އަބްދުﷲ ރަޝީދުގެ ހަށިގަނޑު މާލެ ގެނެސް، މިރޭ ކަށު ނަމާދު!

އަބްދުﷲ ރަޝީދުގެ އާއިލާ ސިވިލް ކޯޓު ކައިރި؛ ހަށިގަނޑު މާލެ ގެނެސް މިރޭ ކަށު ނަމާދު ކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު

އަބްދުﷲ ރަޝީދުގެ އާއިލާ ސިވިލް ކޯޓު ކައިރި؛ ހަށިގަނޑު މާލެ ގެނެސް މިރޭ ކަށު ނަމާދު ކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ މަހުގެ 25 ވަނަ ދުވަހު މަރުވި ގދ. ހޯނޑެއްދޫ އަބްދުﷲ ރަޝީދުގެ ހަށިގަނޑު މާލެ ގެނެސް، މިރޭ އޭނާގެ މައްޗަށް ކަށު ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަބްދުﷲ ރަޝީދު މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ތުހުމަތުކޮށްފައިވަނިކޮށް އޭނާގެ ހަށިގަނޑު ވަނީ މިދިޔަ ހޯމަ ދުވަހު އިންޑިއާއަށް ގެންގޮސްފަ އެވެ. ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

އެނގިފައިވާ ގޮތުގައި، މިއަދު މަޣުރިބް ނަމާދަށް ފަހު އަބްދުﷲ ރަޝީދުގެ މައްޗަށް ކުރާ ކަށު ނަމާދު މާލޭގެ އާސަހާ މިސްކިތުގައި އޮންނާނެ އެވެ.

ހޯނޑެއްދޫން އޭނާ ހައްޔަރުކޮށްގެން ލޯންޗަކަށް އަރުވަނިކޮށް އޭނާގެ މެއަށް ވަރަށް ބޮޑު ތަދުވާ ކަމަށް ރަޝީދު ބުނަމުންދިޔަ ކަމަށް އެ ވަގުތު ބަނދަރު ސަރަހައްދުގައި ތިބި މީހުން ވަނީ ބުނެފަ އެވެ. ނަމަވެސް އޭނާ ގެންދިޔައީ ވެސް މާ ދުރު ރަށެއްގެ ހޮސްޕިޓަލަކަށެވެ.

ފުލުހުންގެ އިހުމާލު އޮތް ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކަށް ވާތީވެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ނެޝަނަލް އިންޓެގްރޭޝަން ކޮމިޝަން (އެންއައިސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިންނެވެ. ހަށިގަނޑުގެ ޕޯސްޓްމޯޓަށް ހެދުމަށް ނިންމީ އެންއައިސީންނެވެ.

ނަމަވެސް އާއިލާއިން ދިޔައީ ޕޯސްޓްމޯޓަމް ނުހަދައި ހަށިގަނޑު ވީހާވެސް އަވަހަކަށް އާއިލާއަށް ހަވާލުކޮށްދިނުމަށް އެދެމުންނެވެ. އެ ކަމަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް އާއިލާއިން މައްސަލައެއް ވެސް ހުށަހެޅި އެވެ.

އެކަމަކު ސިވިލް ކޯޓުން ހުކުމް ކުރީ އެފަދަ އަމުރެއް ނެރެން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ވެސް ނެތް ކަމަށެވެ. ޕޯސްޓްމޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް އޭގެ ގަވާއިދުގެ ދަށުން ލިބިދެ އެވެ.

ހޯނޑެއްދޫގައި ފުލުހުން ހިންގި އޮޕަރޭޝަންގައި އިތުރު ދެ މީހަކު ވެސް ހައްޔަރުކުރި އެވެ. އަދި ހޯނޑެއްދޫންނާއި އެ ރަށް ކައިރީ އޮންނަ ފަޅު ރަށަކުން، ބިން ކޮނެގެން 82 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވެސް ފުލުހުން ހޯދާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox