މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލި މީހުންގެ ނަންތައް ހޯމް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
މީޑިއާ ކައުންސިލްގެ އިންތިހާބެއް ބާއްވަނީ ޖުމްލަ 15 މެމްބަރުން ހިމެނޭ އެ ކައުންސިލްގެ 13 މެމްބަރެއްގެ ގޮނޑި ހުސްވާތީ އެވެ. ހޯމް މިނިސްޓްރީން މިއަދު ބުނީ އެ 13 ގޮނޑިއަށް ވާދަ ކުރުމަށް 22 މީހަކު ނަން ހުށަހަޅާފައިވާ ކަމަށެވެ.
ކައުންސިލުން ހުސްވެފައިވާ 13 ގޮނޑީގެ ތެރެއިން އިންތިހާބު ކުރާނީ މީޑިއާ ތަމްސީލު ކުރާ ހަތް މެމްބަރަކާއި އާންމުންގެ ފަރާތުން އިންތިހާބު ކުރާ ހަ މެމްބަރެކެވެ. މި އިންތިހާބުގައި ވޯޓުލުމަށް 98 މީޑިއާއަކުން ރަޖިސްޓްރީ ކުރި އެވެ.
އަންނަ ޑިސެމްބަރު 10، ގައި ބާއްވާ އެ އިންތިހާބުގައި މީޑިއާތަކަށް ހާއްސަ ކުރާ ހަތް ގޮނޑިއަށް 10 މީހަކު ވާދަ ކުރެ އެވެ. އަދި އަމިއްލަ މެމްބަރުންގެ ހަ ގޮނޑިއަށް 12 މީހަކު ވާދަ ކުރެ އެވެ.












