ހުލާސާކޮށް އިއްޔެ: ނަސްރުގެ ދުވަސް ފާހަގަކުރުން

ހުލާސާކޮށް އިއްޔެ: ނަސްރުގެ ދުވަސް ފާހަގަކުރުން

ނަސްރުގެ ދުވަހުގެ ހަނދާންތަކުން ލިބޭ އެއް އިބުރަތަަކީ ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކާއި ޓެރަރިޒަމްގެ ނުރައްކާތެރި އަމަލުތަކާ މެދު އަބަދުމެ ހޭލައި ތައްޔާރުވެ ތިބެން ޖެހޭކަމުގެ ފިލާޅުކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.

ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަސް ރާއްޖޭގައި ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށީ 1988 ވަަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ހަނގުރާމަވެރިންގެ ބަޔަކު ރާއްޖެއަށް ދިން ހަމަލާއެއް ނާކާމިޔާބުކޮށްލުމުގައި ލިބުނު ނަސްރުގެ އުފާފާޅުކުރުމަށެވެ. ދިވެހިންގެ ބަޔަކު އިސްވެ ތިބެ ދިން އެހަމަލާގައި ބައިވެރިރިވީ އަވަށްޓެރި ސްރީލަންކާގެ ތަމަޅަ ހަނގުރާމަވެރިންގެ ބައެކެވެ.

މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބާގައި ރައީސް އާއްމުކުރެއްވި ހިތާބުގައި ވިދާޅުވީ ނަސްރުގެ ދުވަހުގެ ހަނދާންތަކުން ގިނަ އިބުރަތްތަކެއް ލިބޭ ކަމަށެވެ.

"...އެންމެ ފުރަތަމަ ކަމަކީ، ފުރިހަމަ އީމާންތެރިކަމާއި ހިތްވަރާއި ސާބިތުކަމާއެކު މާތް ނިޔަތެއްގައި ޖިހާދުކުރާ ކޮންމެ މީހަކަށްވެސް، މާތް ﷲގެ މަދަދާއި ނަޞްރުން ކާމިޔާބު ދެއްވާނެ ކަމެވެ. އަނެއް ކަމަކީ، ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކާއި ޓެރަރިޒަމްގެ ނުރައްކާތެރި ޢަމަލުތަކާ މެދު، އަބަދުވެސް ހޭލައި ތައްޔާރުވެ ތިބެންޖެހޭނެ ކަމެވެ. ހަމައެފަދައިން، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގެ ގާބިލުކަމާއި ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުންތަކަކަށް ގައުމު ބޭނުންވާ ކަމެވެ. އަދި، ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރުކަން،" ހިތާބުގައި ރައީސް ވިދާޅުވި އެވެ.

މީގެ 34 އަހަރު ކުރިން ދިން އުދުވާނީ ހަމަލާގެ ހަނދާން އާކުރައްވަމުން ހިތާބުގައި ރައީސް ވިދާޅުވީ އެ ހަމަލަޔާއެކު ބިރުވެރިކަމާއި ނާމާންކަމުން ދިވެހި ޖައްވު ބަނަކޮށްލި ކަމަށެވެ. އެދުވަހު ކުށެއް ނެތް ދިވެހިންތަކެއް ޝަހީދުކޮށްލުމުން ހިތްތައް ކުދިކުދިވެގެން ދިޔަކަމަށާއި އެެހެން ނަމަވެސް މާތް ﷲގެ ނަސްރާއި މެދު ދިވެހިންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން ފަނޑުނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"...އެ ދުވަހު ދިވެހިންނަށް އެކަލާނގެ ދެއްވި މަތިވެރި ނަސްރުގެ ހަނދާންތައް އައުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، އެ މަތިވެރި ނަސްރު ލިބުމަށް މެދުވެރިވި ސަބަބުތަކުގައި ހިފައި އެގޮތުގައި ސާބިތުވެ ތިބުމުގެ އަޒުމް އައުކުރުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން އިތުރުކުރުމުގެ ވަރުގަދަ ރޫހު މުޅި އަސްކަރިއްޔާގައި ދެމެހެއްޓުމަށް، ސިފައިންގެ ކޮންމެ މީހަކު ފަރުދީ ގޮތުންވެސް މަސައްކަތް ކުރުމަކީ ނަސްރުގެ ދުވަސް ފާހަގަކުރުުމުގެ މުހިއްމު އެއް ބޭނުމެވެ.

ނޮވެންބަރު ތިނެއްގެ އުދުވާނީ ޙަމަލާއިން ދިވެހި ގައުމު ދިފާޢުކުރުމަށް، ދިވެހި އުންމަތް ތެދުވީ އެއް ހަށިގަނޑެއް ފަދައިން ކަމަށާއި މާތް ﷲ ދިވެހިންނަށް އެ ދުވަހު ދެއްވި ސާބިތުކަމުގެ އަސްލަކީ ދިވެހިންގެ ހިތްތަކުގައި އޮތް އިސްލާމްދީނުގެ ސައްހަ އަގީދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެ ދުވަހު ދިވެހިންނަށް ދެއްވި ހިތްވަރުގެ ސިއްރަކީ، ދިވެހިންގެ ހިތްތަކުގައި އޮތް ގައުމީ ލޯބި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ދިވެހި ސިފައިންގެ ހަކަތައަކީ، އަސްކަރިއްޔާއާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން ކަމަށާއި ދުޝްމަނުންނަށް ލިބުނު އެންމެ ބޮޑު ބިރާއި ސިހުމަކީ، ދިވެހިންގެ ކިބައިން ފެނުނު އެއްބައިވަންތަކަމާއި އެކުވެރިކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ 3 ނޮވެމްބަރު، 1988 ގައި ލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން ދިވެހީންގެ ބަޔަކު މާލެއަށް ހަމަލާދިން ދުވަހާ ގުޅުވައިގެންނެވެ. އެ ހާދިސާއަށް މިއަދު 33 އަހަރު ވަނީ ފުރިފަ އެވެ. އެދުވަހުގެ އުދުވާނީ ހަމަލާގައި ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހުން ހިމެނޭހެން 19 ދިވެއްސަކު ޝަހީދުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މި އަހަރު ލަފާކުރި މިންވަރާ ގާތަށް ވެސް ހިލޭ އެހީގެ ގޮތުގައި ފައިސާ ލިބިފައިނުވާއިރު، އަންނަ އަހަރު 2.46 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށް 2023 ގެ ބަޖެޓުގައި ހިމަނާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ, އެމްޑީޕީގެ ތަރުޖަމާނަކަށް އަނަސް އަބްދުއްސައްތާރު އައްޔަނުކުރީ އިއްޔެ އެވެ.
  • ޖުޑީޝަލް ސާވިސް ކޮމިޝަންގެ މައްސަލަ ބަލާ ކޮމިޓީއަށް ލިޔުމުން ޖަވާބުދާރީވާން ފުރުސަތު ލިބޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގުކުރެއްވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިތާބުގައި އިއްޔެ ވިދާޅުވީ:

އެ ދުވަހު ދިވެހިންނަށް އެކަލާނގެ ދެއްވި މަތިވެރި ނަސްރުގެ ހަނދާންތައް އައުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، އެ މަތިވެރި ނަސްރު ލިބުމަށް މެދުވެރިވި ސަބަބުތަކުގައި ހިފައި އެގޮތުގައި ސާބިތުވެ ތިބުމުގެ އަޒުމް އައުކުރުން

ދުވަހުގެ ފޮޓޯ

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ވިކްޓްރީ ލެޕް" ގެ ތެރެއިން. ވިކްޓްރީ ލެޕްއަކީ އަސްކަރިއްޔާތަކުގައި ކާމިޔާބީ ފާހަގަ ކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދީ ލަޝްކަރުގައި ގައުމީ ރޫޙާއި ޖޯޝް އަށަގެންނެވުމަށް ބާއްވާ ހަރަކާތެއް --- ފޮޓޯ: އެމްއެންޑީއެފް
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ވިކްޓްރީ ލެޕް" ގެ ތެރެއިން. ވިކްޓްރީ ލެޕްއަކީ އަސްކަރިއްޔާތަކުގައި ކާމިޔާބީ ފާހަގަ ކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދީ ލަޝްކަރުގައި ގައުމީ ރޫޙާއި ޖޯޝް އަށަގެންނެވުމަށް ބާއްވާ ހަރަކާތެއް --- ފޮޓޯ: އެމްއެންޑީއެފް

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ވިކްޓްރީ ލެޕް" ގެ ތެރެއިން. ވިކްޓްރީ ލެޕްއަކީ އަސްކަރިއްޔާތަކުގައި ކާމިޔާބީ ފާހަގަ ކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދީ ލަޝްކަރުގައި ގައުމީ ރޫޙާއި ޖޯޝް އަށަގެންނެވުމަށް ބާއްވާ ހަރަކާތެއް --- ފޮޓޯ: އެމްއެންޑީއެފް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox