ޓެރަރިޒަމް އޮޕަރޭޝަން؛ ހެކި ނެތިގެން ދޫކޮށްލި ގައިސް އަލުން ހައްޔަރަށް

ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހަކު އިއްޔެ ހައިކޯޓުން ދޫކޮށްލުމުން، ރޭ ވަނީ އަނެއްކާ ހައްޔަރުކޮށްފައި

ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހަކު އިއްޔެ ހައިކޯޓުން ދޫކޮށްލުމުން، ރޭ ވަނީ އަނެއްކާ ހައްޔަރުކޮށްފައި

ރާއްޖޭގައި ގޮއްވަން އުޅުނު އެންމެ ބޮޑު ބޮން ހުއްޓުވުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ސ. މަރަދޫ/ އާޒާ މުހައްމަދު ގައިސް ބަންދުން ދޫކޮށްލުމަށް ހައިކޯޓުން އިއްޔެ އަމުރުކޮށްފައި ވަނިކޮށް، ރޭ އަލުން ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި 14 މީހަކު ހައްޔަރުކޮށްފައިވާ އިރު، އައްޑޫ ސިޓީ މަރަދޫފޭދޫ ކޯޓުން ނެރުނު އަމުރަކުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ގައިސް ވަނީ އެ އަމުރު އިސްތިއުނާފު ކޮށްފަ އެވެ. ހައި ކޯޓުން އެ މައްސަލާގައި އިއްޔެ ކުރި ހުކުމުގައި ވަނީ އޭނަގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން ބަންދު ކުރުމަށް ފުލުހުންގެ އިންޓެލް ރިޕޯޓް ފިޔަވައި އިތުރު ހެއްކެއް ހުށަހަޅާފައި ނެތް ކަމަށެވެ.

ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލައި، އެ ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައިވަނީ އެ މިންވަރަކީ ތުހުމަތު ކުރެވޭ ވަރަށް އެކަށޭނަ ހެއްކަށް ނުވާތީ އޭނާ ބަންދުކުރި އަމުރު ބާތިލްކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް އޭނާ ބަންދުން ދޫކޮށްލާފައި ހުރެއްޖެނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ ރޭގެ ވަގުތެއްގައި ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. ގައިސް ހައްޔަރުކުރީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.

ހަމައެއާއެކު މައްސަލައިގެ ޝަރީއަތް ނިމެންދެން ގައިސް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލާގައި ގައިސްއާ ދެކޮޅަށް ހަމައެކަނި އިންޓެލިޖެންސް ރިޕޯޓު ހުށަހަޅާފައި ނުވަނީ އިތުރު ހެކި ތަހުލީލު ކުރެވިފައި ނުވާތީ ކަމަށެވެ. އެގޮތުން، އޭނާ ދިރިއުޅޭ ގެ ބަލާފާސްކޮށް މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ބައެއް ތަކެތި ނެގިފައިވީ ނަމަވެސް އެތަކެތި، ގައިސްގެ ބަންދަށް މުއްދަތު ޖެހި ވަގުތު ތަހުލީލު ކުރެވިފައި ނުވާތީ އެކަމާ ގުޅޭ ރިޕޯޓު ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

މާލެ، އައްޑޫ އަދި ކ. ގުރައިދޫގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ފުލުހުން ފެއިލް ކޮށްލާފައިވަނީ ރާއްޖެއަށް ދޭން އުޅުނު އެންމެ ނުރައްކާތެރި ހަމަލާ ކަމަށެވެ.

މީހުން ހައްޔަރުކުރުމަށްފަހު ފުލުހުންނާއި ސިފައިން ވަނީ ފުލުހުންގެ ޑޯގް ސްކޮޑް އަދި ބޮން ސްކޮޑް ބޭނުންކޮށްގެން އައްޑޫގެ އެކި ސަރަހައްދުތައް ބަލާ ފާސްކޮށްފަ އެވެ.

އެގޮތުން، އެ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ގެތަކާއި، އެ މީހުންނާ ގުޅުންހުރި ވެހިކަލްތަކާއި ޑިންގީއެއް ބަލައި ފާސްކުރުމުގެ ތެރެއިން ގެއަކުން ބާރުގަދަ ގޮވުންތަކަށް ބޭނުންކުރާ ހައި އެކްސްޕޯލިސްވް ކެމިކަލް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ އޮޕަރޭޝަނުގައި އައްޑޫއިން ފުލުހުން ހޯދި ބާރުގަދަ ގޮވާތަކެއްޗަކީ ރާއްޖެއިން ބޭރުން އެތެރެކުރި ތަކެތިތޯ ސުވާލުކުރުމުން ވިދާޅުވީ މައްސަލަ މިހާރުވެސް ތަހުގީގު ކުރަމުންދާތީ އިތުރު ތަފުސީލު ދެވެން ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox