox