އޮޅުވާލައިގެން ފައިސާ ހޯދުމުގައި މުވައްޒަފުން ބައިވެރިނުވާކަން ބީއެމްއެލަށް ޔަގީން

ބޭންކް އޮފް މޯލްޑިވްސް؛ އޮޅުވާލައިގެން ފައިސާ ހޯދުމުގައި މުވައްޒަފުންގެ ދައުރެއް ނޯންނާނެ ކަމުގެ ޔަގީންކަން ބޭންކުން ދޭ--- ފޮޓޯ: ފައިލް

ބޭންކް އޮފް މޯލްޑިވްސް؛ އޮޅުވާލައިގެން ފައިސާ ހޯދުމުގައި މުވައްޒަފުންގެ ދައުރެއް ނޯންނާނެ ކަމުގެ ޔަގީންކަން ބޭންކުން ދޭ--- ފޮޓޯ: ފައިލް

މަކަރާއި ހީލަތުން އޮޅުވާލައިގެން އެކައުންޓުގައި ހުންނަ ފައިސާ ހޯދުމުގައި ބޭންކުގެ އެއްވެސް މުވައްޒަފެއްގެ ދައުރެއް ނޯންނާނެ ކަމުގެ ޔަގީންކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ބޭންކުގެ ބޭފުޅުން މިއަދު ހާޒިރުކޮށް ސުވާލުކުރުމުގައި، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ވަނީ މިފަދަ މައްސަލަތައް ފެންމަތިވަނީ ހަމައެކަނި ބީއެމްއެލްގެ ކަސްޓަމަރުންނަށް ކަން ފާހަގަކުރައްވައި ބޭންކަށް ގިނަ ބަޔަކު ތުހުމަތު ކުރާ ކަން ފާހަގަކުރައްވާފަ އެވެ.

"ސްކޭމް ރިލޭޓެޑް ކަމެއްގައި އަޅުގަނޑު 100 ކޮންފިޑެންސްއާއެކީ ދަންނަވާލަން އަޅުގަނޑުމެންގެ ސްޓާފުންގެ އިންވޯލްމެންޓެއް ނެތް، މި ވީހާ ތަނަށް ރިޕޯޓުކުރެވިފައިވާ އެއްވެސް ސްކޭމެއްގައި ނެތް،" ތުހުމަތުތަކަށް ޖަވާބު ދެއްވަމުން ބީއެމްއެލްގެ ޗީފް ކޮމްޕްލައިންޓްސް އޮފިސަރު މަރިޔަމް ހަމީދު ވިދާޅުވި އެވެ.

ކޮންމެ މައްސަލައެއް ރިޕޯޓުކުރުމުގެ ކުރިން ވެސް މުވައްޒަފެއްގެ ބައިވެރިވުން އޮތްތޯ ބަލައި ބީއެމްއެލުން އެެކަން ޔަގީން ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވީ އެހެން ބޭންކުތަކުން ވެސް ސްކޭމް ހިނގައި އެކަންކަން ރިޕޯޓު ވެސް ކުރެވޭ ކަމަށެވެ.

އެހެން ބޭންކުތަކާ އަޅާ ބަލާއިރު ރާއްޖޭގައި ބީއެމްއެލްގެ ބްރާންޗުތަކާއި ވަސީލަތްތައް ވެސް ގިނަ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މާކެޓުގެ 80 ޕަސެންޓު ޑޮމިނޭޓު ކުރަމުން އަންނަނީ ބީއެމްއެެލުން ކަމަށެވެ. އެހެންކަމުން މިފަދަ މައްސަލަތައް ބީއެމްއެލްގައި ގިނަ ކަމަށް ދައްކަނީ ވެސް އެ ސަބަބާ ހުރެ ކަމަށް ވިދާޅުވި އެވެ.

"ބޭންކް އޮފް މޯލްޑިވްސްގެ އަޑު މިހާ ގަދައަށް މީޑިއާގައި މިއުޅެނީ، އަޅުގަނޑުމެންގެ އެކައުންޓުތައް ގިނަވެފައި އަޅުގަނޑުމެންގެ ކަސްޓަމަރުން ގިނަވެފައި އަޅުގަނޑުމެންގެ ޗެނަލްސްތައް ގިނަވެފައި،" މަރިޔަމް ވިދާޅުވި އެވެ.

މިގޮތުން ފަސް ލައްކަ އަށް ވުރެ ގިނަ އެކައުންޓު ހުރިއިރު، ސްކޭމް ރިޕޯޓުކުރުމާއެކު އެކައުންޓު ބްލޮކް ކުރުމުން ބޭނުން ކުރަނީ ވަކި އެކައުންޓެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޮމިޓީއަށް ހާޒިރުވި ބީއެމްއެލްގެ ބޭފުޅުން ވަނީ މިފަދަ ކަންކަމުން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަނީ އާންމުން ހޭލުންތެރިވުން ކަން ފާހަގަކޮށްފަ އެވެ. އަދި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox