ޝިމާޒަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު 10 ދުވަހަށް ބަންދުކޮށްފި

ޝިމާޒު: ހަމަލާ ދިން ކަމުގެ ތުހުމަތުގައި މީހަކު ވަނީ ހައްޔަރުކޮށްފައި

ޝިމާޒު: ހަމަލާ ދިން ކަމުގެ ތުހުމަތުގައި މީހަކު ވަނީ ހައްޔަރުކޮށްފައި

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީއަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

"އަދަދު"އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޭނާ ހައްޔަރުކުރީ މި މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން ހައްޔަރުކޮށްފައިވަނީ ހ. ހިޔާކޯޅި، އުމުރުން 21 އަހަރުގެ މުހައްމަދު ޝާވީ އެވެ.

ޝިމާޒު "އަދަދު" އަށް ވިދާޅުވި ގޮތުގައި އެ ހަމަލާ ދިނީ އެ ރޭ 9:30 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ސައިކަލަށް އެރި ވަގުތު އެވެ. ހަމަލާ ދިނީ އޭނާގެ ސައިކަލާ ޖެހިގެން ހުރި ސައިކަލްގެ މަތީގައި ތިބި ދެ ޒުވާނެކެވެ. ނަމަވެސް އެއީ ކޮންބައެއްކަން ޝިމާޒު އަށް ނޭނގެ އެވެ.

މީހެއްގެ ނަން ވިދާޅުނުވިޔަސް، ޝިމާޒު ތުހުމަތު ކުރައްވާ ގޮތުގައި އޭނާއަށް ދިން ހަމަލާތަކާއި މިނިސްޓްރީގެ މައްސަލަގަނޑާ ގުޅުމެއް އޮތުން އެކަށީގެންވެ އެވެ. އިޝާރާތް އެ ކުރެއްވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކާއި މަގާމުން ވަކިކުރަން ފޮނުވާފައިވާ ކަމަށް ބުނާ ސިޓީއާ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ކޮރަޕްޝަން މައްސަލަތަކެއްގެ ވާހަކަ ފެންމަތިވެފައި އޮއްވައި، ޝިމާޒު މަގާމުން ވަކިކޮށްދެއްވުމަށް ރައީސް އޮފީހުގައި މިނިސްޓަރު ނަހުލާ އެދިވަޑައިގެންފައިވާ ކަމަށް ދާދި ފަހުން ބައެއް މީޑިއާތަކުގައި ރިޕޯޓުކުރި އެވެ.

ނަމަވެސް ފޮނުއްވި ސިޓީގައި ޝިމާޒު ވަކިކުރައްވަން އެދިވަޑައިގެންފައި ނުވާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވަނީ ޝިމާޒަށް ދިން ހަމަލާ ކުށްވެރި ކުރާ ކަމަށް ވިދާޅުވެ ޓްވީޓު ވެސް ކުރައްވާފަ އެވެ. އެއަށް ފަހު ވިދާޅުވެފައި ވަނީ މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި ނުފޫޒު ފޯރުވަން މަސައްކަތްކޮށް، "މިކަމުގެ ތެރޭގައި އަޅުގަނޑުގެ އާއިލާ އަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ އަބުރު ކަތިލިމުގެ ހުތުރު އަމަލުތަކެއް،" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox