ދިވެހިރާއްޖޭގެ "އެހާރުގެ ބައެއް ހަނދާން" އަބްސީގެ ގަލަމުން ފޮތަކަށް

އައްބާސް އިބްރާހިމް 'ދިވެހިރާއްޖޭގެ އެހާރުގެ ހަނދާން' ނެރެދެއްވަނީ -- ފޮޓޯ: އަވަސް

އައްބާސް އިބްރާހިމް 'ދިވެހިރާއްޖޭގެ އެހާރުގެ ހަނދާން' ނެރެދެއްވަނީ -- ފޮޓޯ: އަވަސް

ވިޔަފާރިއަށް އައިސްފައިވާ ބަދަލުތަކާއި ތަރައްގީގެ ބިންގާ އެޅި، އެކަން ފެށިގެންދިޔަ ދުވަސްވަރުގެ "ދިވެހިރާއްޖޭގެ އެހާރުގެ ބައެއް ހަނދާން" ތައް ނިޝާން އިއްޒަތުގެ ވެރިޔާ، އަބްދުއްރަޝީދު ހުސެއިން (އަބްސީ) ގެ ގަލަންކޮޅުން ލިޔުއްވައި ނެރެދެއްވައިފި އެވެ.

އެކަމަށް ހާއްސަކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ލިޔުންތެރިންގެ ގުޅުމުގެ ރައީސް އަދި ނިޝާން އިއްޒުއްދީންގެ ވެރިޔާ އައްބާސް އިބްރާހިމް އެވެ.

ލިޔުންތެރިންގެ ގުޅުމުން ބުނީ މި ފޮތަކީ ތާރީހަށް ލޯބިކުރާ ފަރާތްތަކާއި ކިޔަވާ ކުދީންނަށް ވަރަށް މުހިންމު ފޮތަކަށް ވާނެ ކަމަށެވެ. މި ފޮތުގައި ސާކު ސަރަހައްދުގެ ތާރީހާއި ރާއްޖޭގައި އެކި ދުވަސްވަރު ހިނގާފައިވާ ކަންކަމުގެ އިތުރުން 19 ވަނަ ގަރުނުގައި އެކިފަހަރުމަތީން ރާއްޖެ ޒިޔާރަތް ކުރި މީހުން ލިޔެފައިވާ ލިޔުންތަކާ ހަވާލާދީ އަގުހުރި މައުލޫމާތުތަކެއް ހިމަނުއްވާފައިވެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވީ ތަޖުރިބާ ހުރި ކޮންމެ ލިޔުންތެރިއަކު ވެސް ރާއްޖެއާ ގުޅޭގޮތުން އެ ބޭފުޅެއްގެ ހުރި ދުރު ހަނދާންތައް ލިޔުއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިހާރުގެ ޒުވާނުންނަށް ދިވެހިންނަކީ ކޮން ބައެއްކަމާއި ކިހިނެއް އުޅުނު ބައެއްކަން އެނގޭނީ އޭރުން ކަމަށެވެ.

އޭގެއިތުރުން އޭނާ ވިދާޅުވީ މި ފޮތް ލިޔުއްވި އަބްދުއްރަޝީދަކީ ރާއްޖޭގައި ކަންކަން ރޭވި ހިންގަން ފެށުނު ދުވަސްވަރު އެ މަންޒަރު ވަރަށް ގާތުން ދެކި ތަޖުރިބާ ކުރެއްވި ބޭފުޅެއްކަމަށާއި މި ފޮތުގައި އެ ހަނދާންތައް ވަރަށް ފުރިހަމައަށް ގެނެސްދެއްވާފައިވާ ކަމަށެވެ.

އަބްދުއްރަޝީދު ހުސެއިންއަކީ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރަށް ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭގެެެއިތުރުން އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ އާންމު ހިދުމަތުގެ އިނާމު 2006 ވަނަ އަހަރު އެ މަނިކުފާނަށް ލިބިފައިވެ އެވެ. ނިޝާން އިއްޒުންދީންގެ ލަގަބު އެ މަނިކުފާނަށް އަރުވާފައިވަނީ 2013 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox