އަލިފާނުގެ ހާދިސާ: މިހާތަނަށް 10 މީހަކު މަރުވެއްޖެ

Nov 10, 2022, 1:01 AM
މަރުވި މީހެއްގެ ހަށިގަނޑު މޯޗަރީއަށް ގެންދަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މަރުވި މީހެއްގެ ހަށިގަނޑު މޯޗަރީއަށް ގެންދަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާފަންނުގައި ހުރި ބިދޭސީން އުޅޭ ވެހިކަލް މަރާމާތުކުރާ ގަރާޖަކާއި ބިދޭސީންގެ ލޭބާ ކުއާޓަރެއް ހުންނަ އިމާރާތެއްގައި ރޭ ދަންވަރު ހިނގި އަލިފާނު ހާދިސާގައި ގިނަ ބަޔަކު މަރުވެއްޖެ އެވެ.

މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ޖުމްލަ 10 މީހަކު މަރުވެފައިވާ ކަމަށް މިހާތަނަށް ކަށަވަރުވެފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން އިން ދެންމެ ވަނީ ބުނެފަ އެވެ. އަދިވެސް ބައެއް މީހުން ގެއްލިގެން ހޯދަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

މިއީ މާލޭގައި ހިނގި އެންމެ ނުރައްކާތެރި އެއް އަލިފާނުގެ ހާދިސާ އެވެ.

މިހާތަނަށް ރިކަވާ ކުރެވުނު ހަށިގަނޑުތަކުގެ އިތުރުން ވެސް ބައެއް މީހުން އެތަނުގައި ތާށިވެފައިވާކަން މި ނޫހަށް އެނގިފައިވެ އެވެ.

ރޭ ދަންވަރު 12:30 ހާއިރު އަލިފާނުގެ ހާދިސާ ހިނގީ މ. ނިރުފެހި ގޭގެ ތިރީގައި ހުންނަ ގަރާޖުގަ އެވެ. އެ އިމާރާތުގެ މަތީ ދެ ފަންގިފިލާގައި އުޅެނީ ބިދޭސީންނެވެ. މި އިމާރާތް ހުންނަނީ ކޯރުކެނޑިމަގުން އިސްކަންދަރު މަގަށް ވަންނައިރު އިސްކަންދަރު މަގުގަ އެވެ.

މަރުވި އެކަކީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދިޔަ ދެ މީހުންގެ ތެރެއިން އެކެކެވެ. އަނެއް މީހާ އަށް އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ.

މަރުވި މީހުން ތިބީ ކާކުކަން ފާހަގަ ނުކުރެވޭ މިންވަރަށް އަނދާފައި ނޫން ކަމަށް އޭނާ ބުންޏެވެ. މަރުވި މީހުންނާ ގުޅޭ ގޮތުން ފުލުހުން އަދި ރަސްމީކޮށް ބަހެއް ނުބުނެ އެވެ.

އަލިފާންގަނޑު ކޮންޓްރޯލްކޮށްފައި ވިޔަސް، އަދިވެސް ބައެއް ފަހަރަށް ދުން އަރައެވެ.

އަލިފާނު ރޯވި މ. ސެންރޯސްގެ
އަލިފާނު ރޯވި މ. ސެންރޯސްގެ

އަލިފާނު ރޯވި މ. ސެންރޯސްގެ

އަދަދު ނޫހަށް މައުލޫމާތު ދިން އޮފިޝަލު ބުނި ގޮތުގައި މިއީ އެ އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގާ ތިން ވަނަ ފަހަރެވެ. އަދި އެތަނުގައި ދިރިއުޅެނީ ކިތައް ބިދޭސީންކަން ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން އަދި ރެޑްކްރެސެންޓުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox