މާލޭގައި އެއްވެސް ކެމިކަލް ގުދަނެއް މިހާރު ހުރެގެން ނުވާނެ: ރައީސް

އަލިފާނުގެ ހާދިސާ ސަރަހައްދު ބައްލަވާލެއްވުމަށް ފަހު ރައީސް ނޫސްވެރިންނާ ވާހަކަދައްކަވަނީ--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަލިފާނުގެ ހާދިސާ ސަރަހައްދު ބައްލަވާލެއްވުމަށް ފަހު ރައީސް ނޫސްވެރިންނާ ވާހަކަދައްކަވަނީ--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާލޭން ތިލަފުއްޓަށް ބަދަލު ނުކުރެވި އެއްވެސް ކެމިކަލް ގުދަނެއް ހުރެގެން ނުވާނެ ކަމަށާއި އެފަދަ ގުދަނެއް ނުހުންނާނެ ކަން ވަރަށް ޔަގީންވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ތޮއްޖެހިފައިވާ މާލޭގައި ހުރި ކެމިއަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ، މީގެ ތިން އަހަރު ކުރިން ހެންވޭރު އަބަދަށްހިޔާ މަގުގައި ހުރި ކެމިކަލް ގުދަނުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށް ފަހު އަމާޒުވި ފާޑުކިއުންތަކަށް ފަހުގަ އެވެ.

"އެހާތަނަށް އައިރުގައި ކެމިކަލް ގުދަންތައް ހުރީ ގޭގޭގެ ތިރީގައާއި ފިހާރަތަކުގެ ތެރޭގައި، އެހެންނަމަވެސް އެ ހާދިސާއާ ގުޅިގެން ވަގުތުން ފިޔަވަޅުތަކެއް އަޅައި މާލެއިން ހުރިހާ ކެމިކަލް ގުދަންތަކެއް ބަދަލުކުރެވުނު،" ރޭގެ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުންނަވައިގެން ރައީސް ވިދާޅުވި އެވެ.

ކެމިކަލް ގުދަން މާލޭގައި ނުހުންނާނެ ކަން "ޔަގީންވާ ކަމަށް" ރައީސް ވިދާޅުވިނަމަވެސް ސަރުކާރުގެ ކުންފުނި އެޗްޑީސީން "އަދަދު" އަށް ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން 18 ގުދަނަކުން ތިލަފުށިން ޖާގަ ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ދެހާސްނަވާރަ ވަނަ އަހަރު ހިނގި ހާދިސާގައި އެކަކު މަރުވުމާ ގުޅިގެން، ކުރަން ފެށި މަސައްކަތުގެ ތެރެއިން މިހާތަނަށް ބަދަލު ކުރެވުނީ 34 ކެމިކަލް ގުދަން ކަމަށް އެޗްޑީސީން ބުންޏެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އޭރު ވިދާޅުވެފައިވާ ގޮތުގައި މާލޭގައި އޭރު 126 ކެމިކަލް ގުދަން ހުއްޓެވެ. އޭގެ ތެރެއިން 82 ގުދަނެއް ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ރައީސް އިތުރަށް ވިދާޅުވީ ބައެއް ވޯކްޝޮޕްތައް ބަދަލުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި މިކަމުގައި މިހާރު ވެސް ލަސްތަކެއް ވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރޭ ދަންވަރު މާލެ މ. ނިރުފެހިގޭގައި ހުރި ގަރާޖެއްގައި ރޯވެ މިހާތަނަށް ވަނީ 10 މީހަކު ވަނީ މަރުވެފަ އެވެ.

ރޯވި އިމާރާތުގެ ތިރީގައި ވެހިކަލް މަރާމާތުކުރާ ގަރާޖެއް ހިންގާއިރު، އެތަނުގެ މަސައްކަތުގައި ބޭނުންކުރުމަށް ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ހުރި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެކަމުގެ ސަބަބުން އަލިފާން ކޮންޓްރޯލް ކުރުމަށް ގޮންޖެހުންތައް ކުރިމަތިވި ކަމަށް ވެސް އެމްއެންޑީއެފުން މިއަދު ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox