ބައެއް ތަންތަން ބަލައި ފާސްކޮށް ފުލުހުން އިއްޔެ ހޯދި 13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.
ފުލުހުންގެ ކައުންޓާ ނާކޯޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރު ކުރީ ހަ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.
މާލޭގެ ދެ ގެއަކާއި ހުޅުމާލޭގެ ގެސްޓްހައުސްއެއް ފާސްކުރުމަށޤފަހު 13.56 ކިލޯގެ މަސްތުވާތަކެތީގެ އިތުރުން 644،000 ރުފިޔާ ވެސް ފުލުހުން ހޯދި އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެ އެވެ.
ފުލުހުން މިދިޔަ ހަފުތާގައި ބުނެފައި ވަނީ ވެއެތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 11،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް އެއް ޓަނަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.













