މަސްވެރިންނާއި ފުލުހުންގެ ކުރިމަތިލުމެއް؛ 4 މީހަކަށް އަނިޔާ

މާންދޫގައި ހިނގި މަސްވެރިންގެ މުޒާހަރާގެ ތެރެއިން؛ ޖުމްލަ ހަތަރު މީހަކަށް އަނިޔާވިއިރު، ފުލުހެއްގެ ބޯފަޅައިން ގޮސްފައިވޭ

މާންދޫގައި ހިނގި މަސްވެރިންގެ މުޒާހަރާގެ ތެރެއިން؛ ޖުމްލަ ހަތަރު މީހަކަށް އަނިޔާވިއިރު، ފުލުހެއްގެ ބޯފަޅައިން ގޮސްފައިވޭ

މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބި ލަސްވާތީ، މިއަދު ލ. މާންދޫގައި ކުރިއަށް ގެންދިޔަ މުޒާހަރާ ހޫނުވެ، މަސްވެރިންނާއި ފުލުހުންގެ ކުރިމަތިލުމެއް ހިނގައިފި އެވެ.

މާންދޫގައި ހަރަކާތްތެރިވާ މަސްވެރިންގެ ޖަމްއިއްޔާގެ އޮފިޝަލެއް ކަމަށްވާ އާދަމް ފާރިޝް 'އަދަދު' އަށް ބުނީ، މުޒާހަރާގެ ތެރެއިން ބައިވެރިއަކު އެއްލި ގާބުރިއަކުން ޖެހި ފުލުހެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި ޕެޕާ ސްޕްރޭ ބޭނުން ކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންގެ ތެރެއިން ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފާރިޝް ބުނީ މުޒާހަރާ ހޫނުވީ މާންދޫގެ މެނޭޖްމަންޓާ ހަވާލުވެ ހުރި މީހަކު މަސްވެރިންގެ ކުރިމައްޗަށް ގެންނަން އެދުމުން، އެކަން ނުކުރުމުން، މަސްވެރިން، ފުލުހުން ދަމާފައިވާ ޓޭޕަށް ވުރެ އެތެރެއަށް ގޮސް، މާންދޫ އޮފީހުގެ ދޮރާ ދިމާލަށް ދިއުމުންނެވެ. އެ ހިސާބުން ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކޮށްގެން މުޒާހަރާ ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރިއިރު، މަސްވެރިންގެ ބަޔަކު ވަނީ ވެއްޔާއި ގާ ވެސް އުކާފައި ކަމަށް އޭނާ ބުންޏެވެ.

މި ކުރިމަތިލުމުގައި ފުލުހެއްގެ އިތުރުން ތިން މަސްވެރިއަކަށް އަނިޔާވިއިރު، މިވަގުތު މުޒާހަރާ އޮތީ މަޑުޖައްސާލަފަ އެވެ. މުޒާހަރާ މަޑުޖައްސާލާފައި ވަނީ، މަސްވެރިންގެ ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ބައްދަލުވުންތަކެއް ކުރިއަށް ދާތީ އެވެ.

މިއަދު މަސްވެރިން މުޒާހަރާއަށް ނުކުތީ، އެމީހުންނަށް ލިބެންވާ ފައިސާ ނުލިބި ގިނަ ދުވަސްވަމުންދާތީ އެވެ. ލ. ގަމު މަސްވެރިންގެ އަނބިދަރިން ވެސް މިއަދުގެ މުޒާހަރާގައި ބައިވެރިވެ، އެމީހުންގެ ޝުއޫރު ފާޅުކޮށްފައިވެ އެވެ. ނަމަވެސް ހަމަނުޖެހުން ހިނގި ވަގުތު އެމީހުން އެތަނުގައި ނެތް ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox