ޅ. އަތޮޅު ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރުގެ ހަބަރެއް ނެތް

ޅ. އަތޮޅު ހޮސްޕިޓަލު؛ އެ ހޮސްޕިޓަލު އޮޕަރޭޝަން ޑޮކްޓަރުގެ ހަބަރެއް ނުވޭ--

ޅ. އަތޮޅު ހޮސްޕިޓަލު؛ އެ ހޮސްޕިޓަލު އޮޕަރޭޝަން ޑޮކްޓަރުގެ ހަބަރެއް ނުވޭ--

ޅ. އަތޮޅު ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރު ހަބަރެއް ނުވާތާ ހަފްތާއެއް ވެފައިވާ ކަމަށް އެ ރަށު ހޮސްޕިޓަލުން ބުނެފި އެވެ.

ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޖައުފަރު އަބްދުﷲ "އަދަދު"އަށް ވިދާޅުވީ ޑޮކްޓަރު ޑިއުޓީއަށް ނުނިކުންނަތާ ހަފްތާއެއް ވެފައިވާ ކަމަށެވެ.

"ޑޮކްޓަރުންގެ ހެޑް ވެސް އަދި ހޮސްޕިޓަލުން ވެސް އެ ޑޮކްޓަރަށް ގުޅުމަށް ވަރަށް މަސައްކަތް ކުރި، އެކަމަކު މިހާތަނަށް ފޯނެއް ނަގާފައި ނުވޭ،" ޖައުފަރު ވިދާޅުވި އެވެ.

ފިލައިގެން ދިޔަ ކަމުގެ ޔަގީން ކަން ދެވެން ނެތް ކަމަށާއި އެހެންނަމަވެސް އެ ޑޮކްޓަރު ރަށުގައި ނެތް ކަން ޔަގީން ކަމަށް ވެސް ޖައުފަރު ވިދާޅުވި އެވެ.

ޅ. އަތޮޅު ހޮސްޕިޓަލަކީ އެ އަތޮޅާއި ކައިރި ބައެއް އަތޮޅުތަކުގެ ރައްޔިތުން ވެސް ހިދުމަތް ހޯދަމުން އަންނަ ތަނެކެވެ.

މީގެ ކުރިން ވެސް ބައެއް ހޮސްޕިޓަލުތަކަށް ފޮނުވާފައިވާ ޑޮކްޓަރުން ފިލާފައިވާ މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު ތިނަދޫ ހޮސްޕިޓަލަށް ފޮނުވި ފަސް ޑޮކްޓަރުން ފިލައިގެން ގޮސްފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައިވެ އެވެ.

ނަސީމް އެ ދުވަހު މަޖިލީހުގައި ވިދާޅުވި ގޮތުގައި ޑޮކްޓަރުން މިގޮތަށް ފިލައިގެން ދިއުމަކީ އޭގެ ސަބަބުން މިނިސްޓްރީއަށް ވެސް ބޮޑެތި ގެއްލުންތަކެއްވާ ކަމެއް ކަމަށާއި މިފަދަ ކަންކަން ހިނގައިގެން ދިޔަ ނުދިނުމަށް ހޮސްޕިޓަލުތަކުން އިތުރު ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

ތިނަދޫގައި އެކަން އެގޮތަށް ހިނގައި ދިއުމާ ގުޅިގެން، ޑޮކްޓަރުން ފިލައިގެން ދިއުން ހުއްޓުވުމަށް އިމިގްރޭޝަނާ ގުޅިގެން އިންތިޒާމުތަކެއް ވެސް ހަމަޖައްސައިފައިވާ ކަމަށް އެ ދުވަހު ނަސީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox