ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަން: ޑޯގް ސްކޮޑު ބޭނުން ކޮށްގެން އައްޑޫގެ ބައެއް ތަންތަން ބަލައި ފާސްކުރަނީ

ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު

ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު

މިހާރު ފުލުހުންނާއި ސިފައިން ހިންގަމުންދާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގެ ތެރެއިން ފުލުހުންގެ ޑޯގް ސްކޮޑު ބޭނުންކޮށްގެން އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސްކުރަން ފަށައިފި އެވެ.

މިއީ މިހާރު ކުރިއަށްދާ އޮޕަރޭޝަނުގެ ތެރެއިން ހިންގާ ހަރަކާތެއްކަން ފުލުހުންގެ މީޑިއާ އޮފިޝަލު ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ.

އައްޑޫއިން "އަދަދު" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ގެތަކާއި އެމީހުންގެ ބައެއް ސާމާނު ބަލައި ފާސްކުރުމުގެ މަސައްކަތެވެ. އެގޮތުން، އައްޑޫގެ ބައެއް ގެތަކުގެ އިތުރުން ހިތަދޫ ފަޅުތެރޭގައި އޮތް ލޯންޗެއް ވެސް ފުލުހުން ބަލައި ފާސްކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މި މައްސަލައިގައި ފުލުހުން އައްޑޫއިން ނުވަ މީހަކު ހައްޔަރުކުރި އެވެ. ހައްޔަރުކުރި ނުވަ މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އައްޑޫގެ އިތުރުން މި އޮޕަރޭޝަނުގައި މާލެއިން ދެ މީހުން އަދި ކ. ގުރައިދޫއިން ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގުރައިދޫއިން ހައްޔަރުކުރި ދެ މީހުންނަކީ ވެސް އައްޑޫއަށް ނިސްބަތްވާ ދެ މީހުންނެވެ.

މި އޮޕަރޭޝަނާއި ގުޅޭގޮތުން ހޯމަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓަރް އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ މި އޮޕަރޭޝަނުގެ ތެރެއިން ހުއްޓުވުނީ ގިނަ ބަޔަކު މަރައިލައިގެން ދޭން އުޅުނު ހަމަލާއެއް ކަމަށެވެ.

"މިފަރާތްތަކުން ރާވަމުން ދިޔައީ ގޮވާތަކެތި ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ތަންތަނަށް ހަމަލާދީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށް ކަން ފާހަގަކުރެވިފައިވޭ،" އުސްވަތު ވިދާޅުވި އެވެ.

އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި ހަމަލާގެ މައުލޫމާތު ލިބި ފުލުހުން އެކަން ހުއްޓުވުމުގެ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށެވެ.

ފުލުހުން ބުނަނީ އަދިވެސް އޮޕަރޭޝަން ކުރިއަށްދާ ކަމަށާއި ދެވެންހުރިވަރަކުން މައުލޫމާތު ދެމުން ދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox