ސީއެންއެން އިން އާންމުކުރާ "ދި މޮސްޓު ވެލްކަމިން ކަންޓްރީ - 2022" ނުވަތަ ދަތުރުކުރަން އެންމެ ފަސޭހަ ގައުމުތަކުގެ ތެރެެއިން އެއް ވަނަ ރާއްޖެއަށް ލިބިއްޖެ އެވެ.
ސީއެންއެން އިން އާންމުކޮށްފައިވާ ލިސްޓުގައި ރާއްޖެ ހިމެނޭހެން ޖުމްލަ 24 ގައުމެއް އެ ލިސްޓުގެ އެއްވަނާގައި ވަނީ ހިމަނާފަ އެވެ. އެ ލިސްޓުގައި ހިމެނުމަށް ބަލާ ކަންކަމުގެ ތެރޭގައި އޮން އެރައިވަލް ވިސާ ދޫކުރާ ގައުމުތައް ގިނަ ގައުމުތަކާއި ވިސާ ފްރީ ގައުމުތައް ގިނަ ގައުމުތަކާއި އަދި ފަތުރުވެރިންނަށް ރައްކާތެރި ގައުމުތައް ހިމެނެ އެވެ.
އެ ލިސްޓުގެ އެއްވަނާގައި ރާއްޖޭގެ އިތުރުން ދެން ހިމެނިފައިވާ ގައުމުތަކުގެ ތެރޭގައި އެންގޯލާ، މަލާވީ، ގަތަރު، ނައިޖީރިއާ، ސައުތު ސޫދާން، ކޮންގޯ، ފަދަ ގައުމުތައް ހިމެނެއެވެ.
ފަތުރުވެރިންނަށް ދަތުރުކުރަން އެންމެ ފަސޭހަ ލިސްޓުގެ އެންމެ ފުލުގައި އޮތީ މިޔަންމާ އާއި ކެމެރޫން އެވެ. ރާއްޖެއިންވެސް ގިނަ ބަޔަކު ދަތުރުކުރާ މެލޭޝިއާ އޮތީ މި ލިސްޓުގެ ހަތަރުވަނާގަ އެވެ.
ފަތުރުވެރިންނަށް އެންމެ ދަތުރުކުރަން އުނދަގޫ ލިސްޓުގައި ހިމެނެނީ ނޯތު ކޮރެއާ، ތުރުކިމިނިސްތާން އަދި އަފްގާނިސްތާނެވެ.

ރާއްޖެއަކީ ފަތުރުވެރިންގެ މެދުގާ މަގުބޫލު ގައުމަކަށްވާއިރު، ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރާ އަދި، ވިސާ ފްރީވެސް ގިނަ ގައުމުތަކެއް ހުރެއެވެ. ފަތުރުވެރިކަމުގެ ޝަރަފްވެރި އެތައް އެވޯޑެއް ކޮންމެ އަހަރަކު ރާއްޖެއަށް ލިބެއެވެ.












