އިމްރާން ހާން ޕާޓީގެ ލީޑަރުކަމުން ވަކިކުރަން މަސައްކަތް ފަށައިފި

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން. -- ފޮޓޯ: ނިއުސް24

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން. -- ފޮޓޯ: ނިއުސް24

ޕާކިސްތާން ތެހްރީކޭ އިންސާފް ޕާޓީ (ޕީޓީއައި) ގެ ލީޑަރުކަމުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން ވަކިކުރުމުގެ މަސައްކަތް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ.

އެ މަސައްކަަތް ފެށީ ބޭރުގެ އިއްޒަތްތެރިން ދައުލަތަށް ހަދިޔާ ކުރި ތަކެތި ބައްލަވައި ގަަނެ، އެ ތަފްސީލް އިލެކްޝަން ކޮމިޝަނާ ހިއްސާ ނުކުރައްވާ ކަމަށް ބުނާ މައްސަލައެއްގަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު އެ ކޮމިޝަނުން ބުނީ އިމްރާން ހާން "ކޮރަޕްޓް އަމަލުތައް" ހިންގެވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، 2018 ވަނަ އެމަނިކުފާނު ވޯޓު މެދުވެރިކޮށް ހޯއްދެވި ޕާލަމެންޓު ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި އެވެ.

Advertisement

އިމްރާން ހާނަށް ފޮނުއްވި ނޯޓިސްއެއްގައި ބުނީ އެ މައްސަލައިގެ އަޑުއެހުމެއް ޑިސެމްބަރު 13 ގައި އޮންނާނެ ކަމަށެވެ. ޕީޓީއައިއިން ބުނީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއަކީ އިންތިހާބުތަކުގެ ކަންކަން ބެލެހެއްޓުން ކަމަށާއި ސިޔާސީ ޕާޓީއެއްގެ ވެރިޔަކު މަގާމުން ވަކިކުރުމުގެ ބާރު އެ ކޮމިޝަނަށް ނޯންނާނެ ކަމަށެވެ.

އޭގެ އިތުރުން ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް ދިމާވެވަޑައިގެންނެވި ގޮތް އިމްރާން ހާނަށް ކުރިމަތިވެވަޑައިނުގަންނަވާނެ ކަމަށް އެ ޕާޓީއިން ބުންޏެވެ.

ނަވާޒް ޝަރީފް ބޮޑު ވަޒީރުކަމުން ވަކިކުރީ 2018 ވަނަ އަހަރު ސުޕްރީމް ކޯޓުންނެވެ. "އިހްލާސްތެރި ނޫން" ކަމަށް ކަނޑައަޅައި އެމަނިކުފާނު އެއްވެސް ޕާލަމެންޓް ގޮނޑިއަކަށް ވާދަކުރުން މަނާކުރި އެވެ. އޭގެ ފަހުން ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން) ގެ ލީޑަރުކަމުން ވެސް ވަކިކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެކުނު އެފްރިކާގައި 5 ހަށިގަނޑު ފެނުމުން ސީރިއަލް ކިލާއެއްގެ ބިރު

ދެކުނު އެފްރިކާގެ ކެމްޕްޓަން ޕާކް ސަރަހައްދުން ގެއްލިގެން ހޯދި އަންހެނަކާއެކު ޖުމްލަ ފަސް އަންހެނެއްގެ ހަށިގަނޑު އަނިޔާވެރި ގޮތަކަށް މަރާލާފައި ވަނިކޮށް ފެނުމުން، އެ ގައުމުގައި ބޮޑު ބިރުވެރިކަމެއް ވަނީ އުފެދިފައެވެ. މި މަރުތަކަކީ ސިލްސިލާ ގާތިލެއްގެ އަމަލުތަކެއް ކަމަށް ފުލުހުން އަދި ކަށަވަރު ނުކޮށްދިން ނަމަވެސް، އެކަނި ބޭރަށް ނުދިއުމަށް އަންހެނުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން މިހާރު ވަނީ ހާއްސަ ޓާސްކް ފޯހެއް އެކުލަވާލާފައެވެ.

ޗައިނާ ރައްޔިތުން ބޭރަށް ދަތުރުކުރުމުގައި އިތުރު ހުރަސްތަކެއް

ޗައިނާގެ ގައުމީ ސަލާމަތާއި މަސްލަހަތަށް ގެއްލުންދޭ ކަމަށް ބެލެވޭ ރައްޔިތުންނާއި، ޓެކްނޮލޮޖީގެ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތައް ގައުމުން ބޭރަށް ދަތުރުކުރުން މަނާކުރެވޭ ގޮތަށް އާ އުސޫލުތަކަކަށް އަމަލުކުރަން ފަށައިފިއެވެ. ސަރުކާރުން މިއީ ގައުމުގެ ސަލާމަތަށް އެޅި ފިޔަވަޅެއް ކަމަށް ބުންޏަސް، ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ ރައްޔިތުންގެ މައްޗަށް އޮންނަ ކޮންޓްރޯލް ވަރުގަދަކުރުމަށް ކުރާ ކަމެއް ކަމަށެވެ.

ވަރުގަދަ ހަމަލާތަކާއެކު ސައުދީ ނުރައްކަލުގެ އެލާޓަށް

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ އަސްކަރީ މަރުކަޒުތަކަށާއި ތެޔޮ ހޮޅިތަކަށް ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެން، އެ ގައުމުގެ ދެކުނުގެ ސިޓީތަކުގައި ކުއްލި ނުރައްކަލުގެ އެލާޓް ނެރެފިއެވެ. މި ހަމަލާތަކުގެ ސަބަބުން ސައުދީގެ ތެޔޮ އެކްސްޕޯޓަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، މެދުއިރުމަތީގެ މަސްރަހު ގޯސްވެ އީރާނާއެކު ބޭއްވުމަށް ހަމަޖެހިފައި އޮތް މަޝްވަރާތައް ވެސް ވަނީ ފަސްކޮށްފައެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އީރާނުން ޗައިނާ މެދުވެރިކޮށް ޖާސޫސްކުރުމުން ސަމާލުކަމެއް ނުދެއްވި

އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ހަމަލާދިނުމުގެ ކުރިން، ޗައިނާގެ ކުންފުނިތަކެއް މެދުވެރިކޮށް ޖާސޫސީ މައުލޫމާތު ހޯދި ކަމަށް ބުނާ ރިޕޯޓުތަކަށް ރައީސް ޓްރަމްޕް މާބޮޑު ސަމާލުކަމެއް ނުދެއްވައެވެ. ޓްރަމްޕް ވިދާޅުވީ ދެ ގައުމުން ވެސް އެއް ގައުމު އަނެއް ގައުމަށް ޖާސޫސްކުރާ ކަމަށާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު އޮތް ގާތް ގުޅުމަށް އިތުބާރު ކުރައްވާ ކަމަށެވެ.

މަރުގެ މައްސަލައިން މެލޭޝިއާގެ ފިރިހެން ކުއްޖާ ސަލާމަތްވެއްޖެ

މެލޭޝިއާގެ ސްކޫލެއްގެ އަންހެން ދަރިވަރަކު މަރާލި ކަމުގެ ތުހުމަތު ކުރެވުނު ފިރިހެން ކުއްޖާ، އެ ހާދިސާ ހިނގި ވަގުތު ހުރީ ނަފްސާނީ ބަލިކަށި ހާލަތެއްގައި ކަމަށް ފަނޑިޔާރު ކަނޑައެޅުއްވުމުން އޭނާ ސަލާމަތްވެއްޖެއެވެ. ޝިޒޮފްރީނިއާ ބަލި ހުންނަ މި ކުއްޖާގެ މައްސަލައާ ގުޅިގެން، ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ބޮޑެތި ބަހުސްތަކެއް އުފެދި، އެފަދަ ވަސީލަތްތައް ބޭނުންކުރުން ހަނިކުރުމަށް މެލޭޝިއާ ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

ބޯޓު ފެނަށް ތިރިކުރުމުން މެމްބަރަކު ފަތާފައި ސަލާމަތްވެއްޖެ

އެމެރިކާގެ ކޮންގްރެސް މެންބަރު ޓޮމް ޓިފަނީ ދަތުރުކުރެއްވި ކުޑަ ބޯޓެއްގެ އިންޖީނު ހުއްޓިގެން ކުއްލި ހާލަތުގައި ފެންގަނޑަކަށް ޖައްސަން ޖެހުމުން، އޭނާއާއި ޕައިލެޓް ފަތާފައި ގޮސް ސަލާމަތްވެއްޖެއެވެ. މި ހާދިސާގައި ޓިފަނީއަށް ކުދި އަނިޔާތަކެއް ލިބިފައިވާއިރު، ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ބޯޓަށް ދިމާވި މެކޭނިކަލް މައްސަލަ ތަހުގީގު ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox