ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ހަދިޔާއެއް ބަލައިގަތް ކަމަށް ތުހުމަތުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެެސްސީ) އިން ބަލަމުންދާ މައްސަލައިގެ ތަފްސީލު ހޯދުމަށް އެ ކޮމިޝަނުން ކުރެއްވި މަސައްކަތްތަކަށް އޭނާ ގަސްތުގައި އިޖާބަ ދެއްވާފައި ނުވާ ކަމަށް ބުނީ އިއްޔެ އެވެ.
އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ޝަކުވާއަކީ ފަނޑިޔާރު މަހާޒު ބެންޗުގައި ހިމެނޭ ގޮތުން ސުޕްރީމް ކޯޓުން ބެއްލެވި ގަޒައްޔާއެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވުމުން އެ ކަމުގެ އުފަލުގައި އެ ގަޒިއްޔާގައި ހިމެނޭ ޚަސްމެއްގެ ސަޕޯޓަރަކު ފޮނުވި ޖާފަތަކާ ހަވާލުވެ ފަރީއްކުޅުވައި އެ އުފަލުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް "ބުނާ މައްސަލައެއް ކަމަށް" ޖޭއެސްސީން އިއްޔެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި މައްސަލަ ހުށަހަޅާފައިވަނީ ކުރީގެ ރައީސް އަބްދުالله ޔާމީން ޖަލު އަދަބުން މިނިވަންވި ހުކުމް އިއްވުމަށްފަހު ސުޕްރީމް ކޯޓުގައި ބޭއްވި މެންދުރުގެ ފަރިއްކޮޅަކާ ގުޅިގެންނެވެ. އެ މައްސަލާގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒެވެ.
"މި ޝަކުވާއާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން ވެސް އެ ދުވަހުގައި ފަރީއްކޮޅެއް އޮތްކަމަށް ވިދާޅުވުން ފިޔަވައި، އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮށްދެއްވުމަށް ތަކުރާރުކޮށް އިއުތިރާޒުކުރެއްވީ އެވެ. ފަރީއްކޮޅު އިންތިޒާމުވި ގޮތާއި އެކަމަށް ހަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ގަސްތުގައި އިޖާބަދެއްވާފައި ނުވެއެވެ،" ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި، އެއިރު އެ މައުލޫމާތު މަހާޒު ހާމަނުކުރެއްވީ އެވަގުތު އެމައުލޫމާތާއި ލިޔެކިޔުން ފަނޑިޔާރު އަތްޕުޅުގައި އޮވެމެކަން ނުވަތަ ނޫންކަން އިތުރަށް ސާފުވާނީ ކުރިއަށްގެންދާ ތަހުގީގަށް ފަހު ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އެ ތަހުގީގުގެ ތެރެއިން މަހާޒު މަސައްކަތް ކުރައްވާ ސެކްޝަނުގެ ބައެއް މުވައްޒަފުންނާ ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށް ޖޭއެސްސީން ހާމަކޮށްފައިވެ އެވެ.
"މި ސާފުކުރެވުނު މައުލޫމާތުން މި ފަރީއްކޮޅާމެދު ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބާރުދޭ ބައެއް ކަންކަން ހާމަވެފައި ވާތީ އާއި މި ފަދަ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަކީ ހުރިހާ ގޮތަކުން ވެސް ބޭނުންތެރި ކަމެއްކަމަށް ފެންނާތީ މި މައްސަލަ ތަހުގީގުކުރަން މި ކޮމިޝަނުން ނިންމީ" ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ މައްސަލާގައި ޖޭއެސްސީއާ މައުލޫމާތު ހިއްސާނުކޮށް މީޑިއާ މެދުވެރިކޮށް މަހާޒު މައުލޫމާތު ހިއްސާކުރުމުން ޖޭއެސްސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މުޅި ޖުޑިޝަރީ ނަމޫނާއަކަށް ބަލާ ބޭފުޅުންކަމަށްވީއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެންމެ މަތީ ދަރަޖައިގެ އަހުލާގީ މިންގަނޑު ނަގަހައްޓައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ދަމަހައްޓަވަންވާނޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
މަހާޒް އެދިވަޑައިގަތީ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށްގެންދަން
ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ދުވަހު މެންދުރުގެ ފަރިއްކޮޅު ގެންނެވީ މަހާޒްގެ އަމިއްލަ ހަރަދުގައި ކަމަށާއި އެއީ ރިސެސްއަށް ކޯޓު ދިޔުމުގެ ކުރިން ހުރިހާ ފަނޑިޔާރުންނާ ދިމާވާނެ ފަހު މަސައްކަތު ދުވަހަށް ވުމުން ކަމަށް އޭނާ ހާމަކުރެއްވި އެވެ.
"ކާއެއްޗެހި ގެނައީ އަމިއްކަ ހަރަދު ކޮށްފައި. ފައިސާ ދެއްކި ސްލިޕްވެސް އެބަ އޮތް. ހިލޭ ނުވަތަ ނުއަގުގައި ގެނައި އެއްޗެއްވެސް ނޫން. އަދި ވަކި ހާއްސަ އެއްޗެއް ގެނައީވެސް ނޫން. އަމިއްލައަށް އީޑަރު ދިނީމާ އޯޑަރު ދިންތަނުން ގުޅާނީ އަޅުގަނޑަށް ވާތީވެ އިދާރީ ކުއްޖަކަށް ކާ އެއްޗެހި ގެނެސްދޭނެ ފަރާތުގެ ނަމްބަރު ދިނިން،" އެ ތުހުމަތު ސާފުކޮށްދެއްވުމުން އޭނާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
އަދި، އެއީ ސިއްރިއްޔާތުގައި ކުރި ކަމެއް ނޫން ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، އެ މައްސަލައިގެ އަޑުއެހުންތައް "އާންމުކޮށް ހުޅުވާލައިގެން އިންސާފުން ގެންގޮސްދިނުމަށް" އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ހަމައެހެންމެ، މިއީ އާންމު އުސޫލެއްގެ ގޮތުން ވެސް މެންދުރުގެ ފަރިއްކޮޅު ވެސް ކުރިއަށްގެންދާ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުތައް ފުއްދަވަން މަސައްކަތް ނުކުރައްވާ ކަމަށާއި މަސައްކަތް ކުރައްވަނީ ބާރުތައް ޖަމާކުރެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެވެ.
- ދިވެހިރާއްޖޭގައި ގޮއްވަން އުޅުނު އެންމެ ބޮޑު ބޮން ހުއްޓުވުމަށް ފުލުހުން ހިންގި އޮޕަރޭޝަން ނިންމައި ތަހުގީގު ފަށައިފި ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ.
- ޖާ އިންވެސްޓްމެންޓްސް އާއި އެ ކުންފުނީގެ ދަށުން ހިންގާ ޖައުސާ ކޮންސްޓްރަކްޝަންގެ ބިދޭސީ 44 މުވައްޒަަފަކަށް މުސާރަ ނުދޭތާ ގިނަ ދުވަސްވެ، އެމީހުން ހާލުގައި ޖެހުމުން މައްސަލަ ހައްލުކޮށްދިނުމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ސަރުކާރުގައި އެދުނުކަން ރިޕޯޓުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ މެދު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ:
އަޅުގަނޑަކަށް ނުފެނޭ ވައުދުތައް ފުދިފައިވާ ކަަމަކަށް، ވައުދުތަކަކީ މި ދެންނެވިހެން އެޔެއް މިޔެއް ބަލާނުލައި ކުޑަ ރަށެއް ބޮޑު ރަށެއް ބަލާނުލައި ކަންކަން ކުރައްވަމުން ދިއުމެއް ނޫން، މި މެނިފެސްޓޯގައި އަޅުގަނޑުމެން ވެފައި އެބަހުރި ވަރަށް ހާއްސަ ކަންކަމެއް، ވަކި އިރެއްގައި ވަކި ގޮތަކަށް ކުރާނެ ކަންތައްތަކެއް،
ދުވަހުގެ ފޮޓޯ

އެސްޓީއޯގެ "އެކުލަ މިކުލަ" ޕްރޮމޯޝަންގައި ނިޕޯންގެ ކޮންމެ އުފެއްދުމަކުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ. އަދި، ނިޕޯންގެ އުފެއްްދުމެއް ގަނެގެން ކުރާ ކޮންމެ ވިޔަފާރިއަކަށް 10 ޕަސެންޓުގެ ޑިސްކައުންޓް ކޫޕަނެއް ވެސް ލިބޭނެ،.އެ ކޫޕަން ދެން ކުރާ ވިޔަފާރި އަކަށް ބޭނުން ކުރެވޭނެ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު












