ހުލާސާކޮށް އިއްޔެ: މަސްވެރިންގެ ކަންބޮޑުވުންތައް ރައީސްއާ ހަމައަށް

ހުލާސާކޮށް އިއްޔެ: މަސްވެރިންގެ ކަންބޮޑުވުންތައް ރައީސްއާ ހަމައަށް

ރާއްޖޭން ޔޫރަޕަށާއި އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ އުފެއްދުންތަކުން މިހާރު ނަގާ ޑިއުޓީއަށް ލުއި ހޯދުމަށް ސަރުކާރުން ގިނަ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށާއި، ކައިރި މުސްތަގުބަލެއްގައި އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ގދ. ފަރެސްމާތޮޑާގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބަނާ މަހަށް ހަމަ އަގު ނުލިބޭ ކަމުގެ ޝަކުވާ މަސްވެރިން ތަކުރާރުކޮށް ކުރަމުން އަންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިފްކޯއަށް މިހާރު މަސް މި ގަންނަނީ ކިލޯއެއް 17ރ. ރޭޓުން ނަމަވެސް، ބޭރުގެ ބާޒާރުތަކުގައި ރާއްޖޭގެ ރޯމަސް ވިއްކަން މި ޖެހެނީ މިއަށް ވުރެ އަގު ހެޔޮކޮށެވެ.

"މިދެންނެވި ރޭޓުން ގަނެގެން އެއަށް ވުރެ ކުޑަ އަގެއްގައި ވިއްކަން ޖެހުމުން، މިފްކޯއަށް އެތައް ރުފިޔާގެ ގެއްލުން އެބަވޭ. އެ ގެއްލުން މި ފޫބައްދަނީ، ސަރުކާރުން މިފްކޯއަށް ފައިސާ ދީގެން،" ރައީސް ފާހަގަކުރެއްވި އެވެ.

މިއީ ވިޔަފާރު އުސޫލުން ބަލާނަމަ ދެމެހެއްޓެނިވި ކަމަކަށް ނުވާނެ ކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު މިރޭ ވެސް ވަނީ މަހުގެ އުފެއްދުންތަކަށް ވެލިއު އެޑްކޮށްގެން ލިބޭ ނަފާ އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން، ރާއްޖޭގެ މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ އެންމެ ބޮޑު މާކެޓްތަކުގެ ތެރޭގައި ޔޫރަޕުގެ ގައުމުތަކާއި އިނގިރޭސިވިލާތް ހިމެނޭއިރު އެ ހުރިހާ ގައުމަކުން 24 ޕަސަންޓުގެ ބޮޑު ޑިޔުޓީއެއް ނަގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނަމަވެސް، އެކަމަށް ލުއި ލިބޭނެ ގޮތެއް ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން މިއަންނަނީ އިނގިރޭސިވިލާތާއި އީޔޫއާ އެކުގައި މިކަމާ މެދު މަޝްވަރާ ކުރަމުން. މިކަމަށް މާ ދުރު ނޫން މުސްތަގުބަލެއްގައި ހައްލެއް ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު،" އެމަނިކުފާނު ހާމަކުރެއްވި އެވެ.

އެ ކަމެއް ހައްލެއް ލިބުމުން، ދިވެހި މަސްވެރިން ބަނާ މަހަށް ހަމަ އަގު ލިބިގެންދާނެ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ފިރިމީހާގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ އިއްޔެ އެވެ.

ފޮޓޯތަކެއް ލީކުކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައިގެން އަންހެނަކު ރޭޕް ކުރި ފިރިހެނަކު 20 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އިއްޔެ އެވެ.

ފުޅާދާއިރާއެއްގައި ސުޕަމާކެޓުގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުރަތަމަ ފެށި ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނި، ބްރައިޓު ބުރަދާސް އިން ހިންގާ އަގޯރާގެ އެންމެ ބޮޑު ދެ ފިހާރަ ބަންދު ކުރަން ނިންފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މަސްވެރިންނަށް ތެޔޮ ލިބުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:

އަޅުގަނޑުމެންގެ ވިސްނުމަކީ ތިޔަބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް ތިޔަބޭފުޅުން ބޭނުންވާ ގޮތަށް ޑިސްކައުންޓު ރޭޓުގައި އެސްޓީއޯއީން ތެޔޮ ހަމަޖައްސައިދިނުން. އަޅުގަނޑު ޔަގީންކޮށް ތިބޭފުޅުންނަށް ކުރިމަތިވެފައިމިވާ ދަތި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހައްލު ކޮށްދޭނެ ކަމުގެ ޔަގީންކަން.

ދުވަހުގެ ފޮޓޯ

ސސސ
ސސސ

މަސްވެރިން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ފަރެސްމާތޮޑާގައި ބޭއްވި ކާބޯތަކެތޯގެ މައުރަޒުގައި ބަހައްޓާފައި ހުރި ރިހާކުރު ފުޅިއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox