ހުލާސާކޮށް އިއްޔެ: ޓެކްސް ބިލާ ގުޅޭ ގޮތުން އުފެދުނު ހިތްހަމަނުޖެހުން

ހުލާސާކޮށް އިއްޔެ: ޓެކްސް ބިލާ ގުޅޭ ގޮތުން އުފެދުނު ހިތްހަމަނުޖެހުން

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ޓަކައި ޓެކްސް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރުމަށް ވޯޓަށް އެހުމުގެ ރަނގަބީލު ނުޖަހައި، ކޯރަމް ހަމަވާ ވަރަށް މެމްބަރުން ނެތް ކަމަށް ބުނެ ޖަލުސާ ނިންމާލުމުން އިއްޔެ ވަނީ ވަރަށް ބޮޑަށް ދެބަސްވުންތައް އުފެދިފަ އެވެ.

ޖީއެެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީސް ހިމެނޭ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެެނެސް ފާސްކުރުމަށެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ވޯޓުގެ ވަގުތުގައި ވޯޓަށް އަހަން އޮތީ އެގޮތަށް ނިންމައި މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓް ފާސްކުރުމާ މެދު ގޮތެއް ނިންމުން އެކަންޏެވެ.

އެ ރިޕޯޓަށް ވޯޓަށް އަހަން، ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަަން އަފީފު ނިންމެވީ ރިޕޯޓަށް ބަހުސްކުރަން ހުުޅުއްވައި ލެއްވި ފުރުސަތުގައި އެއްވެސް މެމްބަރަކު އެކަަމަށް އެދިވަޑައިނުގެންނެވުުމުންނެވެ.

"އަދި މި ބިލަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ވެސް ނެތް،" ބިލަށް ބަހުސްކުރަން އެދިވަޑައިގަންނަވާ މެމްބަރަކު ނެތްކަން އިއުލާނުކުރެއްވުމަށް ފަހު އަފީފު ވިދާޅުވި އެވެ.

އެހެން ވިދާޅުވެ އިއްޔެގެ ޖަލްސާ ނިންމަވައިލެއްވި އިރު ތަޅުމުގައި ތިއްބެވި މެމްބަރުންގެ އަދަދެެއް އޭނާ ވިދާޅެއް ނުވެ އެވެ. އެހެން ނަމަަވެސް މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ވޯޓަކަށް އަހާ ނަމަ ވޯޓުގެ ރަނގަބީލު ޖެހުމަށް ފަހު ފަސް މިނެޓް ދޭން ޖެހެ އެވެ. އެހެން ނަަމަވެސް އަފީފު މިއަދު ކަން ކުރެއްވީ އެގޮތަކަށް ނޫނެވެ.

"ޓެކްސް ބިލަށް ވޯޓަަށް ނާހައި ޖަލްސާ ނިންމާލީ ގަވައިދާ ހިލާފަށް. އަަޅުގަނޑުމެން އަދި ވެސް މިތިބީ އެކަމާ ޕްރޮޓެސްޓްކުރަން،" ޖަލްސާ ނިންމައިލިތާ ކުޑައިރުކޮޅެއް ފަހުން "އަދަދު" އަށް ދެއްވި އިންޓަވިއުއްގައި މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ "އެ ބިލު ފާސްކުރައްވަން ރުހިވަޑައިނުގަންނަވާތީ ކަންކުރެއްވި ގޮތްކަމަށް ވެދާނެ" ކަމަށެވެ.

ޓެކްސް ބޮޑުކުރާ ބިލަށް މިއަދު ވޯޓަށް ނޭހުނު އިރު، އެ ބިލުގައި އޮތް ގޮތަށް ޓެކްސް ބޮޑުކުރުމާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުން މީގެ ކުރިން ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެހެން ނަމަވެސް އެ ބިލު އޮތް ގޮތަށް ފާސްކުރަން އެޕާޓީން ވަނީ ވިޕެއް ނެރެފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ސަރުކާރުން މަޖިލީހަށް ހުށަހެޅި އިރު، އެ ބަޖެޓް އެކުލަވާލާފައި އޮތީ ޓެކްސް ބޮޑުކޮށްގެން އިތުރުވާނެ ކަމަށް ބަލާ އާމްދަނީ ވެސް ހިމަނައިގެންނެވެ.

ބައެއް މުހިންމު ހަބަރުތައް

  • އައްޑުއާއި މާލެއާއި ކ. ގުރައިދޫގައި ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ފެއިލްކޮށްލީ ގިނަ ބަޔަކު މަރައިލަން ދޭން އުޅުުނު ބޮމުގެ ހަމަލާއެއް ކަަމަށް ފުލުހުން ހާމަކުރީ އިއްޔެ އެވެ.
  • ޓާމިނަލް ކެފޭގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީ ނަދީމް އިބްރާހިމް މަރާލި މައްސަލާގައި ދައުލަތުން ދައުވާ ލިބުނު ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވެ، ސަލާމަތްވީ އިއްޔެ އެވެ.
  • ކޮޕް 27 ސަމިޓުގައި އަވަށްޓެރި ސްރީލަންކާ ތަމްސީލުކުރައްވަން ވަޑައިގެންނެވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ބަލައިނުގަންނަން އެކޯޓުގެ ރެެޖިސްޓްރާ ރައުފާ ހައިދަރު ނިންމެވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތަކަށް ފުރުސަތު ނެތް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔުމާ ގުޅިގެން "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ:

ހިޔާލު ވަރަށް ތަފާތުވާނެ، ހުންނާނެ ޕާޓީގެ ނުރަސްމީ ގުރޫޕުތައް ވެސް، [އެ ގުރޫޕުތަކުގައި] ފުރިހަމަ މިނިވަންކަމާއެކު ދަނީ ހިޔާލު ފާޅުކުރަމުން،

ދުވަހުގެ ފޮޓޯ

ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލް މެޗުގެ ތެރެއިން. އެންމެ ފަހުން ތިން ފަހަރު ގައުމީ ފައިނަލުން ބަލިވި ނިބާލް މި ފަހަރު، ގައުމީ ފައިނަލުން މޮޅުވީ 2017 ވަނަ އަހަރުގެ ޗެމްޕިއަން، ޒަޔާން ޒަކީ ބަލިކޮށްފައި. ނިބާލް މޮޅުވީ ސީދާ ދެ ސެޓުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލް މެޗުގެ ތެރެއިން. އެންމެ ފަހުން ތިން ފަހަރު ގައުމީ ފައިނަލުން ބަލިވި ނިބާލް މި ފަހަރު، ގައުމީ ފައިނަލުން މޮޅުވީ 2017 ވަނަ އަހަރުގެ ޗެމްޕިއަން، ޒަޔާން ޒަކީ ބަލިކޮށްފައި. ނިބާލް މޮޅުވީ ސީދާ ދެ ސެޓުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލް މެޗުގެ ތެރެއިން. އެންމެ ފަހުން ތިން ފަހަރު ގައުމީ ފައިނަލުން ބަލިވި ނިބާލް މި ފަހަރު، ގައުމީ ފައިނަލުން މޮޅުވީ 2017 ވަނަ އަހަރުގެ ޗެމްޕިއަން، ޒަޔާން ޒަކީ ބަލިކޮށްފައި. ނިބާލް މޮޅުވީ ސީދާ ދެ ސެޓުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox