ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ބައެއް ތަކެއްޗާއި ހަންތަކެއް އައްޑޫ ސިޓީ ހިތަދޫއިން އަތުލައިގެންފި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަތުލައިގެންފައިވަނީ 15 ހަމާއި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ އެހެނިހެން ތަކެއްޗެވެ.
މި ތަކެތި ހޯދާފައި ވަނީ ހިތަދޫގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ. ހިތަދޫ ފަޅު ގެއެއް ތެރެއިން އެ ތަކެތި ފެނިފައި ވާއިރު، މި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.












