ނިޝާމާ މަރާލީ ކަރުގައި އެއްޗެއް އަޅައި ނޭވާ ހާސްކޮށްގެން: ފުލުހުން

ނިޝާމާ މަރާލީ ކަރުގައި އެއްޗެއް އަޅައި ނޭވާ ހާސްކޮށްގެން: ފުލުހުން

މި މަހުގެ ނުވަނަ ދުވަހު، ހދ. ނޮޅިވަރަމުގައި މަރާލާފައި އޮއްވާ ފެނުނު، ނިޝާމާ މުހައްމަދު މަރާލާފައި ވަނީ ނޭވާ ހާސްކޮށްލައިގެން ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ނޮޅިވަރަމު، ހިތަށްފިނިވާގޭ، ނިޝާމާ، 28އ، ގެ ހަށިގަނޑު ޕޯސްޓްމޯޓެމް ހެދުމަށް އިންޑިއާއަށް ފޮނުވީ ޑިސެމްބަރު 21، ގަ އެވެ. އަދި، އެއަށްފަހު މިއަދު އޭނާގެ ހަށިގަނޑު ރާއްޖެއަށް މިއަދު ވަނީ ގެނެސް ވަނީ ވަޅުލާފަ އެވެ.

އަދި، ޕޯސްޓްމޯޓެމްގެ ވަގުތީ ރިޕޯޓު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

"އެ ރިޕޯޓުގައިވާ ގޮތުން ނިޝާމާ މުހައްމަދު މަރާލާފައި ވަނީ ކަރުގައި އެއްޗެއް އަޅައި ނޭވާ ހާސްކޮށްލައިގެން،" މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުންޏެވެ.

މި މަރުގެ މައްސަލައިގައި ނިޝާމާގެ ފިރިމީހާ، އދ. ފެންފުއްޓަށް ނިސްބަތްވާ އަބޫބަކުރު ފައިސަލަށް ތުހުމަތު ކުރެވޭއިރު، ނިޝާމާ މަރުވެފައި އޮއްވާ ފެނުނުއިރު ކުއްލިއަކަށް ފުރައިގެން ގޮސް ހުރީ އެ އަތޮޅު ކުޅުދުއްފުށީގަ އެވެ.

އެ އަތޮޅު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ފައިސަލް ދިޔައީ އަމިއްލައަށެވެ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ހުންނަ ކަސްޓޯޑިއަލްގައި ބަންދުކޮށްފައިވަނިކޮށް އޭނާ ދަން ޖެހިފައި ހުއްޓާ ފެނިގެން ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ވެސް ދިނެވެ. ފަރުވާ ދެނިކޮށް މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ މަރުވެފަ އެވެ.

ގެވެށި އަނިޔާކޮށް ނިޝާމާ މަރާލީ ކަމުގެ ފައިސަލްގެ މައްޗަށް ކުރެވޭއިރު މަސްތުވާތަކެތީގެ ތުހުމަތުތައް ވެސް އޭނާގެ މައްޗަށް ކުރެވެ އެވެ. އދ. ފެންފުއްޓަށް އުފަން ފައިސަލް އަދި ނިޝާމާގެ ހަތް އަހަރުން ދަށުގެ ތިން ދަރިން ތިބެ އެވެ.

މި ހާދިސާއަށް ފަހު ފައިސަލަށް ތުހުމަތު ކުރެވޭ އަނިޔާގެ އިތުރު މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. 2015 ވަނަ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެ އެވެ. އަދި, އޭނާގެ އެންމެ ފުރަތަމަ އަނބިމީހާ ވެސް ވަނީ މި ނޫހާ އެފަދަ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox