ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނެ ގޮތުގެ އުސޫލު އާންމުކޮށްފި

އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު: ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނީ އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން -- ފޮޓޯ: ފައިލް

އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު: ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނީ އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން -- ފޮޓޯ: ފައިލް

ފުދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ތައާރަފްކުރާ ޒަކާތުގެ ނަފާ ޕްރޮގްރާމު ހިންގުމާބެހޭ އިޖުރާއަތު ކަނޑައެޅުމުގެ އުސޫލު މިއަދު އާންމުކޮށްފި އެވެ.

އެ ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެ އުސޫލުގެ މައިގަނޑު މަގުސަދަކީ ޒަކާތު ނަފާ ޕްރޮގްރާމް ހިންގުމާބެހޭ އުސޫލު އިސްލާހުކުރުމެވެ. މި އިސްލާހުގައި އެ ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ބަޖެޓް ކަނޑައެޅުމާއި ބައިވެރިންގެ ޒިންމާތައް ކަނޑައަޅައި ޕްރޮގްރާމްގެ ދަށުން އެހީ ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމާއި އެހީގެ މިންވަރު ކަނޑައެޅުން މި ޕްރޮގްރާމުގެ ފިޔަވަހިތަކުން ބަޔާންކުރެ އެވެ.

އެ ޕްރޮގްރާމް ހިންގާނީ އެ އުސޫލުގެ އެއްވަން މާއްދާގައި ހަވާލާދީފައިވާ ފަހުމުނާމާ އާއި އުސޫލުގައި ބަޔާންވެގެންވާ ގޮތުގެ މަތިން އެކުލަވައިލާ ކޮމިޓީންނެވެ.

އެހެން އޮތް ނަމަވެސް އިމްޕްލިމެންޓިންގ އެޖެންސީގެ ހައިސިއްޔަތުން މިނިސްޓްރީގެ ޒިންމާތައް އެހެން ފަރާތަކާ ހަވާލުކުރެވިދާނެ ކަމަށް މިނިސްޓްރީްނ ބުނެ އެވެ.

މިނިސްޓްރީން ބުނީ، އެ ޕްރޮގްރާމުގައި ބައިވެރިވާ އަދި އެ ޕްރޮގްރާމަށް އެހީދެވޭ ފަރާތްތަކުގެ ޒިންމާތަކުގެ ތެރޭގައި، އެހީ ލިބުމުން ލިޔުމުން ވެވޭ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރިއެރުވުމަށް ކުރަންޖެހޭ ކަންތައްތައް ކުރަންޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން، މައުލޫމާތު ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަ ކުރަންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ތަމްރީނުތަކުން ލިބުނު ޕްރޮގްރާމުތަކުން ލިބޭ ތަޖުރިބާއިން މަސައްކަތް ފެއްޓުމާއި، ކުރިއެރުމުގައި ދިމާވާ ކަންތައްތަކުން ހިނގާނެ ހަރަދާއި، ލިބޭ އާމްދަނީގެ މިންވަރު ރިޕޯޓުކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox