ހުޅުމާލޭ ސްކޭޓް ޕާކު ސަރަހައްދުން ކުނި ވަސް ދުވަނީ އެންސިސްގެ ގްރީން ޕްލާންޓަކުން

އެންސިސް ފިޝަރީޒް؛ އެތަން ހުންނަނީ ހުޅުމާލޭ ސްކޭޓު ޕާކާއި މާ ދުރުނޫން ހިސާބެއްގައި -- ފޮޓޯ: ފައިލް

އެންސިސް ފިޝަރީޒް؛ އެތަން ހުންނަނީ ހުޅުމާލޭ ސްކޭޓު ޕާކާއި މާ ދުރުނޫން ހިސާބެއްގައި -- ފޮޓޯ: ފައިލް

ހުޅުމާލޭ ސްކޭޓު ޕާކު ސަރަހައްދުން ދުވާ ކުނި ވަހަކީ، އެ ސަރަހައްދުގައި ހުރި އެންސިސްގެ ގުރީން ޕުލާންޓަކުން ބޭރުވާ ވަހެއް ކަމަށާއި އޭގައި ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނެތް ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެ ސަރަހައްދުން ކުނިވަސް ދުވާކަން ފުލުހުންގެ ސަމާލުކަމަށް އައިސްގެން އެ މުއައްސަސާއިން ވަނީ މިއަދު އެ ސަރަހައްދު ބަލައި ފާސްވެސް ކޮށްފަ އެވެ. އެ ސަރަހައްދުން ކުނިވަސް ދުވާތީ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން އެޗްޑީސީން މިއަދު 'އަދަދު' ނޫހަށް ބުނީ އެ ހުސްބިމުގެ ފުރަގަހަށް އޮންނަ ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނަކީ ތަފާތު އެކި މަސައްކަތްތައް ކުރާ ތަންތަން ހުންނަ ސަރަހައްދެއް ކަމުން އެކަން އެގޮތަށް މެދުވެރިވެދާނެ ކަމަށެވެ.

"އެފަދަ ކަންބޮޑުވުންތަކެއް އުޅޭތީ އަޅުގަނޑުމެންގެ އިންސްޕެކްޝަން ޓީމުން އެތަނަށް ގޮސް ބެލިބެލުމުން އެއީ އެ ސަރަހައްދުގައި ހުރި އެންސިސްގެ ގްރީން ޕްލާންޓަކުން ދުވާ ވަހެއްކަން އެނގުނު، އެކަން ރަނގަޅު ކުރަން އެންސިސްއަށް އަނގާފައި މިހާރު ވާނީ،" އެޗްޑީސީގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު އަލީ މަޝާރު ވިދާޅުވި އެވެ.

ގްރީން ޕުލާންޓަކީ ގަސްކާނާ އުފެއްދުމަށް ހާއްސަކޮށްފައި ހުންނަ ތަނެކެވެ.

ހުޅުމާލޭ ސްކޭޓު ޕާކު ސަރަހައްދު ކުރިމަތިން އޮންނަ ހުސްބިމަކީ ވާ ބޯ، މީހުން ނޫޅޭ ތަނެކެވެ. އެ ސަރަހައްދުން މީގެ ކުރިންވެސް ކުނިވަސްދުވާ ކަމަށް ބައެއް މީހުން ބުނެ އެވެ. އެހެންނަމަވެސް، މިފަހަރު އެ ސަރަހައްދުން ކުނިވަސް ދުވުމުން އާމްމުންގެ ތެރޭގައި ނުތަނަވަސްކަމެއް އުފެދުނީ މިދިޔަ ސެޕްޓެމްބަރު، މަހު ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު އަޒްހާންގެ ހަށިގަނޑު އެ ސަރަހައްދުން ފެނުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެންސިސްއަށް ގުޅާލުމުން ބުނީ، އެކަން ރަނގަޅުކޮށް މީހުންނަށް އުނދަގޫ ނުވާނެ ގޮތަކަށް އެކަން ކުރުމުގެ މަސައްކަތް އެޗްޑީސީއާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox