ދިގު ވާހަކަ: ކެތްކުރާނަން

ދިގު ވާހަކަ: ކެތްކުރާނަން

ނުވަ ވަނަ ބަޔާ ގުޅޭ

"ވީކަމެއް އޮތީ ވެ ނިމިފަ." ރިޔާޒު ބުނެލި އެވެ.

އޭނާ ހުރީ ހިތްހަމަ ނުޖެހިފައި ކަން މޫނުމަތިން ސާފުވެ އެވެ. އެންމެފަހުން، އަހަރެން ހަނުހުންނަން ނިންމީމެވެ. އިތުރަށް ގޯސްވެދާނެތީ އެވެ.

Advertisement

"ދެން ހިނގާ ގެއަށްދަމާ! މިހާރު އެންމެން ގެއަށް މިސްރާބު ޖަހަނީ." އަހަރެން ބުނެލީމެވެ.

ރިޔާޒު އައިސް އަހަރެންގެ އަތުގައި ހިފި އެވެ. ލޯބިން ފުރިގެންވާ ގޮތަކަށް އޭނާގެ ގަޔާ ކައިރިކޮށްލި އެވެ. އަހަރެންގެ ވެސް ހުރީ އެފަދަ ފުރުސަތަކަށް ބޭނުންވެފަ އެވެ. އެންމެފަހުން ހުރިހާ ކަމެއް ތަރުތީބުން ނިމުނީކަމަށް ވިސްނައިގެން ކުރިއަށް ހިނގައިގަތީމެވެ. ޔަލްވީ ހުރީ ފާޑަކަށް ބަލަހައްޓައިގެން ކަން އަހަންނަށް ޔަގީންކުރެވުނެވެ.

"ބަލާނެ ކަމެއް ނެތް،" ޔަލްވީއަށް ނިސްބަތްކޮށް ރިޔާބު ބުނެލި ޖުމުލަ އަހަންނަށް ސާފުކޮށް އިވުނެވެ. "ވިހަލެވޭތޯ އުޅުނަސް ނުލެވޭނެ."

އަހަންނަށް އެ އަޑު ނީވޭ ކަމަށް ހެދީމެވެ.

ދެމީހުން ހިނގައިގަތީ އެއްގަމާ ދިމާއަށެވެ. އިރުއިރު ކޮޅަށް އަހަންނަށް ފަހަތް ބަލައިލެވެ އެވެ. ޔަލްވީގެ މޫނުމަތީގެ ކުލަވަރު ފެނިގެންނެވެ. އޭނާގެ އިހުސާސްތައް އަހަންނަށް ވަޒަންކޮށްލެވޭހެން ހީވާތީ އެވެ.

އަހަރެން ނިންމީމެވެ. ޔަލްވީގެ ވާހަކަ ނުދައްކާށެވެ. އެއީ ކާކުތޯ ނާހާށެވެ. މިހައި ހިސާބުން އެއީ ނުވާކަމެއްކަމަށް ހަދައި ނިންމާލާށެވެ. ރިޔާޒު ވެސް ހިތްހަމަ ޖެހޭނީ އެގޮތަށް ކަމަށްވިސްނައިގެންނެވެ. ކޮންމެ ގޮތެއް ވިޔަސް މާޒީއަކީ މާޒީ އެވެ. ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އަޑި ގުޑަންތައް ހުންނާނެ އެވެ. އެ އަޑިގަނޑުތަކުން އަރައިގަނެގެން ނޫނީ ހަޔާތުގެ ފަނާރުން ދިރިއުޅުމަށް އަލިކަމެއް ނުލިބޭނެ އެވެ.

ޔަލްވީއާއި ރިޔާޒުގެ ހަރަކާތްތައް ވަރަށް ރަނގަޅަށް އަހަންނަށް ފެނިއްޖެ އެވެ. އެ ހަރަކާތްތަކުގެ ފަހަތުގައި ހުރީ ކޮންކަހަލަ ކުލައެއް ކަން ވެސް އަހަންނަށް އިހުސާސްކުރެވިއްޖެ އެވެ. ޔަލްވީ އުޅޭ ވަރަށް ރިޔާޒު އޭނާއާ ހެދި އުޅުނުތަނެއް ނުފެނެ އެވެ. އޭނާ މާ ޔަލްވީ ވެގެން އެއްވެސް ކަމެއް ނުކުރެ އެވެ. އޭނާއަށް ޔަލްވީ ފެނުނަސް، އޭނާ ބީހިލިޔަސް ކުރެވުނީ އުނދަގޫ އިހުސާސެއްކަން ވަރަށް ސާފުކޮށް އަހަންނަށް ފެނުނެވެ. އަހަރެން ހުރިހާ ކަމެއް ކުރީ އެކަން ކަށަވަރު ކުރާށެވެ. އެކަން ވަޒަންކުރާށެވެ. ޔަލްވީ ލައްވާ އަހަރެން ކުޅުވި ފިލްމު މިހައި ހިސާބުން ނިންމާލަން ޖެހެނީ އެ ފިލްމުގައި ނާކާމިޔާބުވީ ޔަލްވީއަށް ކަމަށް ބަލައިގެންނެވެ.

ގެއަށް އާދެވުނު އިރު ހުރީ އިޝާ ނަމާދު ވަގުތުވާން ކައިރިވެފަ އެވެ. ކޮޓަރިއަށް ނުވަދެވެނީސް ރިޔާޒު އަހަރެން އުރައިލި އެވެ. އެހެންޏާ ނޫޅޭ ގޮތަކަށް އޭނާ އުޅެން އެފެށީ ކީއްވެ ހެއްޔެވެ؟ އޭނާއަށް ކުއްލިއަކަށް މި އައީ ކޮން ބަދަލެއް ހެއްޔެވެ؟

އަހަރެން އުރައިލައިގެން ގެންގޮސް އެނދުގައި ބޭންދި އެވެ. އޭނާގެ ހަރަކާތުގެ މިސްރާބު ހުރީ ކޮން ދިމާއަކަށްކަން އަހަންނަށް ޔަގީންކުރެވުނެވެ. ނޫން ކަމަށް ހެދިގެން އަހަރެން އިނީ އޭނާއަށް މަރުހަބާ ކިޔާށެވެ.

"މާ ލޯބި އަރައިގަނެގެން ކިހިނެއްވީ؟" އެންމެފަހުން އަހަރެން ބުނެލީމެވެ.

"އާނ! ޖިންނި އަވަލީކަން ނޭނގެ. ދެނަމާދު ދޭތެރޭ ބޭރުގައި އުޅެންޏާ މިހެންވާނީ ދޯ." ރިޔާޒު އަހަރެންގެ ނޭފަތުގައި އޭނާގެ ނޭފަތް ޖައްސާލި އެވެ.

"އެ އަސްލު ޖިންނިއެއްތަ؟" އަހަރެން އަހައިލީމެވެ.

"އެއީ އަހަންނާ އަވަލައިގެން އުޅުނު އަސްލު ޖިންނިއެއް." ރިޔާޒު ވައި އަޑުން ބުނެލި އެވެ.

"އެ ޖިންނީގެ ކާނާއަކީ މި ތަ؟" ރިޔާޒުގެ މޭގައި އަހަރެންގެ ޝަހާދަތް އިނގިލި ޖައްސާލީމެވެ.

"އެ ޖިންނިއަކަށް އަހަރެންގެ އިހުސާސްތައް ހޭލައްވާކަށް ނޭނގެ." އަހަރެންގެ މޫނުގައި އޭނާގެ މޫނު ކާއްތަމުން ބުނެލި އެވެ.

އަހަރެން ޔަގީންކުރާން ބޭނުންވި ކަންތައް ޔަގީންވި އެވެ. އިތުރަށް އެ މައުޟޫއުގައި ކުރިއަށް ނުދާން އަމިއްލައަށް ނިންމީމެވެ. ރިޔާޒުގެ އިހުސާސްތަކުގެ ބޮކީގެ ރަތްކުލަ އަހަންނަށް ފެންނާން ފެށުމުންނެވެ. އެ އިހުސާސް ކުރެވެމުން ދިޔުމުންނެވެ.

ހުސްފައިގައި ދުވަމުން ދުވަމުން އަހަރެން ކުރިއަށް ދިޔައީމެވެ. އަހަންނަށް ދުވެވެނީ ކޮންތާކުކަމެއް ޚުދު އަހަންނަކަށް ވެސް ނޭނގެ އެވެ. އެނގޭހާ ވެސް ކަމަކީ އަހަންނަށް އުޅެވެނީ އަނދިރިކަމުން ފުރިގެންވާ ތަނެއްގައި ކަމެވެ. އަހަރެންގެ ބުރުގާ ބޮލުގައި ނެތްކަމެވެ. ލައިގެން ހުރެވުނީ ގަޔަށްދޫ ތުނިތުނި ކުރުކުރު ހެދުމެއް ކަމެވެ. ކަށިމައްޗާ ހަމައަށް އަހަރެންގެ ހެދުން ހުރިކަމެވެ. ކަށިމަތި ހާމައަށް އޮތް ކަމެވެ.

ވަރުބަލިވެގެން މީހާ ހުއްޓެން މަޖުބޫރުވި އެވެ. އޭރު މަތިހަށި ނަގައި ޖެހޭ ވަރު އިތުރުވަމުން ދިޔަ އެވެ. މީހާ ހުރީ ދާހިތްލާ ފޯވެފަ އެވެ. މޫނުމަތީގައި އިސްތަށިތައް ހުރީ ތަތްވެފަ އެވެ. އިސްތަށިގަނޑު އޮތީ ދޫކޮށްލެވިފަ އެވެ. ކުއްލިއަކަށް ފަހަތުން އެ އަޑު އިވުނެވެ. އަހަރެންގެ ނަމުން ބާރަށް ގޮވާލި އަޑެވެ. ބަރު އެ އަޑު އިވުނީ ސީދާ އަހަރެންގެ ނުހަނު ގާތުންކަމުގެ އިހުސާސް ކުރެވުނެވެ.

ގައިގައި ހުރި ބާރެއް ލައިފައި ދުއްވާގަތީމެވެ. ބާރުބާރަށެވެ. ދަށްފަޔަށް ކުދިކުދި އަނިޔާ ލިބެމުން ދިޔަ އެވެ. އެކަމަށް ފަރުވާލެއްނެތި ކުރިއަށް ދިޔައީމެވެ. އެއްގަހުން ނެއްޓެމުން އަނެއް ގަހުން ނެއްޓެމުންނެވެ. ގަސްތަކުގެ ތެރެއިން ފުރޭނެމުން ކަހަލަ ގޮތަކަށެވެ. ދޭތެރެދޭތެރެއިން މޫނަށް ކުދިކުދި ހަމާލާ އަމާޒުވެ އެވެ. ގަސްގަހުގެ ގޮފިތަކުންނެވެ. ކަށިކެޔޮ ގަސްތަކުގެ ތޫނު ކަށިތަކުންނެވެ.

ވިއްސަކަށް މިނެޓު ދުވެވިއްޖެ އެވެ. ކަނު އަނދިރިކަމުގެ ތެރެއިން ދާންވީ ތަނެއް އަހަންނަކަށް ފާހަގައެއް ނުކުރެވެ އެވެ. ނަމަވެސް އަލިކަމެއް ފެންނާނެކަމުގެ އުއްމީދު ހިތުގައި އޮތެވެ. އަމާން މަންޒިލަކަށް ދެވޭނެކަމުގެ ޔަގީންކަން އަހަންނަށް ލިބިލިބި އޮތެވެ. އެހެންވެ އުއްމީދުގައި ކުރިއަށް ދިޔައީމެވެ.

ކުއްލިއަކަށް ކަނާއަތު ފައި ގަނބައިގަތެވެ. ކަކުލާހަމައަށެވެ. އެންމެފަހުން އަހަރެން ބަނޑުވަތަށް ވެއްޓުނެވެ. ލިބުނު ކުއްލި ސިހުމާއެކު އާޚެއްގެ އަޑު އަނގައިން ނުކުތެވެ.

މިވީ ކިހާ ދެރަ ގޮތެއް ހެއްޔެވެ؟ މިއީ އަހަންނަށް އޮތް ގޮތް ހެއްޔެވެ؟ ސަލާމަތުގެ އައްސޭރިއަށް އަހަންނަށް ދެވޭނެ ގޮތެއް ނެތީ ހެއްޔެވެ؟ ނޫނެކެވެ. އެހެން ވެގެން ނުވާނެ އެވެ. އަހަންނަކީ އެހާ ފިނޑި މީހަކީ ހެއްޔެވެ؟

ވަޅުގަނޑުން ފައި ދަމައި ގަނެވޭތޯ ލައްކަ ހިތްވަރު ކުރާން ޖެހުނެވެ. އެގޮތްމިގޮތް ހަދައިގެން ވަޅުގަނޑުން ފައި ދަމައިގަނެވުނެވެ. ކަށިމައްޗާއި ފައިތިލައަށް ކުދިކުދި ތަދު އިހުސާސްވަމުން ދިޔަ އެވެ.

ކުއްލިއަކަށް މީހަކު އަހަރެންގެ އިސްތަށިގަނޑު އެ މީހެއްގެ އަތަށް އޮޅައިލި އެވެ. ވީތަކުން އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ. ބާރުބާރަށެވެ.

"ދޫކުރޭ، ދޫކުރޭ." އަހަންނަށް ރޮވޭގޮތްވި އެވެ.

އެމީހާގެ މާނޭވާގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އޭނާ ހުރީ ވަރުބަލިވެފައިކަން ވެސް އިހުސާސްކުރެވުނެވެ.

"އަހަރެން.. އަހަރެން ކުރާނަން. ބުނި ގޮތެއް ހަދާނަން. އަހަންނަށް ތިހެން ނުހަދާ." އަހަރެން ބިރުން ރޫރޫއަޅައިގަތެވެ.

އޭނާއަތަށް ބާރުކޮށްލި އެވެ. އަހަރެންގެ ބޮލަށް ވަމުންދިޔަ ތަދު އިތުރުވި އެވެ. އެއާއެކު އަނެއްކާ ވެސް އަހަންނަށް ހަޅޭއްލަވާގަނެވުނެވެ. ނަމަވެސް އެ އަޑު އޭނާއަށް އިވޭ ކަމަކަށް ނުހަދަ އެވެ.

"އަހަރެން ބޭނުން ނޫނަސް އަހަރެން ކޮށްދޭނަމޭ. ބުނިހާ ގޮތެއް ހަދާނަމޭ. ދެން އާދޭސްކޮށްފަ ބުނަން ތިހެން ނުހަދާ!" އެންމެފަހުން އަހަރެން އާދޭސް ކުރާން ފެށީމެވެ.

އެނޫން ގޮތެއް ނެތިގެންނެވެ.

(ނުނިމޭ)

ކޮމެންޓް

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox