ޖަލަށް މަސްތުވާތަކެތި ވައްދާކަމުގެ ތުހުމަތަށް ޖަލު އޮފިސަރަކު ހައްޔަރުކޮށްފި

Nov 21, 2022, 5:01 PM
މާފުށި ޖަލު، ޖަލަށް މަސްތުވާތަކެތި ވައްދާކަމުގެ ތުހުމަތަށް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު މިއަދު ވަނީ ހައްޔަރުކޮށްފައި. ފައިލް ފޮޓޯ

މާފުށި ޖަލު، ޖަލަށް މަސްތުވާތަކެތި ވައްދާކަމުގެ ތުހުމަތަށް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު މިއަދު ވަނީ ހައްޔަރުކޮށްފައި. ފައިލް ފޮޓޯ

ޖަލަށް މަސްތުވާތަކެތި ވައްދާ ކަމަށް ތުހުމަތު ކުރެވިގެން ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު މިއަދު ހައްޔަރުކޮށްފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަރެކްޝަންސްގެ އޮފިސަރު ހައްޔަރުކުރީ މަސްތުވާތަކެއްޗާ އެކުގައި ކަމަށެވެ. އޭނާ އަތުލައިގަތީ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމިޝަނާ ވިދާޅުވި ގޮތުގައި ޖަލަށް މަސްތުވާތަކެތި ވައްދާ ކަމުގެ ތުހުމަތަށް ހައްޔަރު ކުރި އޮފިސަރު މިހާރު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޮފިސަރު މަސްތުވާތަކެތި ވައްދަން އުޅުނީ ކޮން ޖަލަކަށް ކަމެއްް އަދި ނޭނގެ އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނާއެކު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ފަސް އަހަރު އުޅެފައިވާ ލ. ކަލައިދޫ ހިޝާމް އަލީ، 23 އެވެ.

ހައްޔަރުކުރި މީހާއާ ގުޅޭ ގޮތުން ސުވާލުކުރުމުން ކަރެކްޝަނަލް ސާވިސްއިން ޖަވާބެއް ނުދިން ނަމަވެސް، ހައްޔަރުކޮށްފައިވަނީ ހިޝާމްކަން ދޮގެއް ނުކުރި އެވެ.

ޕްރިޒަން ކޮމިޝަނަރު "އަދަދު" ނޫހަށް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި އޮފިޝަރަކު ހައްޔަރު ކުރީ އިނެޓެލިޖެންސް މައުލޫމާތު ލިބިގެން ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ޝައްކުކުރެވޭ އޮފިސަރުންނާއި މުވައްޒަފުން މިނިޓަރިންނަށް ލަމުން. އޭގެ ތެރެއިން މީހާ ފާހަގަ ކުރެވިގެން އޮޕަރޭޝަން ހިންގީ. އޭނާގެ އަތުން ޖަލަށް ވެއްދުމަށް ތައްޔާރުކުރާ ޒާތަށް މަސްތުވާތަކެތި ބަންދުކޮށްފައި ހުރި،" އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރާއިރު، ހައްޔަރުކުރީ ކާކުކަމެއް، އަދި އޭނާގެ މައްޗަށް ތުހުމަތުކުރާ ކުށެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ޖަލުތަކުގައި މަސްތުވާތަކެތި ބޭނުންކުރާ ވާހަަކަ އަބަދުހެން އަޑު އިވެ އެވެ. އެހެން ނަމަވެސް ޖަލު ބަަލަހައްޓާ އޮފިސަރަކު މިގޮތަށް އަތުލައިގަނެވުނު މިއީ ފުރަތަމަ ފަހަރެވެ. ޖަލަށް ފޯނާއި އެހެން ބައެއް ތަކެތި ވައްދަން އުޅުނު ބައެއް އޮފިސަރުން މީގެ ކުރިން ވެސް ފަޅާ އަރާފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox