ހުލާސާކޮށް އިއްޔެ: ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ ގޮތަށް އޮތް ބިލު ތަސްދީގުނުކުރަން ގޮވާލުން

ހުލާސާކޮށް އިއްޔެ: ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ ގޮތަށް އޮތް ބިލު ތަސްދީގުނުކުރަން ގޮވާލުން

އެންވައިރަމެންޓް މިނިސްޓްރީން ހުއްދަ ނަގައިގެން ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތް ހަދައި ކުނި މެނޭޖުކުރުމުގެ ގާނޫނު ފާސްކުރުމުން ތިމާވެއްޓާ ގުޅޭ ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކުރީ އިއްޔެ އެވެ.

ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ސޭވް މޯލްޑިވްސް ކެމްޕެއިނުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭހެން 17 ޖަމިއްޔާއަކުން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއީ ސީރިއަސް ގައުމީ މައްސަލަތަކެއް ހިމެނޭ ބިލެއް ނަމަވެސް، ބިލު މަޖިލީހުގައި އޮތް ހަ މަސް ދުވަހުގެ ތެރޭގައި ތިމާވެއްޓާ ގުޅޭ އެއްވެސް ޖަމިއްޔާއެއްގެ ހިޔާލާއި މަޝްވަރާ ހޯދާފައި ނުވާ ކަމަށެވެ.

މި ގާނޫނުގެ ސަބަބުން ކުނި މެނޭޖުކުރުމަށް ރަނގަޅު ނިޒާމެއް ފަހިވެގެން ދިޔަނަމަވެސް، ކޮމިޓީ މަރުހަލާގެ ފަހު ވަގުތުގައި ކުނި އެތެރެ ކުރެވޭ ގޮތަށް ގެނައި އިސްލާހާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅިއިރު އޮތީ ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުނި އެތެރެނުކުރެވޭ ގޮތަށް ހިމަނާފަ އެވެ. މިއީ ޒީރޯ ވޭސްޓު މޯލްޑިވްސް ޖަމިއްޔާގެ ލަފާގެ މަތިން ބިލުގައި ހިމެނި މާއްދާއެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ސަރުކާރުން މިހާރު ފަށާފައިވާ 'ވޭސްޓު ޓު އެނާޖީ' ޕްރޮގްރާމަކީ ޓެކްނިކަލް ގޮތުން ވެސް އަދި މާލީ ގޮތުން ވެސް ރާއްޖެއަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ މަޝްރޫއެކެވެ.

"މި މައްސަލައިގައި މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާނެ ރާއްޖެއިން ބޭރުގެ އިންސިނެރޭޓަރު އޮޕަރޭޓަކޮށް ރާއްޖެއަށް ކުނި އެތެރެކުރުމަށް ލޫޕްހޯލްތަކެއް ލިބިދާނެ ކަމަށް،" ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް، އެކަން އެގޮތަށް ނުހިނގާނެ ކަމުގެ ޔަގީންކަން އެންވައިރަމެންޓް މިނިސްޓްރީން ދީފައިވަނިކޮށް، އެ މަޝްރޫއަށް ބޭނުން ޖެހިދާނެ ކަމަށް ބަލައި ކުނި އެތެރެކުރުމުގެ ހުއްދަ ދިނުމަކީ އެކަން އެގޮތަށް ވާނެ ކަމުގެ ޔަގީން ކަން މިނިސްޓްރީއަށް ވެސް ނެތުން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ކަންބޮޑުވުން ފާޅުކޮށް ޖަމިއްޔާތަކުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތިން ކަމަކަށް ގޮވާލާފަ އެވެ. އެއީ:

  • ކުނި މެނޭޖުކުރުމުގެ ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުން
  • ޖަމިއްުޔާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ފުޅާ ދާއިރާއެއްގައި އާންމުންގެ މެދުގައި މަޝްވަރާކޮށް ހައްލެއް ހޯދުމަށް
  • ބޭރުގެ ކޮންޓްރެކްޓަރުންނާއި ކުންފުނިތަކުން ކުނި އުކާލަން ގެންގުޅޭ ތަނަކަށް ރާއްޖެ ނުހެދުމަށް ހަދަން ޖެހޭ ހުރިހާ ގަވައިދެއް ހެދުމަށް

ދިވެހި ޖަމިއްޔާތަކުގެ އިތުރުން ބައިނަލްއަގްވާމީ ބައެއް ޖަމިއްޔާތަކުން ވެސް ވަނީ މަޖިލީހުގެ މި ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކުނި އެތެރެކުރުމުގެ ހުއްދަ ދޭން ނިންމީ ދުނިޔޭގައި ގިނަ ގައުމުތަކަށް ކުންޏަކީ މިހާރު ވެސް ބޭނުންތެރި އެއްޗަކަށް ވެފައި، އޭގެއިން ހަކަތަ އުފެއްދޭނެކަން ވެސް ސާބިތުވާތީ އެވެ.

އަދި، ރާއްޖެއިން ވެސް އެކަމަށް ޕްލޭންތަކެއް ގެންގުޅޭއިރު، ރާއްޖެއިން އެފަދަ ބޭނުމަކަށް ބޭނުންވާ ކުނި ލިބުން ދަތިވެއްޖެ ހާލަތެއްގައި އެ ހުއްދަ އޮތުމަކީ މުހިންމު ކަމެއް ކަމަށް ކޮމިޓީން ދެކޭ ކަމަށް ބުނެފައިވެ އެވެ.

މި ބިލަށް އަމަލު ކުރަން ފަށާނީ ބިލު ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމުންނެވެ. އަދި، ކުނި އެތެރެކުރަން ހުއްދަ ކުރުމުގެ ގަވައިދު އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ހަދައި އާންމު ކުރަން ޖެހޭނެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފުލުހުން ހިންގި ހާއްސަ ޑްރަގު އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ ކޮށްފައިވާ ގދ. ހޯނޑެއްދޫ، އަލޯރާ، އަހުމަދު މުޖާހިދުގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހައި ކޯޓުން ހުކުމްކުރީ އިއްޔެ އެވެ.
  • އެޗްޑީސީގެ މިލްކިއްޔާތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތިލަފުށީގެ ފަޅުތެރޭގައި ގިނަ ދުވަސްވެ ނުނަގާ ހުރި އުޅަނދުފަހަރުތަކާއި ފެތިގެން ގޮސްފައި ހުރި އުޅަނދުފަހަރުތައް އެ ތަނުން ނަގައި ފަޅު ހުސްކުރުމަށް ކޯޓުގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމްކުރީ އިއްޔެ އެވެ.
  • ރާއްޖޭގައި އިތުރު ހަރަކާތް ހިންގުމުގެ ގޮތުން އަންނަ އަހަރު ޑްރޯން ބޭނުންކުރަން ހުއްދަ ދޭން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ބައިނަލްއަގްވާމީ ސިވިލް އޭވިއޭޝަން ދުވަހާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އިއްޔެ ވިދާޅުވީ

މި ރޮނގުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް 2019 ވަނަ އަހަރު އަޅުގަނޑުމެން ވާނީ "އޭވިއޭޓާސް ނެކްސްޓް ޖެން" ގެ ނަމުގައި ސްކޮލާޝިޕް ސްކީމެއް ތައާރަފްކޮށްފައި. އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން ބޭނުންވަނީ ސްކޮލާޝިޕްތަކުގެ ދަށުން ކިޔެވި ފަރާތްތައް މިހާރު އޮތޯރިތީއަށް ހިދުމަތްކުރަން ފަށާފައިވާކަން.

ދުވަހުގެ ފޮޓޯ

ސިނަމާލެ ބްރިޖާއި ހުޅުމާލެއާ ދެމެދު އޮންނަ ހައިވޭގައި ސަރުކާރުން ގާއިމްކުރަމުން އަންނަ ސޯލާ ޕެނަލް ނިޒާމުގެ މަސައްކަތް ފެށުން. ސޯލާ ޕެނަލްތަކުގެ މަސައްކަތް ނިމުމުން ދައުލަތުން ތެލަށް ކުރާ ހޭދައިން ކޮންމެ އަހަރަކު 20 މިލިއަން ސަލާމަތްކުރެވޭނެ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ސިނަމާލެ ބްރިޖާއި ހުޅުމާލެއާ ދެމެދު އޮންނަ ހައިވޭގައި ސަރުކާރުން ގާއިމްކުރަމުން އަންނަ ސޯލާ ޕެނަލް ނިޒާމުގެ މަސައްކަތް ފެށުން. ސޯލާ ޕެނަލްތަކުގެ މަސައްކަތް ނިމުމުން ދައުލަތުން ތެލަށް ކުރާ ހޭދައިން ކޮންމެ އަހަރަކު 20 މިލިއަން ސަލާމަތްކުރެވޭނެ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ސިނަމާލެ ބްރިޖާއި ހުޅުމާލެއާ ދެމެދު އޮންނަ ހައިވޭގައި ސަރުކާރުން ގާއިމްކުރަމުން އަންނަ ސޯލާ ޕެނަލް ނިޒާމުގެ މަސައްކަތް ފެށުން. ސޯލާ ޕެނަލްތަކުގެ މަސައްކަތް ނިމުމުން ދައުލަތުން ތެލަށް ކުރާ ހޭދައިން ކޮންމެ އަހަރަކު 20 މިލިއަން ސަލާމަތްކުރެވޭނެ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox