ރިޔާސީ އިންތިހާބަށް ރާއްޖޭން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

Nov 25, 2022, 5:16 AM
ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއެކު އީސީގެ މެންބަރުންނާއި އިސް މުވައްޒަފުން؛ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެއްވި - ފޮޓޯ: އީސީ

ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއެކު އީސީގެ މެންބަރުންނާއި އިސް މުވައްޒަފުން؛ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެއްވި - ފޮޓޯ: އީސީ

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖޭން ބޭރުގައި ބަހައްޓާނެ ވޯޓު ފޮށިތަކާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންނާއި ފޮރިން މިނިސްޓްރީގެ ބައެއް އިސް ބޭފުޅުންނާ މަޝްވަރާކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފޮރިން މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށިތައް ބެެހެއްޓުމުގެ އިންތިޒާމުތަކާއި އެކަމާ ގުޅޭ ބައެއް ކަންކަމާމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަޝްވަރާތަކުގެ ތަފުސީލެއް އަދި ނެތެވެ.

މީގެ ކުރިން ބޭއްވި ތިން ރިޔާސީ އިންތިހާބުގައި ވެސް ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެއީ އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހީން ވޯޓު ލުމަށެވެ. އެ ގޮތަށް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމަނީ، އެ ގައުމެއްގައި ވޯޓުލުމަށް ރަޖިސްޓްރީވާ ދިވެހީންގެ ވަކި އަދަދެއް ހަމަވުމުންނެވެ.

ރިޔާސީ އިންތިހާބުގެ ބަޖެޓަށް 90 މިލިއަން ރުފިޔާ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވެ އެވެ. ބަޖެޓް އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެއް ނުވެ އެވެ. ބަޖެޓް ދިރާސާކުރަން އެކުލަވާލި ކޮމިޓީން ތައްޔާރުކުރި ރިޕޯޓަށް ތަޅުމުގައި ކުރަން ޖެހޭ ބަހުސް އަދި ނުނިމެ އެވެ.

ރިޔާސީ އިންތިހާބަށް މިހާރު ވެސް ސިޔާސީ ޕާޓީތަކުން ވަނީ މަސައްކަތް ފަށައިފަ އެވެ. އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވަނީ ކަނޑައަޅުއްވައިފަ އެވެ. އެމަނިކުފާނުގެ މައްޗަށް ޝަރީއަތްތަކެއް ހިނގި ނަމަވެސް މި ވަގުތަށް ގާނޫނީ ހުރަހެއް ނެތެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އެތެރޭގެ ޕްރައިމަރީއަކުން ކަނޑައަޅާއިރު ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ. ވެރިކަން ކުރާ މައި ޕާޓީ ތެރޭގައި ދެ ފެކްޝަނެއް އެބަ އޮތެވެ. ދެ ފެކްޝަންގެ ލީޑަރުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ބެލެވެ އެވެ.

މީގެ އިތުރުން އަލަށް އުފެއްދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޕްރައިމަރީ އަންނަ އަަހަރުގެ ޖެނުއަރީ މަހު ބާއްވަން ނިންމިއިރު، އޭގައި ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެކަންޏެވެ.

އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވެ އެވެ. ކުރީގެ ހޯމް މިިނިސްޓަރު އުމަރު ނަސީރު ވެސް ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރައްވަން ކެމްޕޭންތަކެއް ކުރައްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox