ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 12 މީހުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ ގުރޫޕަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ އާންމު މަސައްކަތުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ އަށް ފިރިހެނަކާއި ހަތަރު އަންހެނެކެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ބައެއް ފިލްމު ކުޅޭ މީހުންނާއި ސޯޝަލް މީޑިއާގައި މަޝްހޫރު ބައެއް މީހުން ހިމެނެ އެވެ.











