16 އަހަރުގެ ހައިކަލް އުފެއްދި ގޯ ކާޓަށް ސަމާލުކަން

ހައިކަލް އުފެއްދި ގޯކާޓު ދަނގެތީ ބަނދަރުމަތީގައި ދުއްވަނީ.

ހައިކަލް އުފެއްދި ގޯކާޓު ދަނގެތީ ބަނދަރުމަތީގައި ދުއްވަނީ.

އޭނާގެ އުމުރުން އެންމެ 16 އަހަރެވެ. އެއީ ގިނަ ކުދިންގެ ލޯ އަދި ދުނިޔެއަށް ހުޅުވޭ އުމުރެވެ. އެހެން ނަމަވެސް އދ. ދަނގެއްޗަށް އުފަން ހުސެއިން ހައިކަލް ހަސަންގެ ވާހަކަ ތަފާތެވެ.

"އެންމެ ކުޑައިރުވެސް ދޮންތަމެން ބުނާނެ [އަހަރެން] އުޅޭނެޔޭ ފާޑުފާޑުގެ އެއްޗެހި އިލޮށިކޮޅުކޮޅުން ހަދައިގެން، އަންނާނެޔޭ ޓޭޕު އަޅައިދޭށެ ކިޔާފައި، ޓޭޕު އަޅާ ދޭގޮތް ކަމުނުގޮސްފިއްޔާ އަލުން އަޅައިދޭށޭ ވެސް ބުނާނެޔޭ،" ކުޑައިރުގެ ވާހަކަތައް ހިއްސާ ކުރަމުން ހައިކަލްގެ ވާހަކަ ފެށި އެވެ.

ގިނަބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނީ މީސްމީޑިއާގައި އާންމުވި ވީޑިއޯއެއްގެ ސަބަބުންނެވެ. ވީޑިއޯއިން ފެންނަނީ ހައިކަލް އަމިއްލަ އަށް އީޖާދު ކުރި "ގޯ ކާޓް" އެއް ދުއްވާ މަންޒަރެވެ.

Advertisement

ގޯ ކާޓަކީ ކުޑަކުޑަ ކާރެއް ކަހަލަ އުޅަނދެކެވެ. ކާރެކޭ އެއްގޮތަށް އޭގައި ވެސް ހަތަރު ފުރޮޅު ހުންނައިރު ގޯ ކާޓަކީ މަތި ހިޔާނުކޮށް ހުންނަ، އެންމެ މީހަކު އަރައިގެން ދުއްވޭ ގޮތަށް ހަދާފައި ހުންނަ އެއްޗެކެވެ. ދުނިޔޭގެ އެކި ކަންކޮޅުގައި ގޯ ކާޓުގެ ރޭސްތައް ވެސް ބާއްވަ އެވެ. މިއީ މިފަދަ އުފެއްދުމެއް ދިވެހިރާއްޖޭގައި އުފެއްދި ފުރަތަމަ ފަހަރެވެ.

"ކާރު، ސައިކަލު އެއްޗެއްސަށް އިންޓަރެސްޓު ހުރޭ އަބަދުވެސް، ދުއްވާ އެއްޗެއް ހަދާނަމޭ ހިތަށް އަރާ ވަރަށް ކުރިން ފެށިގެން ވެސް، ދެން ކާރެއް ހެދޭނެ އެއްޗެހި އަތުޖެހޭ ހިސާބުގައި ހުރީމަ ކާރެއް ހަދަން ވިސްނީ،" ގޯ ކާޓު އުފެއްދުމުގެ ހިޔާލު އައި ގޮތް އޭނާ ކިޔައިދިނެވެ.

ހައިކަލް، އޭނާ އުފެއްދު ގޯކާޓްގައި. -- ފޮޓޯ: ދަނގެތީ ސްކޫލު
ހައިކަލް، އޭނާ އުފެއްދު ގޯކާޓްގައި. -- ފޮޓޯ: ދަނގެތީ ސްކޫލު

ހައިކަލް، އޭނާ އުފެއްދު ގޯކާޓްގައި. -- ފޮޓޯ: ދަނގެތީ ސްކޫލު

އެހެންނަމަވެސް މިއީ ހައިކަލްގެ ފުރަތަމަ އުފެއްދުމެއް ނޫނެވެ. އުމުރުން އެންމެ ނުވަ އަހަރުގައި އޭނާ ވަނީ އަމިއްލައަށް ރިމޯޓު ކޮންޓުރޯލް މަތިންދާ ބޯޓެއް ހަދައި އޭތި އުދުއްސާލައިފަ އެވެ.

"ފުރަތަމަ ހެދި އެތި އެހާ ސަކްސެސްފުލް އެއް ނޫން، އެކަމަކު އޭގެ ފަހުން [އުމުރުން] 12 އަހަރުގައި ހެދި މަތިންދާ ބޯޓު ވަރަށް ކާމިޔާބު،" ޕީ-40 މަރުކާގެ މަތިންދާ ބޯޓު އަސްލަކަށް ބަލައިގެން އެންމެ ފުރަތަމަ ވުޖޫދު ކުރި އުފެއްދުމުގެ ވާހަކަ އޭނާ ހިއްސާ ކުރީ ފަހުރުވެރިކަމާ އެކު އެވެ.

މިހާރު އޭގެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ފެންނަން ނެތް ނަމަވެސް އެއީ އޭނާއަށް މިފަދަ ކަންކަން ކުރެވިދާނެކަމުގެ ޔަގީންކަން ލިބުނު ސަބަބެވެ. ހައިކަލް ބުނި ގޮތުގައި އަމިއްލައަށް ހުސް ވަގުތު ހޯދައިގެން މިފަހަރު އުފެއްދި ގޯ ކާޓަކީ އޭނާގެ އަމިއްލަ ޑިޒައިނަކަށް އުފައްދާފައިވާ ސައްތައިން ސައްތަ އަމިއްލަ އުފެއްދުމެއް ކަމަށެވެ.

"ގޯ ކާޓުގެ ޑިޒައިންތައް ބަލަންވެގެން އިންޓަނެޓު ސާޗު ކުރިން، އެކަމަކު ހިތްހަމަޖެހޭ ކަހަލަ ޑިޒައިނެއް ނުފެނުނު، އެހެންވެ އަމިއްލަ ގޮތަކަށް ހަދާފައި އޭނދީ،" ހައިކަލް ބުންޏެވެ.

"ދަނގެތީ ސްކޫލުގެ ގުރޭޑު 10 ގައި ތައުލީމު ހާސިލުކުރަމުން އަންނަ ހައިކަލް އުފަންވީ ވެސް އުފެއްދުންތެރި ކަމުގެ ހާއްޔެއްގެ ތެރެއަށެވެ. އޭނާގެ ބައްޕަ އަކީ އިންޖިނޭރެކެވެ. ބައްޕައާއި އެއްބަފާ ހުރިހާ ކުދިންނަކީ ވެސް ފަންނުވެރި ބައެކެވެ. ކާފައަކީ "ހުރިހާ މަސައްކަތެއް ވެސް ކުރަން ދަންނަ" މީހެކެވެ.

އެސްއެސް ހޮޅިއަކުން އޮނިގަނޑު ހަދައި، ބަރޯ ފުރޮޅު ހަރުކޮށްފައި ހުރި މި އީޖާދީ އުފެއްދުން އޭނާ ވުޖޫދުކުރުވީ ގާތްގަނޑަކަށް އެކަނި މައި އެކަނި، ތިން ވަރަކަށް ހަފުތާއިންނެވެ. ހަމައެކަނި އެހީތެރިކަމެއް ހޯދީ، ދަނގަޑުން އެއްޗެއް ލޭތު ކުރުމަށެވެ.

އޭނާ ބުނި ގޮތުގައި ގޯ ކާޓުގައި އިންޖީނު އަޅައި އެ ދުއްވޭނެ ގޮތް ހެދުމަށްޓަައި ބޭނުން ކުރީ ކުރީގެ ސައިކަލެއްގެ ގިޔަރު ބޮކްސް އެކެވެ. އެ ދޭތި ގުޅުވާލީ ޕުލީ އަކުންނެވެ. ޕުލީ އަކީ އިންޖީނުގެ ޝާފުޓު އެނބުރޭ ވަރަކަށް، އޭގެ ބާރުގައި ގިޔަރު ބޮކްސްއާ ގުޅޭ ބެލްޓު ހިންގައި ދިނުމަށްޓަކައި ޝާފުޓުގައި ހަރުކުރާ ފުރޮޅެކެވެ.

"ވީގޮތަކީ ޕަންޕު އިންޖީނުގައި އިންނަ ޝާފުޓު ވަރަށް ހިމަ، އެކަމަކު ޕުލީގެ ކޮޅު ވަރަށް ފަލަ، ދެން އަހަރެން އަމިއްލައަށް ލަކުޑިން އެއްޗެއް ލޭތު ކޮށްގެން ޖެހީ، އެކަމަކު އޭތި ހަލާކުވީ ލަކުޑި ވީމަ، ދެން ކާފަ ދަގަނޑުން އެއްޗެއް ލޭތު ކޮށްދިނީ،" އޭނާގެ އުފެއްދި އޮނިގަނޑަށް ދިރުން އައި ގޮތް މި ނޫހަށް ކިޔައިދިނެވެ.

ގަޑިއަކު 26 މޭލުގެ ބާރުމިނުގައި ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ މި ކާޓުގައި އެ ރަށު މަގުތަކާއި ބަނދަރު މަތީގައި ދުއްވާ ވީޑިއޯއާއި ފޮޓޯ ހައިކަލް މި ނޫހާ ހިއްސާކޮށްފައިވެ އެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ކާޓު ދުއްވާލަނީ ވަރަށް އަރާމުކޮށެވެ. އޭގެ ފުރޮޅުތައް ކަހުވާލައިފައި ގޯޅި އަޅާލާއިރު އެއީ ރާއްޖެ ކަހަލަ ވަސީލަތްތައް މަދު ތަނެއްގެ އުފެއްދުމެއްހެން ހީވެސް ނުވެ އެވެ.

ހައިކަލް ބުނީ މި އުފެއްދުމަކީ ވަރަށް "އާދައިގެ" އުފެއްދުމެއް ކަމަށާއި އަދި މިއަށްވުރެ ފުރިހަމައަށް މިކަން ކުރެވޭނެކަމަށް ގަބޫލު ކުރާ ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރީ އަޑިގުޑަން މަގުތަކުގައި މި ކާޓު ދުއްވުމުގައި މައްސަލަތަކެއް ނުކުމެދާނެ ކަމެވެ. އެއީ މި ގޯ ކާޓުގައި ފުރޮޅު ހަރުކޮށްފައި ހުރީ ސީދާ އޮނިގަނޑަށް ކަމުގައި ވުމެވެ. ހައިކަލް ބުނީ ބޭރު ގައުމުތަކުގައި ގެންގުޅޭ ކާޓުތައް ފަދައިން ޝޮކުތަކެއް ލައިގެން ހަދައިފި ނަމަ ވަރަށް "ރަށުގައި ދުއްވާލަން ދެން އެވަރެއް ނޯންނާނެ" ކަމަށެވެ.

ހައިކަލް ގޯކާޓް އުފެއްދުމުގެ މަސައްކަތް ކުރަނީ. އަދި ގާކޯޓް ދުއްވަނީ.
ހައިކަލް ގޯކާޓް އުފެއްދުމުގެ މަސައްކަތް ކުރަނީ. އަދި ގާކޯޓް ދުއްވަނީ.

ހައިކަލް ގޯކާޓް އުފެއްދުމުގެ މަސައްކަތް ކުރަނީ. އަދި ގާކޯޓް ދުއްވަނީ.

ދެ ވަނަ ވާޝަނެއް، ބޭނުން ވަނީ ކުޑަ އެހީއެއް

ހައިކަލް ބުނީ އަދި ހަމައެކަނި މިހާ ހިސާބުން ހުއްޓާލަން ބޭނުން ނުވާ ކަމަށެވެ. އޭނާ ބުނީ މިއަށް ވުރެ މާ ފުރިހަމަ، މާ ރީތި އަދި ގިނަ ދުވަހު ބޭނުންކޮށްލެވޭ، އަރާމު އުޅަނދެއް އުފެއްދުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

"ދެން އުފައްދަން ބޭނުންވަނީ ކުރޮސް ކާޓެއް، އެއީ ރަށް ރަށުގައި ދުއްވާލަން ވަރަށް އަރާމު އެއްޗަކަށް ވާނެ،" އޭނާގެ ވިސްނުން ހުރި ގޮތް ހާމަ ކުރަމުން ބުންޏެވެ.

ގޯ ކާޓާއި ހިލާފަށް ކުރޮސް ކާޓަކީ ވެލިގަނޑަށް ހާއްސަ އެއްޗެކެވެ. ގޯ ކާޓަށް ވުރެ މި އެއްޗެހި ބަރުވެފައި ވަރުގަދަ ވާނެ އެވެ. އާންމުކޮށް ފަސްގަނޑުގައި ރޭސް ޖެހުމަށް ބޭނުން ކުރަނީ މި ވައްތަރެވެ.

އަލަށް އުފެއްދި ގޯ ކާޓުގެ ދުވެއްޔާ މެދު އެންމެ ހިތްހަމަ ނުޖެހޭކަން ފާހަގަކުރަމުން ހައިކަލް ބުނީ ދެން އުފައްދާ އެފެއްދުމެއްގައި ބޭނުން ކުރަން ވިސްނަނީ ސީދާ ސައިކަލެއްގެ އިންޖީނު ކަމަށާއި އޮނިގަނޑު ހަދަން ވެސް ބޭނުންވަނީ އެސްއެސް ހޮޅީގެ ބަދަލުގައި ދަގަނޑު ބޮކްސް ޓިއުބުން ކަމަށެވެ.

"އަސްލު އެސްއެސް ހޮޅި ވީމާ ބޭނުންވާ ގޮތަށް ވެލްޑު ވެސް ކޮށް ނުލެވޭ، ތުނި ކަމުން، އެހެންވެ ދެން އުފައްދާ އެއްޗެއްގެ އޮނިގަނޑު ހަދަން ބޭނުންވަނީ ދަގަނޑު ބޮކްސް ޓިއުބުން،" ހައިކަލް ބުންޏެވެ.

އޭނާ ބުނީ ވިސްނުން ހުރީ ވަރަށް ފުރިހަމަ އެއްޗެއް އުފައްދަން ކަމަށާއި ދެން އުފައްދާ ވާޝަނަކީ "އެއްވެސް ފުލޯއެއް ނެތް" އެއްޗަކަށް ވާނެ ކަމަށެވެ.

އެކަމަކު އެކަމަށް ފުދޭވަރެއްގެ ހަރަދެއް ދާނެ، އެހެންވީމަ އަސްލު އިންވެސްޓު ކޮށްދޭނެ ފަރާތެއް ވެއްޖެއްޔާ ވަރަށް ޕާފެކްޓު އެއްޗެއް ހެދޭނެ،" ހައިކަލް ބުންޏެވެ.

އޭނާއަށް މިކަން ވާނެކަން އަމިއްލަ މަސައްކަތުން މުޅި ރާއްޖެއަށް ސާބިތުކޮށްދީފި އެވެ. ދެން ބޭނުންވަނީ ހަމައެކަނި އޭނާގެ އަތުގައި ހިފާލާނެ އިންވެސްޓަރެކެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ އުފެއްދި ގޯ ކާޓަކީ ވެސް ހަމަ ހައިކަލް ފަދައިން އެކަނި އުފެއްދި ހިޔާލެއްގެ މައްޗަށް ރާވާލި އެއްޗެކެވެ. ކުރިން، 1956 ވަނަ އަހަރު، އެމެރިކާގެ ރައްޔިތެއްކަމަށްވާ އާޓް އިންގަލްސް ވުޖޫދު ކުރި ގޯ ކާޓާއި ހައިކަލްގެ އުފެއްދުމާ މާބޮޑު ތަފާތެއް ވެސް ނެތެވެ. އެހެނަސް ހައިކަލްގެ ކުރިމަގު އުޖާލާކަން ހަމައެކަނި ސާބިތު ވަނީ މި ސަބަބާ ހެދިއެއް ނޫނެވެ.

އޭނާގެ ވިސްނުން ހުރީ ހަމައެކަނި ދުއްވާ އުޅަނދު އުފެއްދުމުގެ ބަދަލުގައި އޭނާގެ ހުނަރުގެ ބޭނުން ހިފައި އުފަން ރަށަށް ވެސް ކޮންމެވެސް ކަމެއް ކޮށްދެވޭތޯ އެވެ. އޭނާގެ ކުރިމަގުގެ ޗާޓު ސިކުނޑީގައި ކުރަހާފައި އޮތީ ވަރަށް ފުޅާކޮށެވެ.

ބޭނުންވަނީ ކަނޑުގެ ރާޅުތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ސިސްޓަމެއް ހަދަން، އެކަމަކު އެކަމާ އުޅޭނީ ކުރޮސް ކާޓުގެ މަސައްކަތް ނިންމާފައި، އެހާތަނަށް ޖީސީއީ ވެސް އޮންނާނީ ނިމިފައި،" ހުނަރުން ފުރިފައިވާ ޒުވާނާ ބުންޏެވެ.

ކުރިއަށް ދާނެ ސީދާ ވަކި ދާއިރާއެއް އަދި އޭނާ ނިންމާފައި ނުވި ނަމަވެސް އޭނާގެ ކުރިމަގާ މެދު ދެކޭ ހުވަފެނެއް އެބަ އޮތެވެ. އެއީ އާކުރާފްޓު އިންޖިނޭރަކަށް ވުމެވެ. ހައިކަލްގެ ވިސްނުން މިވަގުތު ހުރީ ލިބޭ ހުސްވަގުތުގައި އެނާގެ އުފެއްދުންތެރި މަސައްކަތްތައް ކުރިއަށް ގެންދާށެވެ.

އެހެންނަމަވެސް ހައިކަލްގެ ތަސައްވުރު ހުރީ އޭނާގެ އުމުރުގެ އެހެން ކުދީންނާ ހާސްބައި ތަފާތުކޮށެވެ. އޭނާގެ ނަން ހަމަ ޔަގީނުން ވެސް ރާއްޖޭގެ ތާރީހު ލިޔެވޭނެ އެވެ. ހުނަރު ހުރި ރޮނގުން ކުރިއަރައި ދިޔުމަށްޓަކައި އޭނާ ބޭނުންވަނީ ހިތްވަރެކެވެ. އެހަރުމެންގެ އެހީތެރިކަމެވެ. "އަދަދު" ނޫހުން ހައިކަލް އަށް އެދެނީ އުފާވެރި މުސްތަގުބަލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މުސްކުޅިވުމުން ދުޅަހެޔޮކޮށް ހުރުމަށް ތިރީހުގެ އަހަރުތައް މުހިންމު

އުމުރުން 30 ގެ އަހަރުތަކުގައި ކަސްރަތުކުރުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، ނިދި ހަމަކުރުން ފަދަ ރަނގަޅު އާދަތައް އަށަގަންނުވައިފިނަމަ، މުސްކުޅިވާއިރު ދިމާވާ ބަލިތަކުން ދުރުވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރެވިދާނެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށް، އުމުރުން 90 އަހަރާ ހަމައަށްވެސް ތަކުލީފެއް ނެތި ދިރިއުޅުމަށް ލިބޭ މުހިންމު ފުރުސަތެއްކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ.

ހެރީ އާއި މޭގަންއަށް ކުރިމަތިވަނީ ޑަޔާނާގެ ހިތްދަތި ތަޖުރިބާ

އަމީރު ހެރީ އާއި މޭގަންއާ މެދު މީޑިއާއިން އަމަލުކުރަމުންދަނީ ޑަޔާނާއާ މެދު ވެސް އަމަލުކުރި ފަދަ އިހާނެތި ގޮތަކަށް ކަމަށް ވިދާޅުވެ، ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ޑަޔާނާގެ ހިތްދަތި ހާދިސާއިން މީޑިއާތަކުން އިބުރަތް ހާސިލުކުރަންޖެހޭ ކަމަށާއި، މިފަދަ ނުރައްކާތެރި އަމަލުތަކުގެ ސަބަބުން އިންސާނުންގެ ދިރިއުޅުން ހަލާކުވަމުންދާ ކަމަށެވެ.

ރޭގަނޑު ހަމަނިދި ހޯދުމުން ހިތުގެ ބަލިތަކުން ދުރުކޮށްދޭ

ހަމަނިދި ހޯދުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ސިއްހަތަށް ފައިދާހުރި ކެއުންބުއިމުގެ އާދަތައް ބެހެއްޓުމަކީ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަންކަމެވެ. ރޭގަނޑު އިތުރަށް ނިދުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ ލޭހޮޅިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއްކަން ދިރާސާތަކުން ދައްކައެވެ.

އެޑް ޝީރަން އާއްމުންގެ ކިބައިން މައާފަށް އެދެފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކި މެކްލްމޯ ޓުއާއިން ވަކިކުރުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ހެދި، އެޑް ޝީރަން އާންމުންގެ ކިބައިން މައާފަށް އެދިއްޖެއެވެ. ޝީރަން ބުނީ މެކްލްމޯ ވަކިކުރީ ޕްރޮމޯޓަރުން ކަމަށާއި، މި މައްސަލައިގައި އޭނާއަށް ގޯސްތަކެއް ހެދިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން، އޭނާގެ މިއުޒިކަކީ ސިޔާސީ ކަމަކަށް ވުރެ ބޮޑަށް އެއްބައިވަންތަކަން ރަމްޒުކޮށްދޭ އެއްޗަކަށް ހަދަން ބޭނުންވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ޑަޔާނާގެ މަޝްހޫރު "ރިވެންޖް ޑްރެސް" އަލުން ދައްކާލައި ނީލަމަށް

ޕްރިންސަސް ޑަޔާނާގެ މަޝްހޫރު "ރިވެންޖް ޑްރެސް" ނީލަން ކިޔުމުގެ ކުރިން ދުނިޔޭގެ އެކި ސިޓީތަކުގައި ދައްކާލުމުގެ ދަތުރު ލަންޑަނުން ފަށައިފިއެވެ. މި ހެދުން އަންނަ ޑިސެމްބަރު މަހު ނީލަން ކިޔުމަށް ހަމަޖެހިފައިވާއިރު، މިއީ ޑަޔާނާ އަވަހާރަވުމާ ގުޅޭގޮތުން ކިންގް ޗާލްސްގެ މައްޗަށް އާ ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox