ކުނި އެތެރެކުރަން ހުއްދަ ނުދޭނަން، ގާނޫނު އިސްލާހުކުރަން އަންނަ ދައުރުގައި ހުށަހަޅާނެ: ޝައުނާ

ކުނި އެތެރެކުރަން ހުއްދަ ނުދޭނަން، ގާނޫނު އިސްލާހުކުރަން އަންނަ ދައުރުގައި ހުށަހަޅާނެ: ޝައުނާ

ކުނި މެނޭޖުކުރުމުގެ ގާނޫނު ތަސްދީގު ކުރި ނަމަވެސް، ރާއްޖެ އަށް ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ ގޮތަށް ގަވާއިދު އެކުލަވާ ނުލާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ކުނި މެނޭޖުކުރުމުގެ އަސާސްތަކާއި ޒިންމާތަކާއި ފީނެގުމާއި ކުންޏާ ގުޅޭ ކުށްތަކާއި ޖޫރިމަނާ ބަޔާންކޮށްފައިވާ މި ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި ބަދަލުތަކުގެ ތެރޭގައި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ރާއްޖެ އަށް ކުނި އެތެރެކުރެވިދާނެ ކަމަށް ލިޔުނެވެ.

ނޮވެމްބަރު 28 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެ ގާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވަނީ މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުންޏެއް ރާއްޖެ އެތެރެކޮށްގެން ނުވާނެ ކަމަށެވެ. ކުނި އެތެރެކުރުމުގެ ހުއްދައަށް އެދުމުން އެފަދަ ހުއްދައެއް ދޭންވާނީ މިނިސްޓްރީން ހަދާފައިވާ ގަވާއިދާ އެއްގޮތަށް ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.

އެގޮތަށް ގާނޫނުގައި އޮތް ނަމަވެސް، "ކުނި އެތެރެކުރުމުގެ ހުއްދަ ނުދޭނެ" ކަމަށް މިނިސްޓަރު ޝައުނާ މިއަދު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އެކަމަށްޓަކައި ހާއްސަ ގަވާއިދެއް ހަދަންޖެހޭ ކަމަށް ގާނޫނުގައި އެބަ އޮތް. އެ ގަވާއިދު ހަދައި ކުނި އެތެރެކުރުމުގެ ހުއްދަ ދޭން ބޭނުމެއް ނުވޭ. އެކަމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން. އަދި އެއީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އެކަމުގެ ނުރަނގަޅު އަސަރު ކުރާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގު ކުރައްވާފައިވާއިރު، ޝައުނާ ވިދާޅުވީ އެ ގާނޫނުގެ 44 ވަނަ މާއްދާ އިސްލާހުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރަށް ހުށަހަޅާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އެ ގާނޫނު ތަސްދީގު ކުރެއްވީ، ކުނި އެތެރެކުރަން ހުއްދަ ދެވޭ ގޮތަށް އޮތް ބަޔަށް ވުރެ މާ މުހިންމު ގިނަ ކަންތައްތަކެއް ހުރުމުން، އެކަންކަން ހާސިލުކުރުމަށްޓަކައި. ކުނި އެތެރެކުރުމާ ގުޅޭ ބައި އިސްލާހުކުރަން މަޖިލީހުގެ އަންނަ ދައުރަށް ހުށަހަޅާނަން،" ޝައުނާ ވިދާޅުވި އެވެ.

މި ގާނޫނާ މެދު މަދަނީ ޖަމިއްޔާތަކުގެ ކަންބޮޑުވުންތައް އޮތީ ބަންޑުކޮށްލައިފަ އެވެ. ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ސޭވް މޯލްޑިވްސް ކެމްޕެއިން އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭ ގޮތަށް 17 ޖަމިއްޔާއަކުން ނެރުނު ބަޔާނެއްގައި ބުނީ ކުނި މެނޭޖުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު، އެއްވެސް ޖަމިއްޔާއެއްގެ ހިޔާލާއި މަޝްވަރާ ހޯދާފައި ނުވާ ކަމަށެވެ.

ތިލަފުއްޓަށް ޖަމާވެފައިވާ ކުނިތައް ސާފުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއު ޝައުނާ ބައްލަވާލައްވަނީ.
ތިލަފުއްޓަށް ޖަމާވެފައިވާ ކުނިތައް ސާފުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއު ޝައުނާ ބައްލަވާލައްވަނީ.

ތިލަފުއްޓަށް ޖަމާވެފައިވާ ކުނިތައް ސާފުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއު ޝައުނާ ބައްލަވާލައްވަނީ.

އެ ޖަމިއްޔާތަކުން ގޮވާލީ ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުމަށާއި، ކަންބޮޑުވުންތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ހައްލެއް ހޯދުމަށް އަދި އެހެން ގައުމުތަކުގެ ކުނި އުކާލާ ތަނަކަށް ރާއްޖެ ނުހެދުމަށެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަ މަސް ދުވަސްތެރޭގައި ގެޒެޓްކުރަންޖެހެ އެވެ. އަދި, ކުނި މަދުކުރުމުގެ ގައުމީ ސްޓްރެޓެޖީ އަކާއި ކުނި މެނޭޖުކުރުމާ ގުޅޭ މާސްޓަޕްލޭނެއް އެއް އަހަރު ތެރޭގައި އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލައި އާންމުކަން ޖެހެ އެވެ. ކުނި އުފެއްދުން މަދުކުރުމަށް ބާރު އެޅުމުގެ ގޮތުން ދެވޭ އިނާޔަތްތަކުގެ ޕްލޭނެއް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

ކުނި މަދުކުރުމަށާއި ތިމާވެށި ތަޣައްޔަރުކުރާ ތަކެއްޗަށް ވުރެ އަގުހެޔޮކޮށް ތިމާވެއްޓާ ރައްޓެހި ތަކެތި ވިއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން އިމްޕޯޓު ޑިއުޓީގެ ލުއިތައް ދެވޭނެ ބާވަތުގެ މުދަލާއި ކުނި މަދުކުރުމަށާއި ކުނިން ބޭނުންތެރި މާއްދާތައް އިއާދަކުރުމަށާއި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއުތައް ކުރިއެރުވުމަށާއި ހިތްވަރު ދިނުމުގެ ގޮތުން އިމްޕޯޓް ޑިއުޓީން ލުއި ދެވޭނެ ބާވަތްތައް ކަނޑައަޅަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

މި ގާނޫނުން ކައުންސިލްތަކަށް ވެސް ގިނަ ބާރުތަކެއް ދީފައިވެ އެވެ. ރަށު ފެންވަރުގައި އަދި ރިސޯޓުތަކާއި ސިނާއީ ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ ކަންކަން ހިންގާނެ ގޮތުގެ ހަމަތަކާއި އުސޫކުތައް ބަޔާންކުރާ ގައިޑްލައިނެއް އެކުލަވާލުމަކީ ކައުންސިލް ނުވަތަ ރިސޯޓެއް، ސިނާއީ ރަށެއް ނަމަ މެނޭޖްމެންޓްގެ ޒިންމާއެކެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކަށް ފަސް މިލިއަން ރުފިޔާއާ ހަމައަށް ޖޫނިމަނާ ކުރެވެ އެވެ. އެގޮތުން ނުރައްކާތެރި ކުންޏާއި އެފަދަ ކުނި ހިމެނޭ އެއްވެސް އެއްޗެއް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމާއި ޑިސްޓްރިބިއުޓްކުރުމަކީ 100،000ރ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގެ ޖޫރިމަނާއަށް އަންނާނެ ކުށެކެވެ. އަދި ނުރައްކާތެރި ކުނި ރާއްޖޭން ބޭރުކޮށްފި ނަމަ ކުރާ ޖޫރިމަނާ ވެސް ފަސް މިލިއަން ރުފިޔާއަށް އަރަ އެވެ.

ނުރައްކާތެރި ކުނި

  • ގޮވާތަކެތި (އެކްސްޕްލޯސިވްސް)
  • ހުޅުހިފާ ދިޔާތަކެތި
  • ފަސޭހައިން އަލިފާން ހިފާ ޒާތުގެ ހަރުތަކެތި
  • ފަސޭހައިން އަމިއްލަ ޒާތުގައި ހުޅުހިފާ ތަކެތި
  • ފެނާ އެކުވުމުން ހުޅުހިފާ، ނުވަތަ ހުޅުހިފާ ޒާތުގެ ގޭހެއް އުފައްދާތަކެތި
  • އޭގެ ޒާތުގައި ހުޅު ރޯނުވިޔަސް އޮކްސިޖެން އުފެއްދުމުގެ ސަބަބުން އެހެން އެެއްޗެއް ނުވަތަ މާއްދާއެއްގައި އަލިފާން ހިފުމަށް މަގުފަހިކޮށްދޭ ތަކެތި

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ނުވަތަ އެހެން ގާނޫނެއްގައި ބަޔާންކުރާ ގޮތެއްގެ މަތިން ފިޔަވައި ނުރައްކާތެރި ކުންޏާއި ކެމިކަލް މާއްދާ އާއި ތެލާއި ތެލުގެ ބާވަތްތައް އެކުލެވިފައިވާ އެއްޗެއް ބިމަށް ނުވަތަ ފެންގަނޑަކަށް ނުވަތަ މޫދަށް ނުވަތަ ކަނޑަށް އެޅުން މަނާވާނެ އެވެ. އެފަދަ ކަމެއް ކޮށްފި ނަމަ ކުރާ ޖޫރިމަނާގެ އަދަދަކީ އެއް މިލިއަނާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެކެވެ. މި ނޫން ވެސް އިތުރު ޖޫރިމަނާތައް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox