ހުލާސާކޮށް އިއްޔެ: ޖާބިރުގެ ޑީއާރުޕީ އުވާލަން ނިންމުން

ހުލާސާކޮށް އިއްޔެ: ޖާބިރުގެ ޑީއާރުޕީ އުވާލަން ނިންމުން

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށް 3،000 މެންބަރުން ހަމަކުރުމަށް ދިން ތިން މަހުގެ ނޯޓިސް ހަމަވެ، އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ އިއްޔެ އެވެ.

އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން "އަދަދު" ނޫހަށް ވިދާޅުވީ މެންބަރުން ހަމަކުރުމަށް ނޯޓިސް ދިން މުއްދަތު ހަމަވެއްޖެ ކަމާއި ޕާޓީ އުވާލަން ނިންމިކަން ޑީއާރުޕީއަށް އަންގާފައިވާ ކަމަށެވެ.

"ޕާޓީގެ ދަރަންޏާ މެދު ޒިންމާވާނެ ފަރާތެއް އެންގުމަށް ވެސް ވާނީ އަންގައިފަ، މި މަހުގެ 30 ގެ ކުރިން އަންގަން ވާނެ ކަމަށް،" ހަސަން ވިދާޅުވި އެވެ.

ދެހާސްފަސް ވަނަ އަހަރު ވުޖޫދުކުރި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ދެވަނައަށް ރަޖިސްޓްރީ ކުރި ޕާޓީއަކީ ޑީއާރުޕީ އެވެ. އެއީ އޭރު ރާއްޖޭގެ އެންމެ މަގުބޫލު ސިޔާސީ ޝަހްސިޔައްތަކަށް ހުންނެވި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި ޕާޓީއެކެވެ.

ޖުލައި 15، 2005 ގައި ރަޖިސްޓްރީ ކުރި ޑީއާރުޕީއަކީ 2011 ވަނަ އަހަރު ޖެހެންދެކަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ އެވެ. 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި 2011 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އެ ޕާޓީންނެވެ.

ނަމަވެސް ރައީސް މައުމޫނާއި، ފަހުން އެމަނިކުފާނުގެ ވެސް ތާއީދާއެކު ޕާޓީގެ ލީޑަރަކަށް ހަމަޖެއްސެވި އަހުމަދު ތަސްމީން އަލީއާ އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން މައުމޫން ޕާޓީ ދޫކުރެއްވުމުން އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން އެ ޕާޓީ ދޫކޮށްލި އެވެ.

ދެހާސްތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު، ތަސްމީން ވެސް ޕާޓީ ދޫކޮށް އެމްޑީޕީއާ ގުޅުނެވެ. ދެން އެ ޕާޓީގެ ލީޑަރަކު ހަވާލުވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް 2018 ގެ ރިޔާސީ އިންތިހާބަށް ފަހު ޕާޓީ ދޫކޮށް، ޕީޕީއެމާ ގުޅުނެވެ.

ޑީއާރުޕީގެ ލީޑަރަކަށް މި ވަގުތު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. ޖާބިރުގެ ލީޑާޝިޕްގައި، އެކި ފަހަރު މަތިން 3،000 އަށް ވުރެ މެންބަރުން މަދުވެގެން މެންބަރުން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނޯޓިސް ދީފައިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މާލެ އާއި ތިލަފުއްޓާ ދެމެދު އަޅާ ބުރިޖުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އުރި ލިބުނު ގެއްލުމުގެ ބަދަލުގައި އެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުންނީގެ މައްޗަށް ކުރި ޖޫރިމަނާ އެ ކުންފުނިން އިސްތިއުނާފުކުރީ އިއްޔެ އެވެ.
  • ރާއްޖޭގައި ގޮއްވަން އުޅުނު އެންމެ ބޮޑު ބޮން ހުއްޓުވުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ސ. މަރަދޫ/ އާޒާ މުހައްމަދު ގައިސް ބަންދުން ދޫކޮށްލުމަށް ހައިކޯޓުން އިއްޔެ އަމުރުކޮށްފައި ވަނިކޮށް، އަލުން ހައްޔަރުކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ޕޮލިސް ބޯޑުން ހުސްވެފައިވާ ގޮނޑިއަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު އައްޔަނުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖޭގެ މަސްވެރިކަމުގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވީ:

މިހާރު ރާއްޖޭގެ މަސް އެކްސްޕޯޓްކުރާ ގޮތަށް ބަލާއިރު، އެ މަސްވެރިކަމުގެ ބޮޑު ފައިދާއެއް ވަނީ ތައިލެންޑަށާއި، އިރުމަތީ އޭޝިއާގެ ގައުމުތަކަށް,

ދުވަހުގެ ފޮޓޯ

ރައީސް ސޯލިހުގެ ދެކަނބަލުން ގަތަރަށް ފުރާވަޑައިގަތުން. މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022ގެ ސެމީ-ފައިނަލް މެޗުތައް ބައްލަވާލައްވަން ހަމަޖެހިފައިވާއިރު، މިއީ ރާއްޖެއާއި ގަތަރާއު ދެމެދު އޮތް ހަރުދަނާ ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނޭ --- ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހުގެ ދެކަނބަލުން ގަތަރަށް ފުރާވަޑައިގަތުން. މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022ގެ ސެމީ-ފައިނަލް މެޗުތައް ބައްލަވާލައްވަން ހަމަޖެހިފައިވާއިރު، މިއީ ރާއްޖެއާއި ގަތަރާއު ދެމެދު އޮތް ހަރުދަނާ ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނޭ --- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހުގެ ދެކަނބަލުން ގަތަރަށް ފުރާވަޑައިގަތުން. މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022ގެ ސެމީ-ފައިނަލް މެޗުތައް ބައްލަވާލައްވަން ހަމަޖެހިފައިވާއިރު، މިއީ ރާއްޖެއާއި ގަތަރާއު ދެމެދު އޮތް ހަރުދަނާ ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނޭ --- ފޮޓޯ: ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox