ގައުމީ ކޯޗުގެ ފޯކަސް މި ވަގުތު ހުރީ ނަތީޖާ އަށް ބެލުމަށް ވުރެ ރަނގަޅު ފުޓްބޯޅަ އަކަށް

Dec 13, 2022, 8:14 AM
ގައުމީ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ވާހަކަދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ވާހަކަދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެކުވެރިކަމުގެ މެޗެއްގައި މާދަމާ މެލޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ މި ވަގުުތުގެ ފޯކަސް އަކީ މެޗުން ނުކުންނަ ނަތީޖާ އަށް ބެލުމަށް ވުރެ ހާލަތަށް ބަލައި، މި މެޗުގައި ގައުމީ ޓީމު ކުޅޭ ކުޅުން ރަނގަޅުކުރުން ކަމަށް ބުނެފި އެވެ.

ގައުމީ ޓީމުން މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ކުޅޭ ދެ މެޗު އޮންނާނީ މި މަހު 14 އާއި 17 ވަނަ ދުވަހު އެވެ.

މެލޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޮރިއޭރޯ އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ ރާއްޖެއާ އަޅާކިޔާއިރު، މެލޭޝިއާ އަކީ ވަރުގަދަ ޓީމެއް ކަމަށެވެ. އެހެންވެ، މި މެޗުގެ ނަތީޖާ އަށް ބަަލައިގެން ކަމެއް ހާސިލްކުރުމުގެ ބަދަލުގައި، ރަނގަޅު ކުޅުމެއް ދައްކައިގެން މުސްތަގުބަލަށް ރަނގަޅު ފިޔަވަޅެއް އެޅުން މުހިންމު ކަމަށް މޮރިއޭރޯގެ ވާހަކައިގައި ފާހަގަކުރި އެވެ.

"ރަނގަޅު، މި ވަގުތު މި އޮތް ޓީމު ވަރަށް ތަފާތު، މިހާރު މި އޮތް ޓީމުގެ ތަފާތަކީ މެންޓަލިޓީ. އަހަރެމެންގެ ޓީމު މިހާރު މި ތިބި ކުޅުންތެރިން ވިސްނަނީ ހަމައެކަނި ފައިނަލް ނަތީޖާ އަަކަށް ނޫން މެޗުތަކުގެ، އަހަރެން ވަރަށް ގަޔާވޭ ޕޮޒިޓިވް ފުޓްބޯޅަ. ރަނގަޅު އިންޓެންސިޓީއާ އެކު، އޯގަނައިޒްކޮށް ކުޅޭ ފުޓްބޯޅަ އަށް. މި ވަގުތު ރާއްޖޭގައި ކުރަން ޖެހޭ ބޮޑު މަސައްކަތަކީ އެއީ، އެ ގޮތަށް ބަލާއިރު، މެލޭޝިއާ މެޗުގެ ބޭނުންހިފޭނެ އިމްތިހާނަކަށް ވާނެ،" މޮރިއޭރޯ ބުންޏެވެ.

މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ކުޅޭ މެޗުތަކަށް ތައްޔާރުވާން އޮތް އެއް ގޮންޖެހުމަކީ މިއީ ރާއްޖޭގެ ސީޒަން ބްރޭކް ކަމަށްވުމެވެ. ރާއްޖޭގައި ދެން ފުޓްބޯޅަ ސީޒަން ފަށަން އޮތީ އަންނަ މާޗް މަހުގަ އެވެ.

މޮރިއޭރޯ ބުނީ ކުޅުންތެރިން ގަވާއިދުން ނުކުޅެ ތިއްބައި، 20 ދުވަަހުގެ ޕްރެކްޓިހަށް ފަހު، މެލޭޝިއާ ކަހަލަ ޓީމުތަކާ ކުޅޭއިރު، "އިންޓެންސިޓީ" ހުންނާނީ އެންމެ ބޭނުން ލެވަލްގައި ނޫން ކަމަށެވެ.

"މިއި އަހަރެމެން ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހޭނެ ޓެސްޓެއް،" މޮރިއޭރޯ ބުންޏެވެ.

"ސެޕްޓެމްބަރުގައި ބްރުނާއީ އާއި ލާއޯސްއާ ދެކޮޅަށް ނެރުނު ނަތީޖާ އަށް ވުރެ އުނދަގޫ މެޗުތަކެއް މި ފަހަރު މިއީ،"

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

މެލޭޝިއާ ޓީމު ވަރުގަދަކަން ފާހަގަކޮށް، މޮރިއޭރޯ ބުނީ ވިސްނުންތެރިކަމާ އެކު ކުޅެގެން ރާއްޖެ އަށް މެލޭޝިއާ ކައިރީގައި ޗެލެންޖެއް ދެވިދާނެ ކަމަށެވެ.

މިއީ ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯގެ ކޮންޓްރެކްޓް އާ ކުރި ފަހުން ގައުމީ ޓީމުން ކުޅޭ ފުރަތަމަ މެޗުތަކެވެ. ގައުމީ ޓީމާ މޮރިއޭރޯ ހަވާލުވި ފަހުން މިހާތަނަށް ވަނީ 10 މެޗެއް ކުޅެފަ އެވެ.

މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭން ހަތަރު މެޗުން މޮޅުވިއިރު، ތިން މެޗުން ބަލިވީ އެވެ. އަދި އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ރާއްޖެ މޮޅުވީ މި އަހަރު ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ސްރީ ލަންކާ އަތުންނާއި ދާދި ފަހުން ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި ބްރުނާއީ ދާރުއްސަލާމާއި ލާއޯސް އަތުންނެވެ. ބަލިވި މެޗުތަަކަކީ މިދިޔަ އަހަރުގެ ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އަތުންނާއި މި އަހަރު އޭޝިއަން ކަޕް ކޮލިފައިންގައި ތައިލެންޑާއި އުޒްބެކިސްތާން އަތުންނެވެ. އެއްވަރުވީ މިިދިޔަ އަހަރު ނޮވެމްބަރު މަހު ފޯ ނޭޝަންސް ކަޕްގައި ސްރީ ލަންކާ އާއި ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުތަކުގަ އެވެ.

ގައުމީ ޓީމުގެ ޑިފެންޑަރު، ސަމޫހު އަލީ (ސަމުއްޓެ)، މެލޭޝިއާ މެޗުގެ ކުރިން މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ބުނީ މެލޭޝިއާ ފުޓްބޯޅަ އަކީ "ފާސްޓް ފުޓްބޯޅައެއް" ކަމަށެވެ. އަދި މެލޭޝިއާ ޓީމުގެ އެޓޭކިން ލައިންގައި ވެސް ތިބީ ވަރަށް ހަލުވިކޮށް ކުޅޭ ކުޅުންތެރިންކަން ފާހަގަކޮށް ސަމުއްޓެ ބުނީ، މެލޭޝިއާ ވަރުގަދަ ކަމަށް ގަބޫލުކުރާ ކަމަށާއި، އެކަމަކު، އެއީ "ބަލިނުކުރެވޭ ވަރުގެ ޓީމެއް ނޫން" ކަމަށެވެ.

ރާއްޖޭން ވަނީ މީގެ ކުރިން ހަތަރު މެޗެއް ކުޅެ، ބަލިވެފަ އެވެ. އެ ގޮތުން، އެންމެ ފުރަތަމަ 2000 ވަނަ އަހަރު އެކުވެރިކަމުގެ ދެ މެޗެއްގައި ރާއްޖެ ވަނީ މެލޭޝިއާ އަތުން 2-0 އިން އަދި 3-0 އިން ބަލިވެފަ އެވެ. އޭގެ ދެ އަހަރު ފަހުން އޭޝިއަން ގޭމްސްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ވަނީ 3-1 އިން މެލޭޝިއާއާ ވާދަކޮށް ބަލިވެފަ އެވެ. މި ދެ ޓީމު 2018 ވަނަ އަހަރު މެލޭޝިއާގައި ކުޅުނު އެކުވެރިކަމުގެ މެޗުން މެލޭޝިއާ މޮޅުވީ 3-0 އިންނެވެ. އެ މެޗުގައި ކުޅުނު ކުޅުންތެރިން މި ފަހަރު ވެސް ގައުމީ ސްކޮޑުގައި ހިމެނެ އެވެ.

މެލޭޝިއާ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި ހައެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox