ވެހިކަލްތަކުގެ އަހަރީ ފީ ބަލައިގަތުން މި ވަގުތު މެދުކެނޑިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ބުނެފި އެވެ.
މީރާއިން މިއަދު ކުރި ޓްވީޓެއްްގައި ބުނީ އަހަރީ ފީ ބަލައިގަތުން މެދުކެނޑުނީ ފުލުހުންގެ ސިސްޓަމްތަކަށް ދިމާވި ކޮމިއުނިކޭޝަން މައްސަލައެއްގެ ސަބަބުން ކަމަށާއި އެކަން ހައްލު ކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"..ވީހާ އަވަަހަކަށް އެ މައްސަލަ ހައްލުކޮށް ހިދުމަތް އަލުން ފަށަން އަޅުގަނޑުމެންގެ ޓީމުތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. ދިމާވެދާނެ ދަތިތަކަށް މާފަށް އެދެމެވެ،" މީރާއިން މީގެ ކުޑައިރުކޮޅެއް ކުރިން ކުރި ޓްވީޓުގައި ބުންޏެވެ.
ފުލުހުންގެ ކޮމިއުނިކޭޝަން ސިސްޓަމްތަކަށް ދިމާވި މައްސަލައިގެ ތަފްސީލެއް އަދި ނުލިބެ އެވެ.












