ހުލާސާކޮށް އިއްޔެ: ނަޝީދުގެ ވާހަކަތަކަށް ސަރުކާރުގެ ރައްދު

ހުލާސާކޮށް އިއްޔެ: ނަޝީދުގެ ވާހަކަތަކަށް ސަރުކާރުގެ ރައްދު

ރާއްޖެ ބަނގުރޫޓުވާ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަނީ ސިޔާސީ ވާހަކަތަކެއް ކަމަށް ބުނެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވީ އިއްޔެ އެވެ.

އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެފަދަ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނަށް އިންނަަވަން ޖެހިވަޑައިގެންފި ނަމަ އެއީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ.

ނަޝީދަށް ރައްދު ދެއްވައި އަމީރު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވާން އުޅޭ ކަމަށް ބުނެ ދައްކާ ވާހަކައަކީ ބަޔަކު އަލަށް ދައްކާ ވާހަކައެއް ނޫން ކަމަށެވެ.

"އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކޮށް, މިހާތަނަށް މި ދިމާވި ދަތި އުނދަގުލާއެކު ވެސް, ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި،" އަމީރު ވިދާޅުވި އެވެ.

ކޮވިޑާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އިގްތިސޯދަށް ކުރިމަތިވި ގޮންޖެހުންތަކާއެކުގައި ވެސް އެ ދަތިކަމުން އަރައިގަތް ކަން ފާހަގަކުރައްވައި އެ ކަމުން އަރައިގަތުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާކަން ފާހަގަކުރެއްވި އެވެ.

"މި ދަނޑިވަޅުގައި އިގްތިސޯދާމެދު, ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށް ޓަކައި ޒިންމާދާރު މަގާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ, ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަހުރިކަމެއް،" އަމީރު ވިދާޅުވި އެވެ.

މި ހާލަތުން އަރައިގަތުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާއެކު، "އިގްތިސޯދީ ކުރިމަގު އޮތީ ފަހިކޮށް" ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބަހުސް ކުރަމުން އަންނަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް، މަޖިލީހުގެ ބަޖެޓް ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓަށެވެ. އެ ބަހުސްގައި މެމްބަރުންނަށް ފުރުސަތު ދެއްވުމުގެ ކުރިން އާންމު އުސޫލުން މިއަދު ވެސް ނަޝީދު ގެންދަވަނީ އެކިއެކި ވާހަކަފުޅުތައް ދައްކަވަމުންނެވެ.

އެގޮތުން، ރާއްޖޭގެ ފޮރިން ކަރެންސީ ރިޒާވް ވަރަށް ދަށް ވެފައިވާ ކަމަށާއި ކުރިއަށް އޮތް ހަފްތާތަކުގައި އަސާސީ ކަންކަމަށް ހަރަދުކުރާނެ ފައިސާ ނެތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ޝަރީއަތަށް ދެއްވި ހެކިބަސް ނަފީވާނެ ވަރުގެ ހެއްކަކަށް އޭނާ އަދާކުރި ވަޒީފާގެ ހާޒިރީ ނުވާ ކަމަށް ޔާމީންގެ ދިފާއީ ވަކީލުން ވިދާޅުވީ އިއްޔެ އެވެ.
  • ޖަލަށް މަސްތުވާތަކެތި ވައްދާ ކަމަށް ތުހުމަތު ކުރެވިގެން ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ.
  • މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އަތުލާ ގިނަ މައްސަލަތަކުގައި ކޯލުތައް ކުރަނީ ޖަލުގައި ތިބޭ ގައިދީންކަމަށް ބުނެވޭނެ ހެއްކެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަަކަ ދައްކަވަމުން ރިޔާސަތުގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ:

އަޅުގަނޑުމެން އެ މަގަށް [ބަނގުރޫޓުވުމުގެ މަގަށް] ދާއިރު މި ރިޔާސަތުގައި އަޅުގަނޑު އިނދެއްޖެ ނަމަ އަޅުގަނޑު ދަންނަވާނީ އެއީ އަޅުގަނޑަށް ވެސް ވަރަށް ބޮޑު ލަދުވެތިކަމަކަށޭ ވެގެން ދާނީ،

ދުވަހުގެ ފޮޓޯ

ފީފާ ވޯލްޑް ކަޕްގައި އިނގިރޭސިވިލާތާއި އީރާން ބައްދަލުކުރި މެޗުގައި ބުކާޔޯ ސާކާ ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ. މި މެޗުން އިނގިރޭސިން މޮޅުވީ 6-2 އިން އަދި ސާކާ ދެ ލަނޑު ޖެހި. މި ގްރޫޕުގައި ދެން އޮތީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރާއި ދެކުނު އެމެރިކާގެ އިކުއެޑޯ --- ފޮޓޯ: އޭއެފްޕީ
ފީފާ ވޯލްޑް ކަޕްގައި އިނގިރޭސިވިލާތާއި އީރާން ބައްދަލުކުރި މެޗުގައި ބުކާޔޯ ސާކާ ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ. މި މެޗުން އިނގިރޭސިން މޮޅުވީ 6-2 އިން އަދި ސާކާ ދެ ލަނޑު ޖެހި. މި ގްރޫޕުގައި ދެން އޮތީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރާއި ދެކުނު އެމެރިކާގެ އިކުއެޑޯ --- ފޮޓޯ: އޭއެފްޕީ

ފީފާ ވޯލްޑް ކަޕްގައި އިނގިރޭސިވިލާތާއި އީރާން ބައްދަލުކުރި މެޗުގައި ބުކާޔޯ ސާކާ ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ. މި މެޗުން އިނގިރޭސިން މޮޅުވީ 6-2 އިން އަދި ސާކާ ދެ ލަނޑު ޖެހި. މި ގްރޫޕުގައި ދެން އޮތީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރާއި ދެކުނު އެމެރިކާގެ އިކުއެޑޯ --- ފޮޓޯ: އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox