ސެކިއުރިޓީ ރޫމުގެ އިތުރުން ގުދަނެއް ވެސް ފަޅާލި؛ އިންތިހާބަކާ ގުޅޭ ލިޔުމެއް ނުގެއްލޭ: އީސީ

އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒު: އީސީގައި ދެ ވައްކަމުގެ ހާދިސާއެއް ވަނީ ހިނގާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒު: އީސީގައި ދެ ވައްކަމުގެ ހާދިސާއެއް ވަނީ ހިނގާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސެކިއުރިޓީ ރޫމުގެ އިތުރުން ގުދަނަކުން ވެސް ވައްކަން ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އިންތިހާބަކާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ގެއްލިފައިވާ ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ކޮމިޝަންގެ ސެކިއުރިޓީ ފޫމު ފަޅާލުމަށް ފަހު ވައްކަން ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރި ވާހަކަ މިއަދު މީޑިއާއަށް ވަނީ ތިލަވެފަ އެވެ.

މި މައްސަލައިގައި އީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭގެ ފަހުން މި މަހުގެ 10 ވަނަ ދުވަހު ވެސް ބާ އަރަބިއްޔާގައި ހުންނަ އީސީގެ ގުދަނެއް ވެސް ފަޅާލައި ވައްކަން ކޮށްފައިވާ ކަމަށެވެ.

މި ދެ ވައްކަމުގައި ވެސް އެއްވެސް އިންތިހާބަކާ ގުޅޭ ލިޔެކިޔުމެއް ގެއްލިފައި ނުވާ ކަމަށް އީސީން ބުނެ އެވެ.

އީސީން ބުނީ ސެކިއުރިޓީ ރޫމުން ގެއްލިފައިވަނީ ފަސް ނެޓްބުކު ކަމަށެވެ. އަދި، ގުދަނުގައި ހުރި 11 ޔޫޕީއެސްއާއި 65 އިންޗީގެ ދެ ޓީވީއާއި ދެ ސްޕީކަރު ސެޓާއި 10 މީޓަރުގެ ކަރަންޓު އެކްސްޓެންޝަން ބޯޑެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

"މި ދެ ހާދިސާއާ ގުޅިގެން މިހާރު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކަށް އެއްވެސް އަސަރެއް ނުކުރާނެ އެވެ،" އީސީން ބުނެފައިވެ އެވެ.

އެ ކޮމިޝަނުން އިތުރަށް ބުނީ މި ހާދިސާތަކާ ގުޅިގެން އީސީގެ އޮފީސްތަކުގެ ސެކިއުރިޓީ ކަންކަން ވަރުގަދަ ކުރުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox