ހުލާސާކޮށް އިއްޔެ: ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިބްރާހިމް މަނިކު އަވަހާރަވުން

ހުލާސާކޮށް އިއްޔެ: ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިބްރާހިމް މަނިކު އަވަހާރަވުން

ދިވެހި ސަރުކާރަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވީ އިއްޔެ އެވެ.

އޭނާ އަވަހާރަވީ އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން މިއަދުގެ ވަގުތެއްގައި ކަމަށްވެ އެވެ.

އެންމެ ފަހުން ބޭއްވި ބްރޯޑްކާސްޓިން އެވޯޑް ހަފުލާގައި ލައިފް ޓައިމް އެޗީވާސް އެވޯޑު ހާސިލް ކުރެއްވި އިބްރާހިމް މަނިކު ވަނީ 1976 އަހަރުން ފެށިގެން 30 އަހަރު ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގެ ދާއިރާގައި މަސައްކަތް ކުރައްވައިފަ އެވެ.

އެގޮތުން، 1980 ވަނަ އަހަރުން ފެށިގެން 1989 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ އަޑުގެ ޑެޕިއުޓީ ޑިރެކްޓަރު ކަމާއި ޑިރެކްޓަރު ކަން ކުރައްވާފައިވެ އެވެ. އަދި، އޭގެ ފަހުން 1993 ވަނަ އަހަރާ ހަމައަށް ދައުލަތުގެ ޓީވީއާއި ރޭޑިއޯގެ އިސްވެރިޔާކަމުގެ މަގާމު އަދާކުރެއްވި އެވެ.

އޭގެ ފަހުން އެ ބޭފުޅާ ވަނީ ސަރުކާރުގެ އިސް އެކިއެކި މަގާމުތައް ފުރުއްވާފަ އެވެ. އިބްރާހިމް މަނިކު ސަރުކާރަށް ފުރުއްވި މަގާމުތައް:

  • މިނިސްޓާ އޮފް އިންފޮމޭޝަން އެންޑް ކަލްޗާ
  • މިނިސްޓާ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗާ
  • މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސް
  • ކޮމިއުނިޓީ އޯގަނަައިޒޭޝަން ޑިވެލޮޕްމަންޓް ކައުންސިލްގެ ޗެއާމަން

ވަޒީރު ފެންވަރުގައި 1993 ވަނަ އަހަރުން ފެށިގެން އިބްރާހިމް މަނިކު ވަނީ އެކިއެކި ވުޒާރާތަކުގައި 15 އަހަރު ހޭދަކުރައްވާފައިވެ އެވެ.

އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިލަދުންމަތީ އުތުރުބުރީގެ މެންބަރުކަން ވެސް 2000 ވަނަ އަހަރުން ފެށިގެން ދެ ފަސް އަހަރުގެ ދެ ދައުރެއްގައި ކުރައްވާފަ އެވެ.

އިބްރާހިމް މަނިކު ވަނީ މިއުޒިކާއި ލަވަކިޔުން ކުރިއެރުވުމުގެ ރޮނގުން 1996 ގައި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ހާސިލް ކުރައްވާފައިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީއަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ބަންދަށް 10 ދުވަސް ޖެހީ އިއްޔެ އެވެ.
  • ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން ފާސްކޮށް، ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވައިދު" ގެޒެޓްކުރަން ނުފޮނުވާ ބާއްވާފައި އޮތީ ގަވައިދާ ހިލާފަށް ކަމަށް ކޮމިޓީން ނިންމި ނަމަވެސް, އެކަމުގައި މިނިސްޓްރީން ދޫ ދިނުމެއް ނުގެންގުޅޭ ކަމަށް ބުނީ އިއްޔެ އެވެ.
  • އެންވައިރަމެންޓް މިނިސްޓްރީން ހުއްދަ ނަގައިގެން ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތް ހެދުމަށް ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނުގައި ހިމަނާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތާއެކު އެ ހޮސްޕިޓަލުގެ ހިދުމަތްތަކަށް އަންނާނެ ކުރިއެރުންތަކާ ގުޅޭގޮތުން އެ ހޮސްޕިޓަލުގެ މެނޭޖަރު އިބްރާހިމް ޒަޔާން އިއްޔެ "އަދަދު" އަށް ވިދާޅުވީ:

ހޮސްޕިޓަލަށް އަންނަ ކުރިއެރުމާއެކު އެންމެ ބޮޑު އުފަލަކީ، ކޮންމެ ކަމެއްގައި މާލެއަށް ދަތުރުކުރަން ނުޖެހި، ސަރަހައްދުގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް މި ހޮސްޕިޓަލުން ފޯރުކޮށްދެވުން

ދުވަހުގެ ފޮޓޯ

އެމްބީއޭ ބާސްކެޓް ޗެމްޕިއަންޝިޕްގައި ރޭ ޓްރެކްސް އާއި ރޯޔަލްސް ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން
އެމްބީއޭ ބާސްކެޓް ޗެމްޕިއަންޝިޕްގައި ރޭ ޓްރެކްސް އާއި ރޯޔަލްސް ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން

އެމްބީއޭ ބާސްކެޓް ޗެމްޕިއަންޝިޕްގައި ރޭ ޓްރެކްސް އާއި ރޯޔަލްސް ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox