ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް ގާއިމްކުރާ ޑިޓެންޝަން ސެންޓަރު އަންނަ އަހަރު ނިމި ބޭނުން ކުރަން ފެށޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް ހުޅުމާލޭގައި ގާއިމް ކުރަނީ 250 އާއި 300 އާ ދެމެދުގެ މީހުންގެ ޖާގައިގެ ޑިޓެންޝަން ސެންޓަރެކެވެ. ސަރުކާރުން މިގޮތަށް ނިންމާފައި ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުންނެވެ.
މި މަސައްކަތް ނުފެށި ލަސްވީ 2019 ވަނަ އަހަރު ރާއްޖެއަށް ދިމާވި ކޯވިޑުގެ ސަބަބުންނެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މަރުކަޒެއް ގާއިމް ކުރަމުން އަންނަ އިރު، މި ސެންޓަރުގެ މަސައްކަތް ނިންމައި އަންނަ އަހަރު ކުރީކޮޅު އެތަނުގެ ހިދުމަތް ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.













