ހުލާސާކޮށް އިއްޔެ: ޓެކްސް ބޮޑުކުރަން ފާސްކުރިއިރު ބައެއް މެމްބަރުން ޕާޓީގެ ވިޕްލައިންތަކާ ހިލާފު

ހުލާސާކޮށް އިއްޔެ: ޓެކްސް ބޮޑުކުރަން ފާސްކުރިއިރު ބައެއް މެމްބަރުން ޕާޓީގެ ވިޕްލައިންތަކާ ހިލާފު

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އިއްޔެގެ ޖަލްސާގައި އެންމެ ފަހުން ވަނީ ފާސްކޮށްފި އެވެ.

ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ކަމާ ބެހޭ އެހެން ބައެއް ފަރާތްތަކާ ސުވާލުކޮށް މަޝްވަރާކޮށްގެން އެގޮތަށް ނިންމައި އެކުލަވައިލި ރިިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅީ ހޯމަ ދުވަހެވެ.

އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 26 މެމްބަރެކެވެ.

ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވި އެމްޑީޕީ މެމްބަރުން

  1. ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު
  2. މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
  3. ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
  4. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި މަޖޮިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ
  5. މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
  6. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
  7. މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު
  8. އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
  9. ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
  10. ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު
  11. މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
  12. ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
  13. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
  14. ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު

ޓެކްސް ބޮޑުކުރާ ބިލު ފާސްކުރުމާ ދެކޮޅަށް މި މެމްބަރުން ވޯޓުދެއްވީ އެ ބިލު ފާސްކުރަން ވޯޓުދޭން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވިޕެއް ނެރެފައި ވަނިކޮށް އެ ވިޕާ ހިލާފަށެވެެ. ވިޕާ ހިލާފުވުމަކީ އެމްޑީޕީގެ ގަވައިދު އޮންނަ ގޮތުން ފިޔަވަޅު އެޅޭނެ ކަމެކެވެ.

އެ ފިޔަވަޅުތަކަށް މަރުހަލާތަކެއް ކަނޑައަޅާފައިވާއިރު, ފަހު ފިޔަވަޅެއްގެ ގޮތުން ޕާޓީން ވަކި ވެސް ކުރެވެ އެވެ.

ބިލު ފާސްކުރަން ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހިމެނިވަޑައިގަންނަވާއިރު، ދެން އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ޕީޕީއެމާއި ޕީއެންސީގެ ހަތް މެންބަރުން ވޯޓު ދެއްވީ ފާސްކުރަން ނުފެންނަ ކަމަށެވެ.

އެ ބިލުގެ ބަހުސްގައި ވެސް ޕީޕީއެމާއި ޕީއެންސީގެ މެންބަރުން ވަކާލާތު ކުރައްވަމުން ގެންދެވީ ދުނިޔެއާއި ރާއްޖޭގެ އިގްތިސޯދު ދަށްވެ އާންމުންނާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަސަރުކޮށްފައިވާ މިފަދަ ދަނޑިވަޅެއްގައި، ޓެކްސް ބޮޑުކުރުމާ ދެކޮޅަށެވެ.

އެ ބިލު މަޖިލީހުން ފާސްކޮށްފައިވަނިކޮށް، އިދިކޮޅު ކޯލިޝަނުން މަޖިލީހުގެ އިދާރާގައި ބޭއްވި ޕްރެސް ކޮންފެރެންސް ފައްޓަވައިގެން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވެސް ގޮވާލެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބިލު ތަސްދީގު ނުކުރެއްވުމަށެވެ.

ޕީޕީއެމާއި ޕީއެންސީގެ ސްޓޭންޑް އެ ގޮތަށް އޮއްވައި ހުސައިން ވޯޓު ދެއްވި ގޮތާ ގުޅޭ ގޮތުން "އަދަދު" އިން ސުވާލުކުރުމުން އާދަމް ޝަރީފް ވިދާޅުވީ ޓެކްސްގެ ބިލަށް ވޯޓު ނުދޭ ގޮތަށް އެ ދެ ޕާޓީގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުން ތްރީލައިނެއް ވިޕެއް ވެސް ނެރެފައިވާ ކަމަށެވެ.

"އެކަމާ [ހުސައިން ތްރީލައިން ވިޕާ ހިލާފުވުމާ] ގުޅިގެން އަޅުގަނޑުމެންގެ ޕާޓީން ވެސް އޮންނަ އުސޫލުގެ ތެރެއިން ކުރަން ޖެހޭ ކަންތައްތައް ކުރާނަން،" ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގައި، ދިރާގު ޓީވީއަށް ފުރުސަތު ގެއްލޭ ގޮތަށް އޮތް މާއްދާ ބާތިލުކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން ފާސްކުރީ އިއްޔެ އެވެ.
  • ޓާމިނަލް ކެފޭގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީ ނަދީމް އިބްރާހިމް މަރާލި މައްސަލާގައި ދައުލަތުން ދައުވާ ލިބުނު ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައި އިއްވާފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ދައުލަތުން ނިންމީ އިއްޔެ އެވެ.
  • މި އަހަރު ނިމުމުގެ ކުރިން ފުލުހުންގެ އޮޕަރޭޝަންތަކުގައި ކަރަންޓު ޝޮކު ޖައްސާ ޓޭޒާ ބަޑި ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ އިދާރާއިން ބުނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ހަރުކަށި ފިކުރު ފަތުރަމުންދާ ގޮތްތަކާ ގުޅޭގޮތުން އިއްޔެ ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ:

މިއަދުގެ ހަގީގަތަކީ ފިޒިކަލް ސްޕޭސް އަށްވުރެ ބޮޑަށް މިކަންކަން ހިންގަނީ ޑިޖިޓަލް ސްޕޭސް އަށް. އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި، އެކި ގްރޫޕުތަކުގައި މިއާ ބެހޭ މައުލޫމާތުތައް ފެތުރުމާއި އެކި ކަހަލަ ހަމަލާތައް ރާވާނެ ގޮތްތައް ދަސްކުރުމާއި، އެކި ނެޓްވޯކިންތައް ދަސްކުރުމާއި، ބޭރުގެ އޮންނަ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން މަސައްކަތް ކުރަނީ ވަރަށް ބޮޑަށް ޑިޖިޓަލް އެންވާރަމެންޓް ތެރޭގައި,

ދުވަހުގެ ފޮޓޯ

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް މިފަދަ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ޚާއްޞަކޮށްގެން ބާއްވާ "ވުނަދާނަ ފެސްޓިވަލް 2022" ގައި ފަސްޓު ލޭޑީ ފަޒްނާ އަހްމަދު. މި ފެސްޓިވަލްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ޖުމްލަ 60 ވިޔަފާރިއެއް ބައިވެރިވޭ --- ފޮޓޯ: ރައީސް އޮފީސް
އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް މިފަދަ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ޚާއްޞަކޮށްގެން ބާއްވާ "ވުނަދާނަ ފެސްޓިވަލް 2022" ގައި ފަސްޓު ލޭޑީ ފަޒްނާ އަހްމަދު. މި ފެސްޓިވަލްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ޖުމްލަ 60 ވިޔަފާރިއެއް ބައިވެރިވޭ --- ފޮޓޯ: ރައީސް އޮފީސް

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް މިފަދަ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ޚާއްޞަކޮށްގެން ބާއްވާ "ވުނަދާނަ ފެސްޓިވަލް 2022" ގައި ފަސްޓު ލޭޑީ ފަޒްނާ އަހްމަދު. މި ފެސްޓިވަލްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ޖުމްލަ 60 ވިޔަފާރިއެއް ބައިވެރިވޭ --- ފޮޓޯ: ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox