ހުލާސާކޮށް އިއްޔެ: 1.6 މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލުވުން

ހުލާސާކޮށް އިއްޔެ: 1.6 މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލުވުން

ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ އަމާޒު ކަމަށްވާ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ އައީ އިއްޔެ އެވެ.

ރާއްޖެއަށް އައި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ މަރުހަބާއެއް ކިޔާފަ އެވެ.

ރާއްޖެއަށް ޒިޔާރަތްކުރި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަކީ އިންޑިއާއަށް ނިސްބަތްވާ ސަންޖޭ ތޭޖަސް ކޮތަރީ ނަމަކަށް ކިޔާ ފަތުރުވެރިއެކެވެ.

ރާއްޖެއައި މި ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައި ވަނީ ދިވެހި ބޮޑުބެރުގެ ހަރަކާތުންނެވެ. އޭނާއަށް މަރުހަބާ ކިއުމަށް ނާއިބު ރައީސް ފައިޞަލް ނަސީމާއި، ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ބައިވެރިވެވަޑައިގަތެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ޓޫރިސްޓުން ޒިޔާރަތްކުރާނެ އަދަދަކަށް ޖެހީ 1،632،432 ޓޫރިސްޓުންނެވެ. އެއީ "މޮޑަރޭޓް ކޭސް" އެއްގައި، ހާއްސަ ހާލަތެއް މެދުވެރިނުވާހާ ހިނދަކު އަންނާނެ ކަމަށް ލަފާކުރި އަދަދެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެގެން 2020 ވަނަ އަހަރު ރާއްޖޭގެ ބޯޯޑަރުތައް ބަންދުކުރުމުގެ ކުރިއަށް، އަހަރަކު އެވެރެޖް ގޮތެއްގައި އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އާދެ އެވެ. ކޮވިޑްގެ ހާލަތު އޮތް އެ އަހަރު ރާއްޖެ އައީ އެންމެ ފަސް ލައްކަ ޓޫރިސްޓުންނެވެ.

އޭގެ ކުރިއަށް 2019 ވަނަ އަހަރު 1.7 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިދިޔަ އަހަރު ރާއްޖެ އައީ 1.3 މިލިއަން ޓޫރިސްޓުންނެވެ.

ބައެއް މުހިންމު ހަބަރުތައް

  • ޕްލާސްޓިކުގެ ބައެއް ބާވަތްތައް ރާއްޖެއިން މަނާ ކުރުމުގެ ބޭނުމުގައި ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، 500 އެމްއެލަށްވުރެ ކުދި ޕްލާސްޓިކު ފެންފުޅި އާއި ބައެއް އެހެން ތަކެތި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން މަނާކުރީ އިއްޔެ އެވެ.
  • ވެރިކަން ހިންގާ މައި ސިޔާސީ ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ތާއީދު ފޯމު ހޯދުމުގެ މަސައްކަތް ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާނުކުރައްވާފައިވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފެއްޓެވީ އިއްޔެ އެވެ.
  • އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން، ރ. ފުއްގިރި ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގެ ޝަރީއަތާ ހަވާލުވެ ހުންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އެ މައްސަލައިން ތަނާޒުލްވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީގެ މެމްބާޝިޕް ދަފްތަރާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު އިއްޔެ "އަދަދު" އަށް ވިދާޅުވީ:

އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ވެސް ގޮފިތަކުގެ ރައީސުންގެ ގޮތުގައި ތިބި، އެހެން ނަމަވެސް އާ އުސޫލުން މެމްބަޝިޕް ގެއްލިފައިވާ ފަރާތްތައް ވެސް ޖެހުނީ އަލުން ފޯމް ފުރަން. ގައުމީ މަޖިލީހުގެ ގަރާރު ފާސްކުރުމަށް ފަހު ރަސްމީ ގޮތެއްގައި އެއްވެސް ފަރާތުން، އަދި ރައީސް ނަޝީދުގެ ފަރާތުން ވެސް ޝަކުވާއެއް ލިބިފައެއްނެ ކުރިންނެއް،

ދުވަހުގެ ފޮޓޯ

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް މުހައްމަދު ނަޝީދުގެ ތާއިދު ފޯމު ފުރުމަށް އިއްޔެ ހަވީރު އެމްޑީޕީ ހަރުގޭގެ ކުރިމަތީގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން. އަންނަ އަަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ގައުމު ބަދަލު ކުރުމަށް ނަޝީދު އޮތީ ހުށަހަޅުއްވާފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް މުހައްމަދު ނަޝީދުގެ ތާއިދު ފޯމު ފުރުމަށް އިއްޔެ ހަވީރު އެމްޑީޕީ ހަރުގޭގެ ކުރިމަތީގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން. އަންނަ އަަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ގައުމު ބަދަލު ކުރުމަށް ނަޝީދު އޮތީ ހުށަހަޅުއްވާފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް މުހައްމަދު ނަޝީދުގެ ތާއިދު ފޯމު ފުރުމަށް އިއްޔެ ހަވީރު އެމްޑީޕީ ހަރުގޭގެ ކުރިމަތީގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން. އަންނަ އަަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ގައުމު ބަދަލު ކުރުމަށް ނަޝީދު އޮތީ ހުށަހަޅުއްވާފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox