ޑެންމާކްގެ ކޯޗު ދެކޭގޮތުގައި ޕްރެޝަރު އޮތީ ފްރާންސަށް

Nov 26, 2022, 5:37 AM
ޑެންމާކްގެ ކޯޗު ދެކޭގޮތުގައި ޕްރެޝަރު އޮތީ ފްރާންސަށް

ދޯހާ، ގަތަރު (ނޮވެމްބަރު 26) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޑެންމާކާއި ފްރާންސް ބައްދަލުކުރާ މެޗަށް ނުކުންނައިރު، ޕްރެޝަރު އޮތީ ފްރާންސަށް ކަމަށް ޑެންމާކްގެ ކޯޗު ކެޝްޕާ ޖޮލްމަންޑް ބުނެފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ފްރާންސުން މި ފަހަރުގެ މުބާާރާތް ފެށީ ފަހަތުން އަރައި 4-1 އިން އޮސްޓްރޭލިއާ ބަލިކޮށްގެންނެވެ. މި ގްރޫޕްގައި ޑެންމާކާއި ޓިއުނީޝިއާ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.

ޖޮލްމަންޑް ބުނީ ފްރާންސަކީ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި އޮތް ގައުމެއް ކަމަށާއި އެ ގައުމުގެ ފުޓްބޯޅައިގެ ކަންކަަމަކީ ދުނިޔޭގެ ލެވަލުން ބެލިޔަސް މަދު ޓީމަކާ އަރާހަމަކުރެވޭނެ ހިސާބެއް ކަމަށެވެ.

އެކަމަކު، 90 މިނިޓްގެ ފުޓްބޯޅަ މެޗެއްްގަައި ތަފާތު ގޮތްގޮތަށް ކަންކަން ބަދަލުވާއިރު، ޑެންމާކުން މި އަހަރު ތެރޭގައި ވެސް ނޭޝަންސް ލީގުގައި ފްރާންސް އަތުން ދެ މޮޅު ހޯދާފައިވުމަކީ ފްރާންސުން މި މެޗަށް ސަމާލުވާނެ ސަބަބެއް ގޮތުގައި ޖޮލްމަންޑް ފާހަގަކުރި އެެވެ.

"މި ވަގުތު ފްރާންސް ޓީމުގައި އެ އޮތް ހުނަރާއި ކޮލިޓީ އާދަޔާހިލާފު. އަހަރެންގެ އިހުތިރާމް އެ މީހުންނަށް އެބައޮތް. ހަމަ އެ ގޮތަށް ޔަގީނުން ވެސް އެ މީހުންނަށް (ފްރާންސް އަށް) އެނގޭނެ އަހަރެމެން މިއީ ވެސް ވަރުގަދަ ޓީމެއްކަން،" ޖޮލްމަންޑް ބުންޏެވެ.

"މި މެޗަށް ނުކުންނައިރު، ފްރާންސަށް ހަމަޖެހިލެވޭނެ ކަމަށް ނުދެކެން، އެންމެ ފަހުގެ ޗެމްޕިއަންގެ ޕްރެޝަރާއި މި ދެ ޓީމުގެ ކުރިމަތިލުންތަކުން ބަލިވެފައި އޮތުމުގެ ކަންބޮޑުވުންތައް އެ ޓީމުގެ ހުންނާނެ،"

މިދިޔަ ޖޫން މަހު ނޭޝަންސް ލީގުގައި ފްރާންސް އަމިއްލަ ދަނޑުގައި ޑެންމާކް އަތުން ބަލިވީ 2-1 އިންނެވެ. އަދި އޭގެ ފަހުން ޑެންމާކްގެ ކޯޕެންހާގެންގައި ކުޅުނު މެޗުން މިދިޔަ ސެޕްޓެމްބަރު މަހު 25 ވަނަ ދުވަހު ކުޅުނު މެޗުން އެ ޓީމުން ވަނީ 2-0 އިން ފްރާންސް ބަލިކޮށްފަ އެވެ.

ބަދަލުހިފުމުގެ ރޫހެއް ނެތް ކަމަށް ޑެޝޯމްޕްސް ބުނޭ

ޑެންމާކާ ދެކޮޅަށް މީގެ ކުރިން ފްރާންސް އިން ވަނީ ވޯލްޑް ކަޕްގެ އެކި މުބާރާތްތަކުގެ ގްރޫޕް ސްޓޭޖުގައި ތިން ފަހަރު ބައްދަލުކޮށްފަ އެވެ. އަދި ފްރާންސް އިން ވޯލްޑް ކަޕް ތަށި އުފުލާލި ދެ ފަހަރު، 1998 އާއި 2018 ގައި ވެސް ވަނީ ގްރޫޕް ސްޓޭޖުގައި ޑެންމާކް ބަލިކޮށްފަ އެވެ.

އެކަމަކު، އެންމެ ފަހުން ނޭޝަންސް ލީގުގައި ފްރާންސަށް ޑެންމާކް އަތުން މޮޅުނުވެވުމަކީ އެ ޓީމަށް އޮތް ނުތަނަވަސްކަމެކެވެ. ނޭޝަންސް ލީގުގެ ތަށި ދިފާއުކުރުމަށް ފްރާންސަށް އޮތް ފުރުސަތު ގެއްލުނީ އެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ ނޭޝަންސް ލީގުގައި ހަތަރު މަސް ތެރޭ ދެ ފަހަރު ފްރާންސް ވަނީ ޑެންމާކް އަތުން ބަލިވެފައި ކަމަށާއި އެ މެޗުތަކުގެ އަލީގައި ޑެންމާކުން ކަންތައްތަކެއް ހާސިލްކުރަން މަސައްކަތްކުރާނެކަން އެނގޭ ކަަމަށެވެ.

"އެ ނަތީޖާތަކަށް ވިސްނާނެ ސަބަބުތަކެއް އެބަހުރި. އެކަމަކު، ޔަގީނުން ވެސް އަހަރެމެން މި ނުކުންނަނީ އޭގެ ބަދަލުހިފާކަށް ނޫން. އަހަރެމެން މި މުބާރާުތުގެ ފޯކަސްގައި ކުރިއަށްދާއިރު، މޮޅެއް ހޯދުން އެއީ އެންމެ ފުރަތަމަ ވިސްނުން. ވަކި ޓީމެއް ވެގެން އެ ވިސްނުން ބަދަލެއް ނުވާނެ،" ޑެޝޯމްޕްސް ބުންޏެވެ.

ފްރާންސް އިން އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނު ފަސް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.

ޑެންމާކާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، ފްރާންސަށް އޮތް ހިތްހަމަޖެހުމަކީ، އެ ޓީމުގެ ޑިފެންޑަރު ރަފައެލް ވަރާން ފިޓްވެފައިވުމެވެ. މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ވަރާން މި ފަހަރުގެ ވޯލްޑް ކަޕް ސްކޮޑަށް ނެގިއިރު ހުރީ އެއްކޮށް ފިޓްކޮށެއް ނޫނެވެ. އެކަމަކު، މިރޭގެ މެޗަށް އޭނާ ހުރީ އެންމެ ފިޓްކޮށް ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.

ފްރާންސް އާއި ޑެންމާކް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ނުވައެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox