ހުލާސާކޮށް އިއްޔެ: ޗާގޯސް މައްސަލާގައި ޝާހިދު އަދި ރިފްއަތު ނޫސްވެރިންނާ ބައްދަލުކުރެއްވުން

ހުލާސާކޮށް އިއްޔެ: ޗާގޯސް މައްސަލާގައި ޝާހިދު އަދި ރިފްއަތު ނޫސްވެރިންނާ ބައްދަލުކުރެއްވުން

މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބައިނަލްއަގުވާމީ ގާނޫނީ އިމުގެ ތެރެއިން ރާއްޖެއަށް ލިބެން އޮތް އެންމެ ބޮޑު ސަރަހައްދެއް ހޯދުމުގައި ވަކާލާތު ކުރަމުން ގެންދާނެ ކަމަށާއި، "ފުކެއް ވެސް ދޫނުކުރައްވާނެ" ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އިއްޔެ އެވެ.

ޗާގޯސްގެ މައްސަލައާ ގުޅޭ ގޮތުން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އެ މައްސަލައިގައި މި ސަރުކާރުގެ ސިޔާސަތު އެއްގޮތަށް ވެސް ބަދަލު ނުކުރާ ކަމަށެވެ.

ޗާގޯސްގެ އިލްކުވެރިކަމުގެ މައްސަލައިގައި 2019 ވަނަ އަހަރު އދ. ގައި ކުރިއަށް ގެންދިޔަ ގަރާރާ ދެކޮޅަށް ރާއްޖޭން ވޯޓު ދިނީ ކީއްވެގެންކަން އދ. ގައި ބަޔާންކޮށްފައިވާނެ ކަމަށާއި އެ ގޮތަށް ވޯޓު ލީ ޗާގޯސްގެ މިނިވަންކަން ގަބޫލު ނުކުރާތީ ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެ ގަރަރާ ދެކޮޅަށް ދިން ވޯޓު ބިނާވެފައި އޮތީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެއިން ހުށަހަޅާފައިވާ ކޮންޓިނެންޓަލް ޝެލްފުގެ މައްސަލައިގައި މޮރިޝަސްއިން އިދިކޮޅު ހަދާފައި އޮތުމުންނެވެ.

މޮރިޝަސް ސަރުކާރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅަކީ ޗާގޯސްގެ މައްސަލައިގައި ސިޔާސަތު ބަދަލުވުން ކަމަށް ބުނެ ވާހަކަ ދައްކަނީ، ހަގީގަތް އޮޅުވާލަން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އަލުން މިފަދަ ގަރާރެއް އދ. ގެ މަޖިލީހަށް ހުށަހަޅައިފި ނަމަ އެ ގަރާރާ ދެކޮޅު ނުހައްދަވާނެ ކަމަށް. އެއީ އިސްތިއުމާރީ ބާރުތަކުން މިނިވަންކުރަން ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާތީ،" އޭނާ ވިދާޅުވި އެވެ.

ކަނޑުގެ އިމުގެ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވަނީ ދެ ފަރާތަށް ހަމަހަމަ ވާގޮތަށްކަން، އދ. އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ޝާހިދު ފާހަގަ ކުރެއްވިއިރު، ރާއްޖޭން ކަނޑައަޅާފައިވާ ސަރަހައްދުތައް ހޯދުމުގައި ދެމި ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ޗާގޯސްގެ މައްސަލައިގައި ކުރީގެ ސަރުކާރުތަކުން ކޮށްފައި ހުރި ބައެއް ކަންކަން ޝާހިދު ހިއްސާކުރެއްވެވި އެވެ. އެގޮތުން ޗާގޯސްގައި މިލްޓަރީ ބޭސްއެއް އޮތުމުން ކަނޑުގެ ސަރަހައްދުން ރާއްޖެއަށް ލިބެންޖެހޭ ސަރަހައްދު ބޮޑުވާން ޖެހޭނެ ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން ގަބޫލުކޮށް އެކަމަށް ސްޓްރެޓެޖީއެއް ކަނޑައެޅުމަށް 1998 ވަނަ އަހަރު ބާންޑާރަ ނައިބުގެ އޮފީހާ ހަވާލު ކުރި އެވެ.

އެއަށް ފަހު 2004 ގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ބުނެފައި ވަނީ ކުރިން ހަވާލުކުރި ސްޓްރެޓެޖީ ނިންމައި ލިބިފައި ނުވާ ކަމަށެވެ. އޭގެ ފަހުން ވެސް އެފަދަ ކަރުދާހެއް ނިންމާފައި އޮތްކަން ލިޔެކިޔުމުން ފެންނަން ނެތް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޗާގޯސް މައްސަލައިގައި ކުރީގެ ރައީސުން ފާޑުވިދާޅުވެފައި ވާއިރު، ޝާހިދު ވިދާޅުވީ އެ މައްސަލައާ ގުޅޭ ސްޓްރެޓެޖީ ކުރިއަށް ގެންދިޔަ ނަމަ މިއަދު މި ވާހަކަ ދައްކަން ނުވެސް ޖެހޭނެ ކަމަށެވެ.

ޗާގޯސް މައްސަލައިގައި ކުރީގެ ވެރިކަންތަކުގައި ކޮށްފައިވާ ކަންކަމާއި މުއާމަލާތްތަކުގެ ލިޔުންތައް އެބަ ހުރި ކަމަށާއި ކުރީގެ ރައީސުން މި މައްސަލައިގައި ވާހަކަ ދައްކަވަނީ އެ ލިޔުންތައް ހުރިކަން، ނުވަތަ ކުރެވިފައި ހުރި ކަންކަން ހަނދުމަފުޅުން ނެތުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އިން ވަކިކުރުމުގެ މައްސަލައިގައި ވެސް، ވޯޓުލުމުގެ މައްސަލައިގައި ވެސް، ރާއްޖޭގެ ސިޔާދަތީ ބާރު ޗާގޯސްގެ މައްޗަށް ހިންގުމުގެ މައްސަލައިގައި ވެސް މިއަދުގެ ސަރުކާރުން އެއްވެސް ކަމެއް ބަދަލުކޮށްފައެއް ނެތް. ގާނޫނު އަސާސީ ލާޒިމުކުރާ ގޮތަށް ރާއްޖޭގެ ސަރަހައްދު ދިފާއު ކުރުމުގައި މި ސަރުކާރު އަބަދުމެ އަމަލު ރައްވާނެ. ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކަށް ބައިނަލްއަގުވާމީ ގާނޫނީ އިމުގެ ތެރެއިން ލިބެން އޮތް އެންމެ ބޮޑު ސަރަހައްދެއް ހޯދުމުގައި މިއަދުގެ ސަރުކާރުން ވަކާލާތު ކުރަމުން ގެންދަވާ. ކޮންޓިނެންޓަލް ޝެލްފުގެ މައްސަލައިގައި ދިވެހިރާއްޖެއިން ފުކެއް ވެސް ދޫނުކުރައްވާނެ،" ޝާހިދު ވިދާޅުވި އެވެ.

ރާއްޖޭން އެންމެ ވެލި ފުކެއް ވެސް މި ސަރުކާރުން ދޫކޮށްނުލާނެ ކަމަށް ވިދާޅުވެ، ޝާހިދުގެ ބަހުގެ ހަމަލާތައް ދޫކޮށްލެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ.

ރާއްޖޭގެ އަތޮޅުތައް ވަކިވަކިން ވިއްކާލަން ނިންމެވީ ޔާމީން ކަމަށާއި، ނަމަވެސް، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފު ހިމާޔަތްކޮށް ދޭނީ ރައީސް ސޯލިހުގެ ޒައާމަތުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ.

މިހެން ވިދާޅުވުމުގެ ކުރިން ވެސް ޔާމީނަށް ހަމަލާއެއް ދޫކޮށްލެއްވި އެވެ. އދ. ގައި 2017 ވަނަ އަހަރު ޗާގޯސްއާ ގުޅޭ ގޮތުން ނެގި ވޯޓުގައި ދެކޮޅަށް ވޯޓު ދިނުމަށް ފަހު އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށާއި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހިންގަން ބޭނުންވާނަމަ، އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި އެ މައްސަލަ ކުރިއަށް ދިޔައިރު ތަދައްހުލު ވީސް ކަމަށެވެ.

"އެ ގަރާރާ އިދިކޮޅަށް ވޯޓު ލާފައި އޭރު ދިވެހި ސަރުކާރުން، އެ ސަރުކާރުގެ ރައީސް އެ ދައްކަވާ ވާހަކަފުޅަކީ ހިތުގެ އަޑިން ދައްކަވާ ވާހަކައެއް ނަމަ އެ ފުރުސަތު ނަގައެއް ނުލައްވާނެ،" ޝާހިދު ވިދާޅުވި އެވެ.

ޖާގޯސް އަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ތަނެއްތޯ ބަލާއިރު އެންމެ ދުވަސްވީ ލިޔުމަކަށް އޮތީ ހަސަން ނުވަ ވަނަ ރަސްގެފާނުގެ ލިޔުމެއް ކަމަށާއި އޭނާ އަކީ މާތްވެގެންވާ އިސްލާމް ދީން ދޫކުރައްވައި ކްރިސްޓިއަން ދީން ހިޔާރުކޮށް ގޯވާގައި ހުރެ ދިވެހި ދައުލަތާ ދެކޮޅަށް ޕޯޗުގޯޒުން ފޮނުވައި ދިވެހިން ކްރިސްޓިއަން ދީނަށް ވައްދަން އުޅުއްވި ބޭފުޅެއް ކަމަށެވެ. އެ ރަސްގެފާނު އެ ވާހަކަތައް ދެއްކެވީ އަޅުވެތިކަމުގެ ތެރެއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މެރީ ގްރޭސް އައިޖީއެމްއެޗަށް ގެންގޮސް ދިން ފަރުވާގެ ޕޭޝަންޓު ޗާޓުތަކާއި ލިޔެކިއުންތައް އޮތް ކަން ޔަގީން ކުރުމަށް އެ ހޮސްޕިޓަލަށް ވަދެ ބަލައިފާސްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދޭނެ ކަމަށް، އެ މަރުގެ މައްސަލާގައި ދައުވާ ކުރާ ހަލީމަތު ލަމްހާގެ ގާނޫނީ ވަކީލުން ބުނީ އިއްޔެ އެވެ.
  • އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރެވެން ނެތް ކަމަށް އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެވެ.
  • އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) އަލުން އެމްޑީޕީއަށް ގުޅިވަޑައިގެން ސޮއިކުރައްވާފައިވާ މެންބާޝިޕް ފޯމު ހަވާލުކުރެއްވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ޗާގޯސް މައްސަލާގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ:

ދިވެހިރާއްޖެ އަށް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ލިބޭ އެންމެ ބޮޑު ސަރަހައްދެއް ހޯދުމަށް ދިވެހިރާއްޖޭން ރާއްޖޭން ވަކާލާތުކުރުމުގެ ހައްގަށް އެއްވެސް އުނިކަމެއް ނާންނާނެ،

ދުވަހުގެ ފޮޓޯ

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިހާރު ކުރިއަށްދާ 28 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕުގައި ކިންގްސް އަދި ރޯޔަލްސް ކުޅުނު މެޗުގެ ތެރެއިން. މި އަހަރުގެ އެމްބީއޭ ކަޕް ބަދަލުތަކަކާ އެކު ފެށިއިރު މި އަހަރުގެ މުބާރާތް ރާވާފައިވަނީ ޓީމުތަކަށް ގިނަ މެޗުތަކެއް ލިބޭ ގޮތަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިހާރު ކުރިއަށްދާ 28 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕުގައި ކިންގްސް އަދި ރޯޔަލްސް ކުޅުނު މެޗުގެ ތެރެއިން. މި އަހަރުގެ އެމްބީއޭ ކަޕް ބަދަލުތަކަކާ އެކު ފެށިއިރު މި އަހަރުގެ މުބާރާތް ރާވާފައިވަނީ ޓީމުތަކަށް ގިނަ މެޗުތަކެއް ލިބޭ ގޮތަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިހާރު ކުރިއަށްދާ 28 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕުގައި ކިންގްސް އަދި ރޯޔަލްސް ކުޅުނު މެޗުގެ ތެރެއިން. މި އަހަރުގެ އެމްބީއޭ ކަޕް ބަދަލުތަކަކާ އެކު ފެށިއިރު މި އަހަރުގެ މުބާރާތް ރާވާފައިވަނީ ޓީމުތަކަށް ގިނަ މެޗުތަކެއް ލިބޭ ގޮތަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox